ފޮޓޯ ގެލަރީ

ޚާން ޔޫނިސްގެ ޗެރިޓީ ބަދިގެއަކުން ފޯރުކޮށްދޭ ކާއެއްޗެހި ހޯދުމަށް ފަލަސްތީނުގެ މީހުން އެއްވެފައި
މިހާރު ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެތައް ބަޔަކު ގެދޮރު ގެއްލި، ކާބޯތަކެތި ހޯދުމަށް ދަތިވެފައިވާ ދަނޑިވަޅެއްގައި ޚާން ޔޫނިސްގެ ޗެރިޓީ ބަދިގެއަކުން ފޯރުކޮށްދޭ ކާއެއްޗެހި ހޯދުމަށް އެތައް ބަޔަކު ވަނީ އެސަރަހައްދަށް އެއްވެފައެވެ.

އިންޑިއާގެ ދެކުނުގެ ޓީ ޤައުމުގެ "ފެހި ފަޅުތައް" އަލުން ދިރުވައި އާލާކުރުމުގެ މަސައްކަތް ފެށުން
ތިމާވެށީގެ މާހިރުން ބުނަނީ އިންޑަސްޓްރިއަލް ސްކޭލް ޓީ ދަނޑުވެރިކަމުގެ ސަބަބުން ބިންގަނޑުގެ ނިއުޓްރިއަންޓްސް ހަލާކުވެ ޖަނަވާރުތަކާ ދެބަސްވުންތައް އުފެދިފައިވާ ކަމަށެވެ.

ދިރިއުޅުމުގެ ޚަރަދު ބޮޑުވުމާ ދެކޮޅަށް ގްރީސްގައި އެތައް ހާސް ބަޔަކު ހަޅުތާލުކޮށްފި
ތަކެތީގެ އަގު ބޮޑުވުމާއި، އުޖޫރަ ކުޑަވުމާއި، އަގު ނުކުރެވޭ ވަރުގެ ބޯހިޔާވަހިކަމާ ދެކޮޅަށް އެތެންސް އާއި ތެސަލޮނިކީގައި މުޒާހަރާކޮށްފިއެވެ.

އިންތިޚާބުގެ ނަތީޖާއާ މެދު ދެބަސްވެ ޖޯޖިއާގައި ކުރި މުޒާހަރާ
މިދިޔަ މަހު ބޭއްވި އިންތިހާބަށް ރަޝިޔާއިން ނުފޫޒު ފޯރުވި ކަމަށް ބުނާ ވާހަކަތަކާ އެކު 24 ގަޑީއިރު ތިބިލީސީގައި މުޒާހަރާކުރިއެވެ.

ގާނޫނު އަސާސީގެ ދިފާއުގައި ކުރި މުޒާހަރާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހެއްގެ ގޮތުގައި މަޖިލިސް އޮންނާނެ މިއީ ފަހު ދުވަސްކަމަށް ބުނެ، ގިނަ ބަޔަކު އެއްވެ ސަރުކާރާ ދެކޮޅަށް ވަނީ އަޑު އުފުލާފައެވެ.

ޕޮލިއުޝަން ރީޑިން ރެކޯޑް މިންވަރަކަށް މަތިވެ، އިންޑިއާގެ ނިއު ދިއްލީ ވިހަ ދުމުން ފޮރުވިފައި
ވައި ތަޣައްޔަރުވާ މިންވަރު މި ސީޒަނުގައި އެންމެ ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން އިންޑިއާގެ ވެރިރަށުގައި ސްކޫލްތައް ބަންދުކޮށް އިމާރާތްކުރުން ހުއްޓާލައިފި އެވެ.

ތޫފާން "މަން-ޔީ" އަރައި، ފިލިޕީންސް ހަލާކުގެ ތެރެއަށް
ފިލިޕީންސަށް އެންމެ ފަހުން އައި ތޫފާނުގެ ސަބަބުން އުދަ އަރައި އެތައް ހާސް ބަޔަކު ވަނީ ގެދޮރު ގެއްލިފައެވެ.

