ފޮޓޯ ގެލަރީ

އީރާނުން އިޒްރޭލަށް ފޮނުވާލި މިސައިލްތައް
އިޒްރޭލުގެ ސިޓީތަކުގައި ސައިރަންގެ އަޑު އިވުނު އިރު، މީޑިއާ ރިޕޯޓްތަކާ އެކު ރެސްކިއު ސާވިސަސް އިން ބުނީ 20 މީހަކު ޒަހަމްވެފައިވާ ކަމަށެވެ.

އިޒްރޭލާއި އީރާނުގެ ހަމަލާތައް ހުއްޓުމެއް ނެތި ކުރިޔަށް
ހޮނިހިރު ދުވަހު އިޒްރޭލުން ވަނީ އީރާނުގެ އިސްފަހާން ނިއުކްލިއާ ސައިޓަށް ހަމަލާދީފައެވެ، އަދި ތެލްއަވީވްގެ އިމާރާތްތައްވެސް ދަނީ ރޯވެ، އަނދަމުންނެވެ.

އިޒްރޭލުން ނިއުކްލިއާ ސައިޓްތަކަށް އަމާޒުކޮށް ދިން ހަމަލާތަކަށް އީރާނުން ރައްދު ދިނުން
އީރާނުގެ މިސައިލްތަކުގެ ސަބަބުން އިޒްރޭލުގެ ހޮސްޕިޓަލަކަށާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ހަމަނުޖެހުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އިޒްރޭލުން ވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށްފައެވެ.

އިޒްރޭލު-އީރާންގެ ކޯޅުން ދުވަހެއް ދުވަހަކަށް އިތުރުވަނީ
އިޒްރޭލާއި އީރާނާ ދެމެދު އުފެދިފައިވާ ގެރިގުޅުންތައް ދުވަހެއް ދުވަހަކަށް ގޯސްވަމުންދާކަން ފާހަގަކުރެވެއެވެ. މި ދެ ޤައުމުގެ ދެމެދުގައި އޮތް ސިޔާސީ އަދި ސަލާމަތީ ގުޅުން އިތުރަށް ގޯސްވެ، ކަންބޮޑުވުން އިތުރުވަމުންދާކަން ބައިނަލްއަޤްވާމީ މުޖުތަމަޢުން ފާހަގަކުރަމުންދެއެވެ.

އީރާނުން އިޒްރޭލާ ދެކޮޅަށް ދެމުންދާ ހަމަލާތައް
އީރާނަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން، އެކަމުގެ ބަދަލެއްގެ ގޮތުގައި އީރާނުން ދެމުން އަންނަ ހަމަލާތަކުގައި، އިސްރާއީލަށް އަމާޒުކޮށް ހޮނިހިރު ދުވަހު ވެސް ހަމަލާތަކެއް ދީފިއެވެ.

އުތުރު އަޔަލޭންޑްގެ އަވަށެއްގައި ބިދޭސީންނާ ދެކޮޅަށް ހިންގި ހަމަނުޖެހުން
ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ކުދިން ތަކެއް ހައްޔަރުކުރުމާ އެކު، އެ އަވަށުގައި ބިދޭސީންނަށް އަމާޒުކޮށް ނަސްލީ ގޮތުން ހަމަނުޖެހުންތައް ހިންގައިފި އެވެ.

ކަމަދޫ ޢީދު އުފާ 1446 - ކޯޑި ކުޅިވަރު
1446 ވަނަ އަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ކަމަދޫއިން ގެންދަނީ ސަގާފީ ގިނަ ކުޅިވަރު ހަރަކާތްތަކާއި އެކު ތަފާތު ދައްކަމުންނެއެވެ.

ކަމަދޫ ޢީދު އުފާ 1446 - ދެލިމާލި ޕެރޭޑް
ކަމަދޫގައި 1446 ވަނަ އަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ދެލިމާލި ޕެރޭޑެއްވެސް ވަނީ ބާއްވާފައެވެ.

