ފޮޓޯ ގެލަރީ

ޙައްޖު 1445 - ހައްޖުވެރިން މިނާއަށް ޖަމާވުން
1445 ވަނަ އަހަރުގެ ހައްޖު ދުވަހަކީ މި މަހު 15 ވަނަ ދުވަހެއެވެ. މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ސައުދީ އަރަބިއްޔާ ގައި ފެށީ ހުކުރު ދުވަހުއެވެ. ހައްޖުވެރިން މިނާއަށް ޖަމާވެފައި ވަނީ ހުކުރު ދުވަހުއެވެ.

ޙައްޖު 1445 - މުޅި އުމުރުގެ ދިގު އިންތިޒާރަކަށް ފަހު ނޫނީ ނުލިބޭ ފުރުސަތެއް
1445 ވަނަ އަހަރުގެ ހައްޖު ދުވަހަކީ މި މަހު 15 ވަނަ ދުވަހެއެވެ. މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ސައުދީ އަރަބިއްޔާ ގައި ފެށީ ހުކުރު ދުވަހުއެވެ. ހައްޖަކީ ކުޅަދާނަ ވެގެން ވާ ކޮންމެ މުސްލިމަކު މަދުވެގެން އުމުރުން އެއް ފަހަރު އަދާ ކުރަން ޖެހޭ އިސްލާމް ދިނުގެ 5 ރުކުނުގެ ތެރޭގައި ހިމެނޭ އަޅުކަމެކެވެ. ދޮޅު މިލިއަނަށް ވުރެ ގިނަ މުސްލިމުން މިއަހަރުގެ ހައްޖުގެ މާތް އަޅުކަމުގައި ބައިވެރިވި އެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ރުޅި ސަރުކާރަށް
ސަރުކާރުން ބޮޑު ކަންނެލީގެ މަސްވެރިނަށް ވީ ވައުދު ނުފުއްދާތީ މަސްވެރިންގެ ކަންބޮޑުވުން ފާޅު ކޮށް ބުދަ ދުވަހު ވަނީ މުޒާހަރާ ކޮށްފައެވެ. މި މުޒާހަރާ ފުރަތަމަ ފަށާފައި ވަނީ ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުން
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދަތުރު ފައްޓަވާފައި ވަނީ ހޮނިހިރު ދުވަހުއެވެ.

ދިވެހި ސިވިލްސަރވިސް ކޮންފަރެންސް 2024 ފެށުމުގެ ރަސްމިއްޔާތު
ދިވެހި ސިވިލްސަރވިސް ކޮންފަރެންސް 2024 ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް އެވެ. މި ކޮންފަރެންސް ފަށާފައިވަނީ އާދިއްތަ ދުވަހުއެވެ.

އިންޑިއާގެ ސަފީރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން
މި ބައްދަލުކުރެއްވުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ދެއްވި ދަޢުވަތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް އަރުވާފައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާގެ ދެވަނަ ދަންފަޅި
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާގެ ދެވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފްއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާގެ ފުރަތަމަ ދަންފަޅި
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާގެ ފުރަތަމަ ދަންފަޅި ޝަރަފުވެރިކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

"ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް" އިފްތިތާޙުކުރުން
ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން، ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެއްކަމުގައިވާ، ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އިފުތިތާހުކޮށްދެއްވައިފިއެވެ.

ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޖަނާޒާ
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ. ކައްދޫގައި އަސްކަރީ ތަމްރީނެއް ފުރިހަމަކުރަމުން ދަނިކޮށް ނިޔާވި ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި، އޭނާގެ އުފަން ރަށް ރ. އުނގޫފާރުގައި ބާއްވައިފިއެވެ.

އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ގޮވާލާ ކުރި މުޒާހަރާ
އިޒްރޭލްގެ ޕާސްޕޯޓް މަނާކުރުމަށް ގޮވާލާ ރައީސް އޮފީސް ކައިރީގައި މުޒާހަރާ ކޮށްފައިވަނީ 2 ޖޫން 2024 ގައެވެ.

ފަލަސްތީން އިސްރާއީލް ހަނގުރާމަ - މި ކުދިންގެ ކުށަކީ ކޮބާ؟ ހިތް ފަޅަައިގެން ނުދޭތަ؟
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކެނޑިނޭޅި އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާ ތަކުގައި އެތައް ހާސް ރައްޔިތުންނެއްގެ ފުރާނަ ގެއްލި އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން މަރުވަމުންދާއިރު، އިސްރާއީލްގެ އަނިޔާވެރި ކަމަށް ނިމުމެއް ގެނައުމަށް، ބައިނަލް އަގްވާމީ މުޖްތަމައުން އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓުވުމާއި، ދަތި ކުރުމުގެ އެހެން ފިޔަވަޅުތައް އެޅުމުގެ ވަގުތު އަތުވެއްޖެ ކަމަށް އދ.ގެ އެތައް ތަޖުރިބާކާރުން ވަނީ ބުނެފައެވެ. ނަމަވެސް އިސްރާއީލްގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވަމުންދަނީ ހަމާސް މުޅިން ނައްތާލެވެނީސް ހަނގުރާމަ ހުއްޓާ ނުލާނެ ކަމަށެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރި ފުރަތަމަ ގުރޫޕްގެ ޙައްޖާޖީން
ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރި ފުރަތަމަ ގުރޫޕްގެ ޙައްޖާޖީންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވަނީ ހުކުރު ދުވަހު އަލްވަދާޢުވިދާޅުވެފައެވެ.