އިޒްރޭލުން ދެކުނު ބެއިރޫތަށް އަނެއްކާވެސް ވަރުގަދަ ހަމަލާއެއް ދިނުން
ދެކުނު ބެއިރޫތުގެ ސަރަހައްދުތަކުން މީހުން ފޭބުމަށް އަމުރު ނެރުމަށްފަހު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިޒްރޭލުން ވަނީ އެ ސަރަހައްދުތަކަށް ހަމަލާތައް ދީފައެވެ.

އިޒްރޭލަށް ތާއީދުކުރާ ގާލާއާ ދެކޮޅަށް ޕެރިހުގައި ބޭއްވި މުޒާހަރާ
އިޒްރޭލުގެ އަސްކަރިއްޔާއަށް ބޭނުންވާ ފައިސާ ހޯދުމުގެ މަގްސަދުގައި ކުރިއަށްގެންދިޔަ މި ހަރަކާތަކީ ފްރާންސްގެ ވެރިރަށުގައި އޮތް ފްރާންސް-އިޒްރޭލު ފުޓްބޯޅަ މެޗެއްގެ ކުރިން ބޭއްވި ހަރަކާތެކެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކުގައި އެތައް ބަޔަކު މަރުވެ، ގެދޮރު ގެއްލިފައި
އިޒްރޭލުގެ އަސްކަރިއްޔާއިން ޣައްޒާގެ އުތުރަށް ބޮން އެޅުމާއި ހިފުން ހަރުކަށިކުރަމުން ދަނިކޮށް މީހުން ވަނީ ބެއިތް ހަނޫން ދޫކޮށް ގޮސްފައެވެ.

މަހެއްހާ ދުވަހުގެ ތެރޭގައި ފަސްވަނަ ތޫފާން ފިލިޕީންސަށް އަރައިފި
ކޮންމެ އަހަރަކު ވެސް ބޮޑެތި 20 ތޫފާނެއް އެ އާކިޕެލަގޯ އަށް ނުވަތަ އެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދަށް އެރި ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެ ތޫފާންތައް ދަނީ ގަދަވަމުންނެވެ.

އެމްސްޓަޑަމްގައި ފަލަސްތީނަށް ތާއީދުކޮށް އަޑު އުފުލި މީހުން ތަކެއް ބަންދުކުރުން
އެ ސިޓީގެ ޑޭމް ސްކޮޔާއަށް އެތައް ސަތޭކަ ބަޔަކު އެއްވެ "ފްރީ ފަލަސްތީން" އޭ ކިޔައި ބޯޑުތައް ހިފައިގެން އަޑު އުފުލާފައިވެއެވެ.

އިޒްރޭލުން ޣައްޒާގެ އުތުރުގެ ގެއަކަށް ދިން ހަމަލާއެއްގައި އެތައް ބަޔަކު މަރުވެއްޖެ
އިޒްރޭލުން ޖަބާލިއާގެ ގެއަކަށް ދިން ހަމަލާއެއްގައި 13 ކުޑަކުދިންނާއެކު 30 މީހުން މަރުވެއްޖެއެވެ.

'މައުންޓަން ފަޔަރ'ގެ ސަބަބުން ލޮސް އެންޖެލިސް އިން އެތައް ހާސް ބަޔަކު ހުސްކޮށްފި
މައުންޓަން ފަޔަރ ގެ ނަމުން ނަން ދީފައިވާ މި އަލިފާންގަނޑު ހަލުވިކަމާއެކު ފެތުރެމުން ދިޔައިރު، އަލިފާންގަނޑުގެ ސަބަބުން ރައްޔިތުން ވަނީ ރައްކާތެރިކަމަށް ޓަކައި އެހިސާބުން ބޭރުކޮށްފައެވެ.

