ފްރޮންޓް އޮފީސް ޖަލްސާ

  • މުއިއްޒު ވަޑައިގެން އދގެ ސަލާމަތީ މަޖިލީހުގަ ވެނި ކަމެއް ކުރާނީ މިހެނެއް ނޫނޭ ބުނެގެން އެތާ ތިބޭ ޑިޕްލޮމެޓުން އަޅުގަނޑުމެންނަށް މަލާމާތްކުރާނެ: ރައީސް ޔާމީން
  • މުއިއްޒުވެސް އަޗާތަޅަންވީ ދުނިޔޭގެ އެކި ޤައުމު ތަކަށް ގޮސް ޑްރާމާ ކުޅެންވީ. ދިވެހިންނަށް ކޮން ފައިދާއެއްހޭ މީގެން އޮތީ: ވަކީލް އާސިފް
  • މިހާރު ރައީސް މުއިއްޒު އދ އަށް ކުރައްވައިގެން އުޅުއްވާ ދަތުރުފުޅަށް އެކަނި 10 ވަރަކަށް މިލިއަން ޚަރަދުވެއްޖެ. މަސްވެރިންނަށް އެމީހުން ބޭނި މަހުގެ އަގު ނުދީ އުޅޭތީ މިހާރު ބަޔަކު ފަހާލައިގެން މިއުޅެނީ: ރައީސް ޔާމީން
 
Writer Profile Picture
މަރިޔަމް އުހާމަތު
މުއިއްޒު ވަޑައިގެން އދގެ ސަލާމަތީ މަޖިލީހުގަ ވެނި ކަމެއް ކުރާނީ މިހެނެއް ނޫނޭ ބުނެގެން އެތާ ތިބޭ ޑިޕްލޮމެޓުން އަޅުގަނޑުމެންނަށް މަލާމާތްކުރާނެ: ރައީސް ޔާމީން

ޔާމީން: އދ ގެ އާންމު މަޖިލީހުގަ ރައީސުން ވަޑައިގެން ގައުމުގަ ހުންނަ ހަލަތާ މިފަދަ ވާހަކަ ދައްކަވާނެ. އެކަމު އދ ގެ އާންމު މަޖިލީހަކީވެސް ދުނިޔޭގަ ހުރި ބޮޑެތި މައްސަލަ ނަގައިގެން އދ ކޮބައިތޯ ފެއިލްވަނީ ކީއްވެގެންތޯ އދ ގެ މަސް ނުހިނގައިގެން މިއުޅެނީ އެކަހަކަ މައުޟޫތައް ޑިސްކަސް ކުރާ ތަނެއް އދ ގެ އައްމު މަޖިލީހަކީ. އދ އަކީ އެކުވެރި ދައުލަތްތައް. އެކުވެރި ދައުލަތްތަކުން ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ މުޅި ދުނިޔޭގެ ސުލްހަ ގާއިމްކުރަން ނޫނީ ހަނގުރާމަ މަދުކުރުމަށް މަސައްކަތްކުރަން. މިތަންތަނަށް ގޮސް ވާހަކަ ދައްކާއިރު އުސޫލުތަކެއް ހުރޭ. އަޅުގަނޑުމެން ދިވެހިރާއްޖޭން ރާއްޖޭން ބޭރަށްގޮސް ޕޯޓްރޭ ކުރަންޖެހޭނީ މީ. ގައުމުގެ ޝުހުރަތު އަޅުގަނޑުމެން ޕޯޓްރޭ ކޮށްދޭނީ ކިހިނެއް ހެއްޔޭ؟ އަޅުގަނޑުމެން މިތާ ތިބެހެން މިވެނި ކަމެއް ކުރާނީ މިހެނެއް ނޫނޭ ބުނެގެން އެތާ ތިބޭ ހަމަ ސީޒަންޑް ޕޮލިޓިޝަނުން ޑިޕްލޮމެޓުން އަޅުގަނޑުމެންނަށް މަލާމާތްކުރާނެ. އެއީ މީގެ މައްސަލަ އަކަށް ވަނީ. މީގެ ކުރިން އދ ގައި ދާއިމީ 5 މެންބަރުން ތިއްބަވާތީ އެންމެ ބޮޑަށް ފާޑު ވިދާޅުވީ މި ސަރުކާރުގެ ވަޒީރު ހައިދަރު. ދެން މިހާރު ވަޑައިން މުއިއްޒު.