ކުށެއް ސާބިތުވި ފުރަތަމަ ރައީސަކަށް ޑޮނަލްޑް ޓްރަމްޕް، އެމެރިކާގެ ރައްޔިތުންގެ އިހުސާސްތައް ބަންޑުން
އެމެރިކާގެ ތާރީޚުގައިވެސް، އެ ޤައުމުގައި ވެރިކަން ކުރެއްވި ލީޑަރެއްގެ މައްޗަށް އުފުލުނު ޖިނާޢީ ދަޢުވާއެއް ސާބިތުވި ފުރަތަމަ ރައީސަކަށް ޑޮނަލްޑް ޓްރަމްޕް ވެވަޑައިގަތުމާ އެކު އެމެރިކާގައި އުފާވެރިކަމާއި ނުރުހުމާއި ރުޅިވެރިކަން ދަނީ ދައުރުވަމުންނެވެ.

20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މެންބަރުކަމުގެ ހުވާކުރެއްވުން
20 ވަަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރައްވާފައި ވަނީ އަންގާރަ ދުވަހު ހެނދުނު 09:00ގައި މަޖިލީހުގެ އިދާރައިގައި އޮތް ރަސްމިއްޔާތެއްގައެވެ.

އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގެންނެވުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ފެއްޓެވީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގެންނެވުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ފެއްޓެވީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ރައީސްގެ ނައިބު އިމަރޖެންސީ މެޑިސިން ޑޭ 2024ގެ މުނާސަބަތުގައި ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވުން
"އިމަރޖެންސީ މެޑިސިން ޑޭ 2024" ގެ މުނާސަބަތުގައި ބޭއްވި ޙަފްލާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

2024ގެ ދިރާސީ އައު އަހަރު ފެށުން
96000ށް ވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އައު އަހަރު ފަށައިފިއެވެ.

ފަލަސްތީނަށް ތާއީދުކޮށް ދިވެހިން މުޒާހަރާކުރުން
ފަލަސްތީނަށް ތާއީދުކޮށް މާލޭގައި ދަނީ އެއްވުންތައް ބާއްވަމުންނެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ހުޅުމާލެ، ފްލެޓް ނަންބަރު ބީ-3-1ސީ، ޙަސަން ޒަރީރު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ހައްޖު މޫސުމަށް ހާއްސަ ސައޫދީ ޕާސްޕޯޓް ޓްރެވަލް ސިމް އުރީދޫއިން ތައާރަފުކުރުން
ހައްޖު މޫސުމަށް ހާއްސަކޮށް އުރީދޫއިން ސައޫދީ ޕާސްޕޯޓުގެ ނަމުގައި ރޯމިންގ ސިމެއް ތައާރަފުކޮށްފިއެވެ.

މާފަންނު ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނުން
މާލެސިޓީ މާފަންނު ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ތެރެއިން، މާލެ ސިޓީ
ހުޅަނގު މޫސުމުގެ ވިއްސާރައިގެ އަސަރުތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަންނަނީ ކުރަމުންނެވެ.

ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ސީ.އީ.އޯ، ރައީސްގެ އަރިހަށް ޒިޔާރަތްކުރެއްވުން
ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މަރްޝަދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިނިސްޓަރު ޓްރެވެލިޔަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން
އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ދަ އިންޑޯ-ޕެސިފިކް، ދަ ރައިޓް އޮނަރަބަލް އޭން-މެރީ ޓްރެވެލިޔަން، އެމް.ޕީ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތަކުގެ ތެރެއިން
މާލެ ސިޓީ ކައުންސިލުން އިންތިޒާމު ކޮށްގެން ހުކުރު ދުވަހުގެ ހަވީރު ވަނީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

ބައިނަލްއަޤްވާމީ ތެލަސީމިއާ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު
ބައިނަލްއަޤްވާމީ ތެލަސީމިއާ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ބޭރު ޤައުމުތަކަށާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް ހިމެނޭގޮތަށް 9 ސަފީރުން ޢައްޔަންކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބޭރު ޤައުމުތަކަށާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް ހިމެނޭގޮތަށް 9 ސަފީރުން އަންގާރަ ދުވަހު ޢައްޔަންކުރައްވައިފިއެވެ.