މޮޒަމްބިކްގައި ހަމަނުޖެހުންތަކެއް، އިދިކޮޅު ފަރާތްތަކުން ބުނަނީ އިންތިޚާބު "އޮޅުވާލައިފި" ކަމަށް
ފްރެލިމޯ ޕާޓީން އޮކްޓޫބަރު މަހު ނެގި ވޯޓު ކާމިޔާބުކޮށް، އެ ޕާޓީގެ 49 އަހަރުގެ ވެރިކަން ދިގުލައިގެން ދިޔަ ކަމަށް އިލެކްޝަންސް އޮތޯރިޓީން ބުނުމާ ގުޅިގެން ވަނީ ވަރަށް ބޮޑަށް ހަމަނުޖެހުން އުފެދިފައެވެ.

އިޒްރޭލުން ލުބްނާނުގެ އިރުމަތީ ސަރަހައްދަށް ދިން ހަމަލާތަކުގައި 40 މީހުން މަރުވެއްޖެ
މި ސިލްސިލާ ހަމަލާތައް ދީފައި މިވަނީ ހިޒްބުاللهގެ އާ ލީޑަރު "ސިޔާސީ ފިޔަވަޅެއް" އެޅުމުން ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

ނޮވެމްބަރު 5 ގައި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުން
އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުން ނޮވެމްބަރު 5 ގައި ގެސްގޮސްފައި ވާއިރު، އިންތިޚާބު ކާމިޔާބު ކުރެއްވީ ކުރީގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ކަމަށް އެމެރިކާގެ މީޑިއާތަކުން އިން ވެސް ވަނީ ޔަގީންކޮށްދީފައެވެ.

ސްޕެއިންގައި ފެންބޮޑުވުމާ ގުޅިގެން މަރުވި މީހުންގެ ހަށިތައް ހޯދަނީ
އެތައް ހާސް އިމަޖެންސީ ރެސްޕޮންޑަރުންނާއި ވޮލެންޓިއަރުން ވަނީ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކޮށްފައެވެ.

އިޒްރޭލުންގެ ހަމަލާއެއްގައި ފަލަސްތީނުގެ 95 މީހުން ޝަހީދުވެއްޖެ
ކަމާލް އަދްވާން ހޮސްޕިޓަލަށް އިޒްރޭލުން ދިން ހަމަލާގައި ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ސާމާނަށް ގެއްލުންދީ މުވައްޒަފުންނަށް އަނިޔާވި މައްސަލަ ޑަބްލިއުއެޗްއޯ އިން ވަނީ ކުށްވެރިކޮށްފައެވެ.

ޑީއޭއެމްގެ ފުރަތަމަ ދާއިމީ ހިންގާ ކޮމިޓީގެ މަގާމުތަކަށް މެމްބަރުން އިންތިޚާބު ކޮށްފި
ހުކުރު ވިލޭރޭ ވިލާ ކޮލެޖް ހޯލްގައި ބޭއްވި އެ ޖަމްއިއްޔާގެ އާއްމު ބައްދަލުވުމެއްގައި، ޑީއޭއެމްގެ ފުރަތަމަ ދާއިމީ ހިންގާ ކޮމިޓީގެ މަގާމުތަކަށް މެމްބަރުން ވަނީ އިންތިޚާބު ކޮށްފައެވެ.

