ފޮޓޯ ގެލަރީ

އަފްޣާނިސްތާން - ގިނަގުނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތައް
އީރާނާއި ޕާކިސްތާނުން ބޭރުކޮށްލުމަށް ފަހު އެތައް މިލިއަން ބަޔަކު އެނބުރި އައުމުގެ ސަބަބުން ނާޒުކު އިގުތިސާދަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ.

މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް ސްރީލަންކާގައި ނޫސްވެރިން ކުރި މުޒާހަރާ
ރާއްޖޭގައި މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބިލް ފާސްވުމާ ގުޅިގެން ސްރީލަންކާގެ ނޫސްވެރިންނާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުން ރާއްޖޭގައި ތިބި ނޫސްވެރިންނަށް ތާއީދު ކޮށް، ކޮލަމްބޯގައި ހުންނަ ދިވެހި ހައި ކޮމިޝަން ކުރިމަތީގައި މުޒާހަރާ ކޮށްފި އެވެ.

މިނިވަން މީޑިއާ ކަފުންކޮށް ވަޅުލާ ބިލާ ދެކޮޅަށް ނޫސްވެރިންނާ އާއްމުން ކުރި މުޒާހަރާ
ދިވެހިރާއްޖޭގެ މިނިވަން މީޑިއާ ކަފުންކޮށް ވަޅުލާ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ދެކޮޅަށް އަންގާރަ ދުވަހު ނޫސްވެރިންނާއި އާންމު ރައްޔިތުން ވަނީ މަޖިލީސް ކައިރީގައި މުޒާހަރާ ކޮށްފައެވެ.

ހޯމަ ދުވަހު އިޒްރޭލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތައް
އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 64،871 މީހުން މަރުވެ، އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ހިޖުރަ ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމްޑީޕީއިން ހޮނިހިރު ދުވަހު ބޭއްވި ޕިކަޕު ޖަލްސާ
ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހޮނިހިރު ދުވަހު ވަނީ ޕިކަޕު ޖަލްސާއެއް ބާއްވާފައެވެ.

ރައީސް ޞާލިހް ބޮޑުފޮޅުދޫއަށް ކުރެއްވި ދަތުރުފުުޅު
އއ. ބޮޑޮފޮޅުދޫއަށް ކުރެއްވި ދަތުރުފުޅަށްފަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މާލެ ވަޑައިގެންފައި ވަނީ ހުކުރު ދުވަހު އެވެ.

މީޑިއާ ކޮންޓްރޯލްކުރާ ބިލު ބޭރުކުރަން ގޮވާލާ ނޫސްވެރިން ކުރި އިހުތިޖާޖު
"މީޑިއާ ކޮންޓްރޯލް ބިލް" ދިރާސާ ކުރާ ކޮމެޓީ ސިއްރުކޮށް ކޮމެޓީގައި ތިބި ނޫސްވެރިން ނެރުމާއި ގުޅިގެން އަންގާރަ އަދި ބުދަ ދުވަހުވެސް، މަޖިލިސް ސަރަހައްދުގައި ނޫސްވެރިން ވަނީ އިހުތިޖާޖު ކޮށްފަ އެވެ.

އަފްޣާނިސްތާނަށް އައި ބިންހެލުމާ ގުޅިގެން މީހުން ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތް
ބިންހެލުމުގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާކަމަށް އދ އިން ރިޕޯޓްކޮށްފައިވާއިރު، ތާލިބާން ސަރުކާރުން އެހީއަށް އެދުމުން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ދަނީ ދަތިތަކާ ކުރިމަތިވަމުންނެވެ.

އިންޑޮނޭޝިއާގައި މުޒާހަރާ ބައިވެރިން ރަޔަޓް ފުލުހުންނާ ކުރިމަތިލުން
ފުލުހުންގެ ވެހިކަލެއްޖެހި ސައިކަލު ޓެކްސީ ޑްރައިވަރަކު މަރުވުމާ ގުޅިގެން އިންޑޮނޭޝިއާގެ އެކި ކަންކޮޅުތަކުގައި ނުރައްކާތެރި މުޒާހަރާތަކެއް ފަށައިފި އެވެ.

ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ އާއިލާތަކަށް ޣައްޒާ ހުސްކުރަން މަޖުބޫރުވެފައި
އިޒްރޭލުން ޣައްޒާ ސިޓީގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތައް ވަރުގަދަކުރުމުގެ ސަބަބުން ފަލަސްތީނުގެ ގިނަ ބަޔަކަށް ޣައްޒާ ހުސްކުރަން މަޖުބޫރުވެފައިވާއިރު، ދެކުނުގައި އޮންނަ ނުސީރަތު ރެފިއުޖީ ކޭމްޕުގެ ހުޅަނގުން އޮންނަ ތަނެއްގައި އެތައް ބަޔަކު ވަނީ ނުރައްކާތެރި ހާލަތްތަކުގައި ވަގުތީ ހިޔާތައް ގާއިމުކޮށްފައެވެ.