26 ސެޕްޓެންބަރ 2024 | ބުރާސްފަތި 23:35
Writer Profile Picture
މަރިޔަމް އުހާމަތު
މުއިއްޒުވެސް އަޗާތަޅަންވީ ދުނިޔޭގެ އެކި ޤައުމު ތަކަށް ގޮސް ޑްރާމާ ކުޅެންވީ. ދިވެހިންނަށް ކޮން ފައިދާއެއްހޭ މީގެން އޮތީ: ވަކީލް އާސިފް

ޕީއެންއެފް ފޮރޮންޓް އޮފީސް ޖަލްސާގެ އޯޑިއަންގައި އިންނަވާ ވަކީލް އާސިފް ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް މުއިއްޒަށް ސަލާމަތީ މަޖިލީހުގައިވެސް އެހެންނޫނިއްޔާ ޖެނެރަލް އެސެމްބްލީގައިވެސް ފަލަސްތީނުގެ ސްކާފް އަޅުއްވައިގެން އިންނަވާ ވާހަކަދައްކަވަން ނުކެރުއްވާ ކަމަށާއި، ރައީސް މުއިއްޒު ބޭނުންވާ މީޑިއާ ތައް ލައިގެން ޑްރާމާ ކުޅުއްވާއިރު، އިޒްރޭލް ޕާސްޕޯޓް އަދިވެސް އޮތީ އޮންތަނުގައި ކަމަށެވެ. އަދި އެއްވެސް ސަރުކާރަކުން ނުކުރާ ވަރަށް ކޮރަޕްޝަންގެ މައްސަލަ ބައްލަވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެން އެއްވެސް މުވައްސަސާއެއްގެ މައްސަލަ އެއް ނުބެއްލެވޭ ކަމަށް ވިދާޅުވި.

26 ސެޕްޓެންބަރ 2024 | ބުރާސްފަތި 22:17
Writer Profile Picture
ނާޒުމީ ސައީދު
މިހާރު ރައީސް މުއިއްޒު އދ އަށް ކުރައްވައިގެން އުޅުއްވާ ދަތުރުފުޅަށް އެކަނި 10 ވަރަކަށް މިލިއަން ޚަރަދުވެއްޖެ. މަސްވެރިންނަށް އެމީހުން ބޭނި މަހުގެ އަގު ނުދީ އުޅޭތީ މިހާރު ބަޔަކު ފަހާލައިގެން މިއުޅެނީ: ރައީސް ޔާމީން

ޔާމީން: ރާއްޖޭގެ ރައްޔިތުން މިހާ ނިކަމެތިކޮށް މިތިބީ. އެކަމަކު ރާއްޖޭގެ ރައްޔިތުންގެ ޝިކާޔަތާ ރާއްޖެއަށް ހުރި ދަތިތަކުގެ ވާހަކަ އދ ގެ އާއްމު މަޖިލީހުގަ އަދި ސަލާމަތީ މަޖިލީހުގަ މި އުފުއްލަމުން ގެންދަވަނީ. އުފުއްލަވަމުން ގެންދަވާއިރު އަޅުގަނޑުމެންގެ ވެރިންނަކަށް ނުފެނޭ ރާއްޖޭގެ ހާލަތު އޮތް ގޮތެއް. ސަރުކާރުގައި އެންމެ އިސްކޮށް އެބަތިބި މަސްވެރިކަމުގެ ދާއިރާއަށް ނިސްބަތްވާ. މިސާލަށް ނައިބު ރައީސް، ކުރީގެ ފަރެސްމާތޮޑާ ދާއިރާ އަށް ނިސްބަޔްވާ، މަސްވެރިކަމުގެ ވަރަށް މުހިއްމު ރަށެއް އެއީ. ފިޝަރީޒް މިނިސްޓަރު، އޭނަ އެހުންނެވީ ފިޝަރިޒް މިނިސްޓަރު ކަމުގަ. އެއީ ޝައްކެއް ވެސް ނެތް ގޮތުގަ އުތުރުގަ އެހާ މަސްވެރިކަން ވަރުގަދަ ރަށެއް. އަދި މާލޭން އުތުރުގަ މަސްވެރިކަމުގަ އެންމެ ބޮޑު ބަނދަރު ހަދާފަވެސް އޮތް. އެއީ ނައިފަރަށް ނިސްބަތްވާ ބޭފުޅެއް. އެހެންވީމާ މިހުރިހާ މުހިއްމު ބޭފުޅުން މަސްވެރިކަމުގެ ދާއިރާތަކަށް ނިސްބަތްވާ ބޭފުޅުން ދައުލަތުގަ ތިއްބަވައިގެން، މި މުހިއްމު ސިނާއަތު ސަރުކާރުގެ އެޖެންޑާގަ ލައްވައިނުލައިގެން މިއުޅެނީ ކީއްވެތޯ؟  

26 ސެޕްޓެންބަރ 2024 | ބުރާސްފަތި 21:43