ސްޕެއިންގައި ފެންބޮޑުވެ 72 މީހުން މަރުވެއްޖެ
ސްޕެއިންގެ އިރުމަތީ ވެލެންސިއާ ސަރަޙައްދުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެ، މަގުތަކުގައި ކާރުތައް ތާށިވެ، ރޭލެއް ފުނޑުފުނޑުވެ، ގެތަކާއި ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އިޒްރޭލުން ޣައްޒާގެ ބެއިތް ލަހިޔާއަށް ދިން ބޮމުގެ ހަމަލާއެއްގައި 93 މީހުން މަރުވުން
ޣައްޒާގެ އުތުރުގައި މީހުން ދިރިއުޅޭ އިމާރާތަކަށް އިޒްރޭލުން ދިން ހަމަލާގައި 25 ކުއްޖަކު ޝަހީދުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ލުބުނާނުގެ ތާރީޚީ ސިޓީއެއް ކަމަށްވާ ޓަޔަރަށް އިޒްރޭލުން ވައިގެ ހަމަލާތަކެއް ދީފި
ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ގޮތުގައި މަޝްހޫރު ވެފައިވާ އިހުގެ އައްސޭރިފަށުގެ ސިޓީގެ އިމާރާތްތަކަށް އިޒްރޭލުން ދަނީ ގިނަ ހަމަލާތަކެއް ދެމުންނެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ހިޔާވަހިކަން ދޭ ޣައްޒާގެ ސްކޫލަކަށް އިޒްރޭލުން ހަމަލާދީފި
ޕެރަމެޑިކް ހުސައިން މޮހްސެން ވިދާޅުވީ އެ ސްކޫލުގައި ހިމާޔަތް ހޯދަމުން ދިޔަ ގެދޮރު ގެއްލުނު މީހުން އައިސްފައިވަނީ ޖަބާލިއާ އާއި އުތުރު ޣައްޒާގެ އެހެން ހިސާބުތަކުން ކަމަށެވެ.

އިޒްރޭލު ސިފައިން ކަމަލް އަދްވާން ހޮސްޕިޓަލަށް ބޮޑެތި ގެއްލުންތަކެއް ދީފި
އިޒްރޭލު ސިފައިން ހޮނިހިރު ދުވަހު ކަމަލް އަދްވާން ހޮސްޕިޓަލަށް ވަދެގަނެ، ހޮސްޕިޓަލުގައި ހުރި އެމްބިއުލާންސްތަކާއި އެހެނިހެން ތަކެތި ހަލާކުކޮށްފައިވެއެވެ.

މުޅި އުންމަތް ފަލަސްތީނާ އެކު - ދިވެހި ޒުވާނުން ކުރިއަށް ގެންދިޔަ ހަރަކާތްތައް
ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އަޑު އުފުލުމަށް ހުކުރު ދުވަހު ދިވެހި ޒުވާނުން އިސްވެ ހަރަކާތްތަކެއް ކުރިއަށް ގެންގޮއްސިއެވެ.

އިޒްރޭލުން ދެކުނު ލުބުނާނުގައި ނޫސްވެރިންގެ ކޮމްޕައުންޑަކަށް ބޮން އަޅައިފި
އިޒްރޭލުގެ އަސްކަރިއްޔާއިން ތުހުމަތު ކުރަނީ ހަތް އައުޓްލެޓެއްގެ ކޮމްޕައުންޑް ނޫސްވެރިންނަށް ހަމަލާދީ މީޑިއާގެ މަސައްކަތްތެރިންނަށް އަމާޒުކޮށް ހަމަލާ ދިން ކަމުގެ ތުހުމަތެވެ.

އިޒްރޭލުން ލުބުނާނުގެ ޒަމާންވީ ސިޓީއެއް ކަމަށްވާ ޓަޔަރަށް ބޮން އަޅައިފި
ޓަޔަރަކީ ދުނިޔޭގައި އަބަދު ވެސް މީހުން ދިރިއުޅޭ އެންމެ ދުވަސްވީ އެއް ސިޓީއަށް ވެފައި، މުހިންމު އާސާރީ ތަންތަން ހުންނަ ސިޓީއެކެވެ.

އިޒްރޭލުން ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީ، އުތުރު ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ފައްސާލައިފި
މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އެންކްލޭވްގެ އުތުރުން ވަށާލި ފަހުން އިޒްރޭލުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ދީފަ އެވެ.

އިޒްރޭލުން ބެއިރޫތު ހޮސްޕިޓަލް ހުންނަ ސަރަހައްދަށް ދިން ނުރައްކާތެރި ހަމަލާ
އިޒްރޭލުން ވަނީ ބެއިރޫތުގެ ދެކުނުގެ އަވަށްތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.