ކުޅުދުއްފުށި މަށި މާލި ޕެރޭޑް 1446
މިއީ ޒަމާނުންސުރެ މި ޕެރޭޑްގައި މަށިމާލީގެ އިތުރުން ބޭރު އަދި ދިވެހި މަޝްހޫރު ޝަހުސިއްޔަތުތައް، ސިޔާސީ ފަރާތްތައް، ހާދިސާތަކުގެ ރޯލްޕްލޭ ޑްރާމާތައް، ސިޔާސީ ފަރާތްތަކުން ވެފައިވާ ވައުދުތަކާއި ޤައުމުގައި ހިނގާ ކަންކަމާމެދު މީހުން ދެކޭގޮތް، މޫވީ ކެރެކްޓަރސް، އަދި ދުނިޔެއާއި ރާއްޖޭގައި އެދުވަސްވަރު އެންމެ ޓްރެންޑިން ކަންކަން ދައްކުވައިދޭ މާއްޔާއި ފުޅަނދު ފެނިގެންދާ ޕެރޭޑެކެވެ.

ކަމަދޫ ޢީދު އުފާ 1446 - ކަމަދޫގެ ކުޅިވަރުގެ ފޯރި، ވަރަށް ތަފާތު
ބ. ކަމަދޫގައި 1446 ވަނަ އަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ގެންދަނީ ވަރަށް ތަފާތު ކުޅިވަރުތަކާއި ހަރަކާތްތައް ބާއްވަމުންނެވެ.

ކަމަދޫ ޢީދު އުފާ 1446 - ފަތްމާލި ޕެރޭޑް
ކަމަދޫގައި 1446 ވަނަ އަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ފަތްމާލި ޕެރޭޑެއްވެސް ވަނީ ބާއްވާފައެވެ.

އަޟްހާ ޢީދު 1446 - ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި މިއަދު ކުރެވުނު ޢީދު ނަމާދު
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވަނީ 1446ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު ކޮށްފައެވެ.

ޓެންގަންޔިކާ ކޯރުގެ ފެންބޮޑުވުމުގެ ސަބަބުން ބުރޫންޑީގައި ދިރިއުޅޭ މީހުން ހާލުގައި ޖެހުން
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވަރަށް ބޮޑަށް ފެންބޮޑުވުމުގެ ހާދިސާ މެދުވެރިވެ، އާއިލާތައް ނުކުމެގެން ދިއުމާއި، ބަލިމަޑުކަން ފެތުރުމާއި، އަދި ދުނިޔޭގެ އެންމެ ފަގީރު އަދި އެންމެ ނާޒުކު ޙާލަތުގައިވާ ޤައުމުތަކުގެ ތެރެއިން އެއް ޤައުމުގައި ކުއްލި އެހީގެ ދަތިކަން ދިމާވެފައިވެއެވެ.

ހަނގުރާމައިގައި ވީރާނާ ވެފައިވާ ރަށްތަކަށް ސީރިއާގެ މީހުން އެނބުރި އައުން
އަހަރުތަކެއް ވަންދެން ގެދޮރު ދޫކޮށް ދިޔުމަށްފަހު، 1.87 މިލިއަނަށްވުރެ ގިނަ ސީރިއާ މީހުން އެނބުރި ގެއަށް އައިސް، ވީރާނާވެފައިވާ ތަންތަނުގައި އަލުން އާރާސްތުކުރުމުގެ ދަތިތަކާ ވަނީ ކުރިމަތިލާންޖެހިފައެވެ.

ބުރުންޑީގައި ތިބި ކޮންގޯ ރެފިއުޖީން - ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހުން
ޑީއާރުސީގެ ހަނގުރާމައިން ފިލައިގެން އައިސް ތިބި މީހުންނަށް ބުރުންޑީގައި ހަދާފައިވާ ކޭމްޕުތަކުގައި ސަލާމަތްތެރިކަމާއި ބޭނުންތައް ފުދުން ދަތިވެފައިވެއެވެ.

އިޒްރޭލުގެ ހަމަލާތައް ވަރުގަދަކޮށް، އުތުރު ޣައްޒާއިން ފަލަސްތީނުން ފައްސާލުން
ހުކުރު ދުވަހުން ފެށިގެން އިޒްްރޭލުން ވަނީ މަދުވެގެން 115 ފަލަސްތީނުން މަރާލާފައެވެ. މިއީ މަޖުބޫރުކޮށްގެން ބަނޑަށް ބެހެއްޓުމުގެ ފުޅާ ދާއިރާއެއްގައި ހިންގާ ޢަމަލުތަކާއެކު، ބޮންއެޅުން އިތުރުކުރަމުން ދާ ދަނޑިވަޅެއްގައެވެ.

