20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މެންބަރުކަމުގެ ހުވާކުރެއްވުން
20 ވަަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރައްވާފައި ވަނީ އަންގާރަ ދުވަހު ހެނދުނު 09:00ގައި މަޖިލީހުގެ އިދާރައިގައި އޮތް ރަސްމިއްޔާތެއްގައެވެ.

މަޖިލީހުގެ އިދާރައިގައި އޮތް ރަސްމިއްޔާތުގައި މެންބަރުންނަށް ހުވާލައިދެއްވާފައި ވަނީ އުއްތަމަފަނޑިޔާރު އަލްއުސްތާޛް އަހުމަދު މުޢުތަސިމް އަދުނާނު - ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

20ވަނަ ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް - ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

20ވަނަ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ނާއިބު ރައީސް އަހުމަދު ނާޒިމް މަޖިލީހުގެ ޖަލްސާއަށް ވަޑައިގަންނަވަނީ - ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ހުވާ ކުރުމުގެ ރަސްމިއްޔާތު ފެށީ އަންގާރަ ދުވަހު ހެނދުނު 09:00ގައި - ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

މެންބަރުން ވަނީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ރައްޔިތުންގެ ހައްގުތައް ދެމެހެއްޓުމަށް ހުވާކުރައްވާފައި - ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

މެންބަރުން ވަނީ ޤާނޫނުއަސާސީ އާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު މެންބަރުކަމުގެ ޒިންމާ އަދާކުރެއްވުމަށް ހުވާކުރައްވާފައި - ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

މެންބަރުން ވަނީ ޤާނޫނުއަސާސީ އާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު މެންބަރުކަމުގެ ޒިންމާ އަދާކުރެއްވުމަށް ހުވާކުރައްވާފައި - ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

20ވަނަ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާ އިބްރާހީމްދީދީ - ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

މެންބަރުން ވަނީ ހުވާކުރެއްވުމަށްފަހު ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައި - ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

މަޖިލީހުގައި ތިއްބަވާ 93 މެންބަރުންގެ ތެރެއިން 75 މެންބަރުން ނިސްބަތްވެވަޑައިގަންނަވަނީ ޕީއެންސީއަށް - ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

20ވަނަ މަޖިލީހުގެ ރައީސަކަށް އިންތިޚާބުކުރައްވާފައިވަނީ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ - ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

މި ރަސްމިއްޔާތުގައި މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ ވަނީ 20 ވަނަ މަޖިލީހުގެ ޒިންމާތައް އަދާކުރުމަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން އަރުވާފައި - ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