1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ރަސްމިއްޔާތު

23 އޭޕްރިލް 2020 | ބުރާސްފަތި 03:38
-
33836
މިހިނގާ 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު މިރޭ ފެނިފައި ނުވާތީ، މާދަމާއަކީ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 24 އޭޕްރިލް 2020 ވާ ހުކުރު ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ.
1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- މިއީ ސިފައިންގެ ތާރީހުގައި ބަޑިޖެހުމަށް ހުސް އަންހެން ސިފައިން ބައިވެރިވި ފުރަތަމަ ފަހަރު -- ފޮޓޯ: އެމްއެންޑީއެފް
1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ހެނދު ފެނިއްޖެނަމަ ބަޑިޖެހުމަށް އެމްއެންޑީއެފްގެ އަންހެން އޮފިސަރުންތަކެއް ތައްޔަރުގައި -- ފޮޓޯ: އެމްއެންޑީއެފް
1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - މުޅި ދުނިޔެއަށް ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަހުގެ ވަބާއިން އެންމެހައި ދިވެހިންނާއި އިސްލާމީ އުންމަތް އަދި މުޅި އިންސާނީ ދަރިފަސްކޮޅު ރައްކާތެރިކޮށްދެއްވައި ފުރިހަމަ ސިއްހަތާއި އާފިޔަތުގެ ނިޔުމަތް އަޅަމެން އެންމެންނަށް މިންވަރު ކޮށްދެއްވުން އެދި ﷲ ސުބުހާނަހޫވަތައާލާގެ ހަޒްރަތުގައި ދުއާ ދަންނަވާކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - މިނިސްޓަރ ވިދާޅުވީ ވިދާޅުވީ، ގިނަ ގިނައިން ހެޔޮ އަމަލު ކުރަންމަތީ ދެމިތިބުމަށް ވަސިއްޔަތް ކުރާ ކަމަށް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ރަމަޟާން މަހުގެ ފަރުޟު ރޯދަ އަދާކުރުމަށް މިނިސްޓަރު ވަނީ އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފަ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ހަނދު ސާބިތު ކުރުމަށް ބޭއްވި ބައްދަލުވުމަށްފަހު އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ، މިއަދު އިިރު އޮއްސުނު އިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނިފައި ނުވާ ކަމަށާއި އަދި އިތުބާރު ހުރި ފަލަކީ ހިސާބުން ވެސް ކަށަވަރުވާ ކަމަށް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