އަފްޣާނިސްތާނުން ބޭރުކުރެވުނު މީހުން ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި އިންސާނީ ހާލަތް
ޕާކިސްތާނާއި އީރާނުން އަނބުރާ ފޮނުވާލާފައިވާ ސަތޭކަ ހާހެއްހާ މީހުން، ނާޒުކު ޙާލަތެއްގައިވާ އަފްޣާނިސްތާނުގައި ފަޤީރުކަމާއި، ވަޒީފާ ނެތުމާއި، އަދި އެހީތެރިކަން ނުލިބުމާ ކުރިމަތިލާން ޖެހިފައިވެއެވެ.

އިޒްރޭލުން ޣައްޒާގެ ޚާން ޔޫނިސްގެ މީހުން ދިރިއުޅޭ ގެތަކަށް ދިން ހަމަލާ
އިޒްރޭލު ސިފައިން ވަނީ ދެކުނުގެ ޚާން ޔޫނިސްގެ މީހުން ދިރިއުޅޭ ގެތަކަށާއި ވަގުތީ ޓެންޓުތަކަށް ހަމަލާދީފަ އެވެ.

މާލެ ސަހަރައްދުގައި ފިޠުރު އީދު ނަމާދު ޖަމާއަތުގައި ކުރުން
މި އަހަރު މާލެ ސަރަހައްދުގެ ހަތަރު މައިދާނެއްގައި ވަނީ ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކޮށްފައެވެ.

ރަމަޟާން 1446 - ރޯދަމަހުގެ ފުރަތަމަ ދުވަހު ބާޒާރުމަތީގައި ދިވެހިން ހޭލަމޭލައަށް
ރަމަޟާން މަހުގެ ފުރަތަމަ ދުވަހު މާލޭ ލޯކަލް މާރުކޭޓު ސަރަޙައްދުގައި، ގިނަ އަދަދެއްގެ އާއްމުން ރޯދަވީއްލުމަށް ބޭނުންވާ ތަކެތި ގަތުމަށް ބާޒާރުގައި ހަރަކާތްރިވަނީއެވެ.

ޒަކިއްޔާގެ މަރު - ހޮޅުދޫގެ ފޮލިސް ސްޓޭޝަން ދޮށަށް ގިނަ އަދަދެއްގެ ބަޔަކު އެއްވުން
ޒަހަމް ތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ނ.ހޮޅުދޫ، ޒަކިއްޔާ މޫސާގެ މަރާއި ގުޅިގެން އިންސާފު ހޯދައިދިނުމަށް ގޮވާލާ ހޮޅުދޫގެ ޕޮލިސްޓޭޝަން ދޮށަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ އަޑު އުފުލައިފިއެވެ.

ވީރާނާ ވެފައިވާ ޣައްޒާގައި ގެދޮރު ގެއްލިފައިވާ މީހުން އެހީއަށް އިންތިޒާރުކުރަނީ
އިޒްރޭލުން ގެދޮރު އާރާސްތުކުރުމަށް ބޭނުންވާ ޒަރޫރީ ސާމާނުތަކަށް ހުރަސް އެޅުމުގެ ސަބަބުން ޣައްޒާގެ އިންސާނީ ކާރިސާ އިތުރަށް ގޯސްވަމުންދާކަމުގެ އިންޒާރު އެހީދޭ ޖަމާއަތްތަކުން ވަނީ ދީފައެވެ.

އިޒްރޭލުން ހަނގުރާމަ ފަށާނެ ކަމުގެ އިންޒާރު ދިނުމުން ޣައްޒާ ބިރުވެރިކަމުގެ ތެރެއަށް
ހަމާސް އިން ބުނީ އިޒްރޭލުން ޣައްޒާގައި "ވަރުގަދަ ހަނގުރާމަތަކެއް" ފަށާނެ ކަމުގެ އިންޒާރު ދީފައިވީ ނަމަވެސް، އެ ޖަމާއަތުން ހަނގުރާމަ ހުއްޓާލުމަށް ވައުދުވެފައިވާ ކަމަށެވެ.

