ބީޗްވޮލީ ކޯޓު ދެ ރައީސުން ހުޅުވައިދެއްވުން

16 ފެބްރުއަރީ 2020 | އާދީއްތަ 02:17
-
30254
ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކޮށްގެން ހުޅުމާލޭގައި އެޅި ބީޗްވޮލީ ޓްރެއިނިންގ ކޯޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުޅުވައިދެއްވައިފިއެވެ. މިއީ ރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކޮށްގެން ހެދި ފުރަތަމަ ބީޗްވޮލީ ކޯޓެވެ. ރާއްޖޭގެ ބީޗްވޮލީ ޓީމު އަންނަނީ ބައިނަލްއަގްވާމީ މުބާރާތްތަކުން ރަނގަޅު ނަތީޖާއެއް ނެރެމުންނެވެ. އެގޮތުން ނިމިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްއިން ބީޗް ވޮލީއިން ވަނީ މެޑައްޔެއް ހާސިލްކޮށްފައެވެ.