ޣައްޒާ ބަނޑަށް މަރުވަނީ، އދ އިން ގޮވާލަނީ އިންސާފު ގާއިމު ކުރުމަށް
ފަލަސްޠީނުގެ ގާތްގަނޑަކަށް ދެ މިލިއަނަށްވުރެ ގިނަ ރައްޔިތުން މަޖުބޫރުން ގެދޮރުން ބޭރުކުރެވި، ކާބޯތަކެތީގެ ތަދުމަދުކަމާއި އިޖްތިމާޢީ ހަމަނުޖެހުންތައް އިންތިހާއަށް އިތުރުވަމުންދާ މި ދަނޑިވަޅުގައި، އދ. އިން ވަނީ މި ނާޒުކު ހާލަތަށް އަވަސް ޙައްލެއް ހޯދުމަށް އަދި އެކަމަށް ޢަމަލީ ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކޮށްފައެވެ.

މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިން ރައީސް އޮފީސް ކުރިމަތީގައި އިހުތިޖާޖުކުރުން
ނޫސްވެރިން ވަނީ މިނިވަން މީޑިއާ މަރާލާ، ނޫސްވެރިން ޖަލަށްލައި ނޫސްތަކާއި ޓީީވީތައް ބަންދުކުރެވޭ ގޮތަށް އޮތް މީޑިއާ ބިލާ ދެކޮޅަށް، ބުރާސްފަތި ދުވަހު ރައީސް އޮފީސް ކުރިމަތީގައި އިހުތިޖާޖުކޮށްފައެވެ.

މީޑިއާ ކޮންޓްރޯލް ކުރާ ބިލާ ދެކޮޅަށް ނޫސްވެރިންނާ އެމްޑީޕީން ކުރި މުޒާހަރާ
މިނިވަން މީޑިއާ ތަޅު އެޅުވުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބޭރުކޮށްލުމަށް ގޮވާލައި ނޫސްވެރިން ވަނީ ބުދަ ދުވަހު މުޒާހަރާ ކޮށްފައެވެ.

އެހީ ދޭ ސައިޓު - ފަލަސްތީނުގެ ރައްޔިތުން ފުށް ބަސްތާތައް އުފުލުން
ދަތި އުނދަގޫ ޙާލަތްތަކާއި ދެމިގެންދާ ހަނގުރާމައިގެ ތެރޭގައިވެސް، ފަލަސްތީނުގެ ރައްޔިތުން ވަނީ އަލަށް ޤާއިމުކުރެވިފައިވާ އެހީ ބެހުމުގެ ސައިޓަކުން ބަރު ފުށް ބަސްތާތައް ގެންގޮސްފައެވެ.

ޣައްޒާގައި ހިނގަމުންދާ ގަތުލު އާންމު ހުއްޓުވުމަށް ގޮވާލާ އޮސްޓްރޭލިއާގައި މުޒާހަރާ ކުރުން
އޮސްޓްރޭލިއާގެ ރައްޔިތުން ފަލަސްޠީނަށް ތާއީދުކޮށް ޤައުމީ ފެންވަރުގައި ހިނގާލުންތަކެއް ބާއްވައިފިއެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުމެއް ނެތި ކުރިޔަށް
ފަލަސްތީނުގެ އެތައް ހާސް ބަޔަކު ޣައްޒާ ސިޓީ ދޫކޮށް ދާން މަޖުބޫރުވެފައިވަނީ އިޒްރޭލުން ދެމުން ގެންދާ ވައިގެ ހަމަލާތަކުގެ ސަބަބުން އަވަށްތައް ހަލާކުވަމުން ގޮސް، ވަށާލާފައިވާ ސަރަހައްދަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާ އިތުރަށް ގޯސްވުމާ ގުޅިގެންނެވެ.

ހޫނުގަދަވެ، ސްޕެއިނާއި ޕޯޗުގަލްގައި އަލިފާން ފެތުރެނީ
ސްޕެއިން އާއި ޕޯޗުގަލްގެ އަލިފާނުގެ ހާދިސާތަކުގައި ރެކޯޑް މިންވަރަކަށް ހޫނުގަދަވެ، އަލިފާން ގަނޑު ފެތުރުމުގެ ސަބަބުން މީހުން ހުސްކުރަން މަޖުބޫރުވެއްޖެ އެވެ.

ސާބިއާގެ އެކި ސިޓީތަކުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަނީ
ސާބިއާގެ އެކި ސިޓީތަކުގައި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުންތައް އިތުރު ވަމުން ދަނީ އިސްލާހަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

ޣައްޒާ ހިސޯރު ނައްތާލުމަށް ގޮވާލާ ބޭއްވި ގައުމީ ބޮޑު އެއްވުން
ޣައްޒާ ހިސޯރު ނައްތާލުމަށް ގޮވާލާ ގައުމީ ބޮޑު އެއްވުން ބާއްވާފައިވަނީ 15 އޯގަސްޓް 2025 ގައެވެ. މި އެއްވުމުގައި އެތައްބަޔަކު ވަނީ ބައިވެރިވެފައެވެ.