ފިނި މޫސުމުގެ ވިއްސާރައިގައި ޣައްޒާ - ރައްކާތެރި ހިޔާވަހިކަމާއި އަސާސީ ބޭނުންތަކުގެ ތަކެތީގެ ދަތިކަނ
ޣައްޒާގައި ހިނގަމުންދާ އިންސާނީ ކާރިސާ އިތުރަށް ބޮޑުވަމުންދަނީ، ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބުމުގައި ދަތިތަކާ ކުރިމަތިވަމުންދާތީއެވެ. މި ކަމުގެ ސަބަބުން އެ ސަރަޙައްދުގެ އިންސާނީ ޙާލަތު އިތުރަށް ނާޒުކުވަމުންދާކަން ފާހަގަކުރެވެއެވެ.

ތާލް ރިފްޢަތަށް އެނބުރި އައި ރައްޔިތުންނަށް ފެނުނީ އެމީހުންގެ ގެދޮރާއި މުދާ ހަލާކުވެ، ވީރާނާވެފައިވާ
ތާލް ރިފްޢަތަށް އެނބުރި ދިއަ ސޫރިޔާގެ ރައްޔިތުންނަކީ، ދިގު މުއްދަތެއްގެ ހަނގުރާމައިގެ ސަބަބުން ލިބިފައިވާ ބޮޑެތި ގެއްލުންތަކާއި، އުމްރާނީ ވަސީލަތްތައް ހަލާކުވެފައިވުމުގެ ސަބަބުން، ޤައުމު އަލުން ބިނާކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަން ޖެހިފައިވާ ބައެކެވެ.

ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި ޣައްޒާއިން ސަލާމަތްވި މީހުން ހާލުގައި ޖެހިއްޖެ
ފިނި މޫސުމުގެ ސަބަބުން އެންކްލޭވްގެ ހަލާކުވެފައިވާ ތަންތަނުގެ ތެރޭގައި ހިމާޔަތް ހޯދަމުންދާ ފަލަސްތީނުގެ ހާލަތު ދަނީ ގޯސްވަމުންނެވެ.

މަކުނުދޫ އެއަރޕޯޓް ރައީސް މުއިއްޒުގެ ވައުދު ލިސްޓުން ގެއްލިއްޖެ، ރައްޔިތުން ރަތަށް
ވެރިކަމަށް ހޮވުމަށްފަހު މަކުނުދޫއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ، 2024 ވަނަ އަހަރު ނިމެންވާއިރު އެއަރޕޯޓް ހުޅުވޭނެ ކަމަށެވެ. ނަމަވެސް އެރަށު ރައްޔިތުން ބުނަނީ އެތަނުގައި އަދި އޮތީ ފަސްގަނޑެއް ކަމަށެވެ. އެހެންކަމުން މަކުނުދޫ އަށް މިނިސްޓަރު މުއްތަލިބު ވަޑައިގަތުމުން މަކުނުދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ ވަނީ އިހްތިޖާޖު ކޮށްފައެވެ.

ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 26،000 މީހުން ގެދޮރު ދޫކުރަން މަޖުބޫރުވުން
ހުޅަނގު އައްސޭރީގެ ދެ ރެފިއުޖީ ކޭމްޕަކަށް އިޒްރޭލުގެ އަސްކަރިއްޔާއިން ދިން ހަމަލާތަކުގައި މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ފަލަސްތީނުގެ އެތައް ހާސް އާއިލާއެއް ވަނީ ގެދޮރު ގެއްލިފަ އެވެ.

އިޒްރޭލުގެ ބޮމުގެ ހަމަލާތަކަށް ފަހު ޣައްޒާ ކުނިކޮށިގަނޑަކަށް ބަދަލުވެފައި
ޣައްޒާގެ ކުނިތައް ހުސްކުރަން މަދުވެގެން 15 އަހަރު ނަގާފާނެ ކަމަށާއި 100 ޓްރަކް ފުލްޓައިމްކޮށް މަސައްކަތް ކުރާ ކަމަށް އދ. އިން ބުނެފައިވެއެވެ.

ކޮންގޯގެ ހަނގުރާމަ ހުއްޓާލުން، ގޯމާގައި 2،000 މީހުން ވަޅުލުމުގެ މަސައްކަތް ކުރިޔަށް
ބަލި ފެތުރިދާނެ ކަމުގެ ބިރަށް މިދިޔަ ހަފުތާގެ ހަނގުރާމަތަކަށް ފަހު ގޯމާގައި ދިރިއުޅޭ މީހުންގެ 2،000 ހަށިގަނޑު ވަޅުލުމަށް އެހީދޭ ޖަމާއަތްތަކުން އެހީތެރިވެދެ އެވެ.