"ކެފޭ ޓިއޯލޯ" ގައި ހިނގި އަލިފާނުގެ ހާދިސާ - އިމާރާތްތަކަށް ބޮޑެތި ގެއްލުން

29 އޯގަސްޓް 2020 | ހޮނިހިރު 12:32
-
50323
ކެފޭ ޓިއޯލޯގައި އަލިފާން ރޯވެ ޖެހިގެން ހުރި ސްޓޭޓް ބޭންކު އޮފް އިންޑިއާ އިމާރާތާއި، އުރީދޫ އޮފީހާއި އަދި ބައެއް އެހެން ކުންފުނިތަކުގެ އޮފީސް ހިންގާ ގަދަގޭ މުހައްމަދުފުޅު ބިލްޑިންގުގައި އަލިފާނުގެ މި ބޮޑު ހާދިސާ ހިނގާފައިވަނީ 28 އޮގަސްޓު 2020 ވީ ހުކުރު ދުވަހުގެ ރޭ ގައެވެ. މި ހާދިސާގައި މީހަކަށް ގެއްލުން ނުލިބުނު ނަމަވެސް އިމާރަތްތަކަށް ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު - މާލޭގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހުކުރު ދުވަހުގެރޭ ހިނގި އިރު، މިފަދަ އިތުރު ދެ ހާދިސާއެއް ވަނީ މާލޭގައި ހިނގާފައި، އެއީ މާލޭގެ ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި މާލޭގެ ސިނާއީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާ - ފޮޓޯ: ރާއްޖެއެމްވީ
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު - އަލިފާން ރޯވި ސަރަހައްދަށް ރައީސުލްޖުމްހޫރިޔާ އާއި ނައިބު ރައީސުގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުން ވަޑައިގެންނެވި - ފޮޓޯ: ރާއްޖެއެމްވީ
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު - މި ހާދިސާއާއި ގުޅިގެން ލިބުނު ގެއްލުންތަކުގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވޭ - ފޮޓޯ: ރާއްޖެއެމްވީ
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު - މި ހާދިސާގައި މީހަކަށް އަނިޔާވެފައި ނުވި ނަމަވެސް، ބައެއް އިމާރަތްތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަދާ ހުލިވެފައި - ފޮޓޯ: ރާއްޖެއެމްވީ
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު - ކެފޭ ޓިއޯލޯގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގު މިހާރުވަނީ ފަށާފައި - ފޮޓޯ: ރާއްޖެއެމްވީ
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު - އަލިފާން ރޯވެފައިވަނީ ކެފޭ ޓިއޯލޯ އާއި، އެތަނާ ޖެހިގެން ހުރި ސްޓޭޓް ބޭންކު އޮފް އިންޑިއާ އިމާރާތާއި، އުރީދޫ އޮފީހާއި އަދި ބައެއް އެހެން ކުންފުނިތަކުގެ އޮފީސް ހިންގާ ގަދަގޭ މުހައްމަދުފުޅު ބިލްޑިންގުގައި - ފޮޓޯ: ރާއްޖެއެމްވީ
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު - ރޯވި އަލިފާންގަނޑު ނިއްވާލެވިފައިވަނީ 28 އޮގަސްޓު 2020 ވީ ހުކުރު ދުވަހުގެ ރޭ ދަންވަރު 12:34 ހާއިރު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްގެ ފަޔަމަނުން ކުރި މަސައްކަތުން - ފޮޓޯ: ރާއްޖެއެމްވީ