ގައުމީ އަންހެން ބާސްކެޓް ޓީމު ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ މުބާރާތެއްގެ ސެމީ ފައިނަލަށް

8 ޑިސެންބަރ 2019 | އާދީއްތަ 23:09
-
26882
އިންޑިއާ އަތުންވި ބޮޑު ބަލި ހަނދާން ނައްތައިލާ ގައުމީ އަންހެން ބާސްކެޓް ޓީމު އާދީއްތަ ދުވަހު ލަންކާ އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ މުބާރާތެއްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ. ލަންކާ އާއި ދެކޮޅަށް ރާއްޖެއިން ކުޅުނު މި މެޗު ކާމިޔާބުުރީ 69 ޕޮއިންޓް 64 ޕޮއިންޓުންނެވ. މި މެޗުގައި ރާއްޖެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ރާއްޖެއިން ވަނީ ލަންކާ އިން ކުރަމުން ގެންދިޔަ އެޓޭކްތައް ހުއްޓުވައިފައެވެ. މި މެޗު ބައްލަވައިލައްވަން ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވަނީ ދަނޑަށް ވަޑައިގެންނަވާ ޖޯސާ އެކު ޓީމަށް ހިތްވަރު ދެއްވަވައިފައެވެ.