ފަލަސްތީން އިސްރާއީލް ހަނގުރާމަ - މި ކުދިންގެ ކުށަކީ ކޮބާ؟ ހިތް ފަޅަައިގެން ނުދޭތަ؟
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކެނޑިނޭޅި އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާ ތަކުގައި އެތައް ހާސް ރައްޔިތުންނެއްގެ ފުރާނަ ގެއްލި އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން މަރުވަމުންދާއިރު، އިސްރާއީލްގެ އަނިޔާވެރި ކަމަށް ނިމުމެއް ގެނައުމަށް، ބައިނަލް އަގްވާމީ މުޖްތަމައުން އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓުވުމާއި، ދަތި ކުރުމުގެ އެހެން ފިޔަވަޅުތައް އެޅުމުގެ ވަގުތު އަތުވެއްޖެ ކަމަށް އދ.ގެ އެތައް ތަޖުރިބާކާރުން ވަނީ ބުނެފައެވެ. ނަމަވެސް އިސްރާއީލްގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވަމުންދަނީ ހަމާސް މުޅިން ނައްތާލެވެނީސް ހަނގުރާމަ ހުއްޓާ ނުލާނެ ކަމަށެވެ.

ފަލަސްތީން އިސްރާއީލް ހަނގުރާމަ - މި ހަނގުރާމައިގައި މަރުވާ މީހުންގެ ތިންބައިކުޅަ ދެބައި ހިއްސާކުރަނީ އަންހެނުންނާއި ކުޑަކުދިން - ފޮޓޯ: ޑެއިލީ ސަބާހް

ފަލަސްތީން އިސްރާއީލް ހަނގުރާމަ - އިސްރާއީލުގެ އަނިޔާވެރި ހަމަލާގައި ބިމާ ހަމަކޮށްފައިވާ އިމާރާތެއްގެ ކުރިމަތީގައި ކުޑަ ދެކުއްޖަކު އިށީނދެލައިގެން. ހަނގުރާމައިގެ ސަބަބުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސްފަރުވާއަށް ވަނީ ޖެހިފައި - ފޮޓޯ: ރެޑިފް

ފަލަސްތީން އިސްރާއީލް ހަނގުރާމަ - ކުޑަ ފިރިހެން ކުއްޖަކު ތުއްތު ކުއްޖެއް އުރާލައިގެން، މި ކުދިންގެ ހިތްވަރާ ކެތްތެރިކަން ފެނި ކަރުނަ އަޅާ އެތައް ބަޔަކު އެބަތިބި. މައިންބަފައިންނާ ވަކިވެ ހަވާލުވާނެ ބަޔަކު ނޭނގި ތިބި ކުދިން ވެސް އެހާ ގިނަ - ފޮޓޯ: ދަ ނިއު އަރަބް

ފަލަސްތީން އިސްރާއީލް ހަނގުރާމަ - ބިމާ ހަމަކޮށްފައިވާ ޣައްޒާގެ އިމާރާތްތަކެއްގެ ތެރޭގައި ކުޑަކުއްޖަކު ހުއްޓިލައިގެން - ފޮޓޯ: ސީއެންއެން

ފަލަސްތީން އިސްރާއީލް ހަނގުރާމަ - ބިމާ ހަމަވެފައިވާ އިމާރާތުތަކެއްގެ ތެރޭގައި ކުޑަ ތިން ކުއްޖަކު މަޑުކޮށްލައިގެން. ހަނގުރާމައިގެ ސަބަބުން އާއިލާތަކާ ވަކިވާ ކުޑަކުދިން އެހާމެ ގިނަ - ފޮޓޯ: އޭބީސީ ސެވަން

ފަލަސްތީން އިސްރާއީލް ހަނގުރާމަ - އިސްރާއިލްގެ އަނިޔާވެރި ހަމަލާއެއްގެ ޝިކާރައަކަށްވި އާއިލާއެއްގެ ކުއްޖެއް، ގާކުނޑި މަތީގައި އިށީނދެލައިގެން. ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ހިތްދަތި މަންޒަރުތަކެއް - ފޮޓޯ: ބީބީސީ

ފަލަސްތީން އިސްރާއީލް ހަނގުރާމަ - ޣައްޒާގައި ހިންގަމުން ގެންދާ ނިރުބަވެރި ގަތުލުއާއްމުގައި މުޅި ޣައްޒާ އޮތީ ހަފުސްކޮށްފަ، ދަރިންނާ މައިން ވަކިވެ ކުދިންވަނީ އާއިލާ ތަކާ ވަކިވެފައި - ފޮޓޯ: ސީއެންއެން

ފަލަސްތީން އިސްރާއީލް ހަނގުރާމަ - އާންމުންނަށް އަމާޒުކޮށް ހިންގަމުންދާ ގަތުލުއާއްމުގައި ޒަޚަމްވެފައިވާ ކުއްޖަކު، އިސްރާއީލްގެ އަސްކަރިއްޔާއިން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި އެތައް ބަޔަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި ކުޑަކުދިން ގިނަ އަދަދަކަށް ހިމެނޭ - ފޮޓޯ: ޑެއިލީ ސަބާހް

ފަލަސްތީން އިސްރާއީލް ހަނގުރާމަ - ހުރިހާ ހަނގުރާމަތަކެއްގައި ވެސް އެންމެ ބޮޑު ގެއްލުމެއް ލިބޭ އެއްބަޔަކީ ކުޑަކުދިން. މި ގަތުލްއާއްމުގައި ވެސް އާއިލާތައް ނެތި މަގުމަތިވެފައިވާ ކުޑަކުދިން އެހާމެ ގިނަ - ފޮޓޯ: އާރްއެފްއައި