ރަމަޟާން 1441 - މަސްޖިދުލް ނަބަވީގައި ކުރެވުނު ފުރަތަމަ ތަރާވީހު ނަމާދު

24 އޭޕްރިލް 2020 | ހުކުރު 11:24
-
31397
މިއަހަރުގެ ރަމަޟާން މަހުގެ ތަރާވީހު ނަމާދު ދެ ހަރަމްފުޅުގައި ކުރާގޮތަށް ސައުދީގެ ރަސްގެފާނު ސަލްމާނު ބިން އަބްދުލް އަޒީޒް ވަނީ ނިންމަވާފަ އެވެ. އަދި މަދީނާގައި ހުންނަ މަސްޖިދުލް ނަބަވީގައި ކުރެވުނު ފުރަތަމަ ތަރާވީހް ނަމާދު ކުރިއަށްގެންގޮސްފައިވަނީ ހާއްސަ ފިޔަވަޅުތަކާއެކު އެވެ.
މަސްޖިދުލް ނަބަވީގައި ކުރެވުނު ފުރަތަމަ ތަރާވީހު ނަމާދު - އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މިސްކިތް ޑިސްއިންފެކްޓްކޮށް، ތާމަލް ކެމަރޭ ބޭނުންކޮށްގެން ބޮޑީ ޓެމްޕަރޭޗަރ ބެލުން ހިމެނޭ -- ފޮޓޯ: ސައުދީ ގެޒެޓް
މަސްޖިދުލް ނަބަވީގައި ކުރެވުނު ފުރަތަމަ ތަރާވީހު ނަމާދު - ތަރާވީހް ނަމާދުގައި ކޮށްފައިވަނީ ދެ ރަކުވަތް -- ފޮޓޯ: ސައުދީ ގެޒެޓް
މަސްޖިދުލް ނަބަވީގައި ކުރެވުނު ފުރަތަމަ ތަރާވީހު ނަމާދު ކުރިއަށްގެންގޮސްފައިވަނީ ބައެއް މުވައްޒިފުންނާއެކު -- ފޮޓޯ: ސައުދީ ގެޒެޓް
މަސްޖިދުލް ނަބަވީގައި ކުރެވުނު ފުރަތަމަ ތަރާވީހު ނަމާދު - ތަރާވީހު ނަމާދު ކުރިއަށްގެންގޮސްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލައިފައިވަނިކޮށް -- ފޮޓޯ: ސައުދީ ގެޒެޓް
މަސްޖިދުލް ނަބަވީގައި ކުރެވުނު ފުރަތަމަ ތަރާވީހު ނަމާދު - ތަރާވީހު ނަމާދު ކުރިއަށްގެންގޮސްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ހާއްސަ ފިޔަވަޅުތަކާއެކު -- ފޮޓޯ: ސައުދީ ގެޒެޓް