އިޒަރޭލުން އަލްޖަޒީރާގެ މުވައްޒަފުން ގަތުލު ކޮށްލުން: ޣައްޒާގައި ހަލާކުގެ ގްރެފިކް މަންޒަރުތަކެއް
ޣައްޒާގެ ޕްރެސް ޓެންޓަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި އަލްޖަޒީރާގެ ނޫސްވެރިޔާ އަނަސް އަލް ޝާރިފާއި އޭނާގެ ހަތަރު ބައިވެރިން ވަނީ މަރާލާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޒްރޭލާ ދެކޮޅަށް އިހުތިޖާޖު ކުރަނީ
އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް ބަޔަކު ވަނީ އެއްވެފައެވެ.

ތައުލީމީ ނިޒާމު ފުނޑުފުނޑުވެފައި، އަފްޣާނިސްތާނުގައި ދީނީ މަދަރުސާތައް ކުރަނީ ބުރަ މަސައްކަތެއް
މަދަރުސާތަކަށް ނަން ނޯޓްކުރުން އިތުރުވެފައިވާއިރު، އެއް ސްކޫލެއްގައި ކިޔަވާ ދަރިވަރުންގެ އަދަދު ފަސް އަހަރުގެ ތެރޭގައި 35 އިން 160 އަށް ވަނީ އިތުރުވެފަ އެވެ.

ޣައްޒާގެ ކެފޭއަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާއަށްފަހު
އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި ޣައްޒާގައި 95 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ބިޒީ ކެފޭއެއްގައި ތިބި 39 މީހުން ވެސް ހިމެނެ އެވެ.

އީރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާތަކުގެ ނަތީޖާ
އީރާނާއި އިޒްރޭލުން މިސައިލް ހަމަލާތައް ވަރުގަދަ ކުރީ އެމެރިކާގެ ރައީސް ޓްރަމްޕް އިއުލާނު ކުރެއްވި ހަނގުރާމަ ހުއްޓާލުމާ ގާތްވެފައި ވަނިކޮށެވެ.

އީރާނުން އިޒްރޭލަށް ފޮނުވާލި މިސައިލްތައް
އިޒްރޭލުގެ ސިޓީތަކުގައި ސައިރަންގެ އަޑު އިވުނު އިރު، މީޑިއާ ރިޕޯޓްތަކާ އެކު ރެސްކިއު ސާވިސަސް އިން ބުނީ 20 މީހަކު ޒަހަމްވެފައިވާ ކަމަށެވެ.

އިޒްރޭލާއި އީރާނުގެ ހަމަލާތައް ހުއްޓުމެއް ނެތި ކުރިޔަށް
ހޮނިހިރު ދުވަހު އިޒްރޭލުން ވަނީ އީރާނުގެ އިސްފަހާން ނިއުކްލިއާ ސައިޓަށް ހަމަލާދީފައެވެ، އަދި ތެލްއަވީވްގެ އިމާރާތްތައްވެސް ދަނީ ރޯވެ، އަނދަމުންނެވެ.

އިޒްރޭލުން ނިއުކްލިއާ ސައިޓްތަކަށް އަމާޒުކޮށް ދިން ހަމަލާތަކަށް އީރާނުން ރައްދު ދިނުން
އީރާނުގެ މިސައިލްތަކުގެ ސަބަބުން އިޒްރޭލުގެ ހޮސްޕިޓަލަކަށާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ހަމަނުޖެހުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އިޒްރޭލުން ވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށްފައެވެ.

އިޒްރޭލު-އީރާންގެ ކޯޅުން ދުވަހެއް ދުވަހަކަށް އިތުރުވަނީ
އިޒްރޭލާއި އީރާނާ ދެމެދު އުފެދިފައިވާ ގެރިގުޅުންތައް ދުވަހެއް ދުވަހަކަށް ގޯސްވަމުންދާކަން ފާހަގަކުރެވެއެވެ. މި ދެ ޤައުމުގެ ދެމެދުގައި އޮތް ސިޔާސީ އަދި ސަލާމަތީ ގުޅުން އިތުރަށް ގޯސްވެ، ކަންބޮޑުވުން އިތުރުވަމުންދާކަން ބައިނަލްއަޤްވާމީ މުޖުތަމަޢުން ފާހަގަކުރަމުންދެއެވެ.

އީރާނުން އިޒްރޭލާ ދެކޮޅަށް ދެމުންދާ ހަމަލާތައް
އީރާނަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން، އެކަމުގެ ބަދަލެއްގެ ގޮތުގައި އީރާނުން ދެމުން އަންނަ ހަމަލާތަކުގައި، އިސްރާއީލަށް އަމާޒުކޮށް ހޮނިހިރު ދުވަހު ވެސް ހަމަލާތަކެއް ދީފިއެވެ.

އުތުރު އަޔަލޭންޑްގެ އަވަށެއްގައި ބިދޭސީންނާ ދެކޮޅަށް ހިންގި ހަމަނުޖެހުން
ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ކުދިން ތަކެއް ހައްޔަރުކުރުމާ އެކު، އެ އަވަށުގައި ބިދޭސީންނަށް އަމާޒުކޮށް ނަސްލީ ގޮތުން ހަމަނުޖެހުންތައް ހިންގައިފި އެވެ.