ފްރޮންޓް އޮފީސް ޖަލްސާ - ރައީސް މުއިއްޒު ސަރުކާރުގެ ކޮރަޕްޝަން

  • ކުރީ ސަރުކާރޭ ކުރީ ސަރުކާރޭ ކިޔާފަ ތިމަންނަމެން އިބްރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރު ބަދުނާމުކޮށް ނަހަދާނަމޭ، އެއީ ތިމަންނަމެން ކަންތައް ކުރާނެ ގޮތެއް ނޫނޭ، ދޮގު ހެދުން ނުވަތަ އޮޅޭ ގޮތަށް ވާހަކަދެއްކުން މިއަންނަނީ: ރައީސް ޔާމީން
  • އާސަންދަ އާއި އެންސްޕާގެ ކޮރަޕްޝަން؛ މީގަ ހީނާ ވަލީދު ވެސް އެބަ އުޅުއްވާ، ހީނާ ވަލީދަކީ ހަމައެކަނީ އެންސްޕާގެ ސީއީއޯއެއް ނޫން، އެއީ ރައީސް މުއިއްޒުގެ ސްޕޯކްސްޕާސަން މައުތް: ރައީސް ޔާމީން
  • ރާއްޖޭއަށް ޓޫރިސްޓުން ގިނަވަނީ މިތާ ޓޫރިޒަމް މިނިސްޓަރާ އިނގިރޭސި ބަހުން ވާހަކަ ދައްކާލަން ބޭނުންވާތީ: ރައީސް ޔާމީން
 
Writer Profile Picture
ނާޒުމީ ސައީދު
ކުރީ ސަރުކާރޭ ކުރީ ސަރުކާރޭ ކިޔާފަ ތިމަންނަމެން އިބްރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރު ބަދުނާމުކޮށް ނަހަދާނަމޭ، އެއީ ތިމަންނަމެން ކަންތައް ކުރާނެ ގޮތެއް ނޫނޭ، ދޮގު ހެދުން ނުވަތަ އޮޅޭ ގޮތަށް ވާހަކަދެއްކުން މިއަންނަނީ: ރައީސް ޔާމީން

ރައީސް ޔާމީން: ރައީސް މުއިއްޒަށް ލިބިވަޑައިގެންނެވި 45 ދުވަހުގެ މުހުލަތެއް. މުއްދަތެއް. ޓްރާންސިޝަން ކޮމިޓީތަކެއް ހައްދަވައިގެން ރާއްޖެ އޮތް ހާލަތާ ރާއްޖެ އިސްލާހު ކުރަން ކުރެއްވި މަސައްކަތްތަކާ މިހުރިހާ މަސައްކަތްތަކެއްގެ ތަފްސީލުތައް އެނގިވަޑައިގަންނަވާނެ. ހަމަވަރަށް ތަފާތު ފަންނީ ބޭފުޅުން ހިމަނުއްވައިގެން، އެހެންވީމަ ކަށްނޭނގެ އެ ވިދާޅުވަނީ ކުރީ ސަރުކާރޭ ކުރީ ސަރުކާރޭ ކިޔާފަ ތިމަންނަމެން އިބްރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރު ބަދުނާމުކޮށް ނަހަދާނަމޭ، އެއީ ތިމަންނަމެން ކަންތައް ކުރާނެ ގޮތެއް ނޫނޭ.  

23 ސެޕްޓެންބަރ 2024 | ހޯމަ 23:09
Writer Profile Picture
ނާޒުމީ ސައީދު
އާސަންދަ އާއި އެންސްޕާގެ ކޮރަޕްޝަން؛ މީގަ ހީނާ ވަލީދު ވެސް އެބަ އުޅުއްވާ، ހީނާ ވަލީދަކީ ހަމައެކަނީ އެންސްޕާގެ ސީއީއޯއެއް ނޫން، އެއީ ރައީސް މުއިއްޒުގެ ސްޕޯކްސްޕާސަން މައުތް: ރައީސް ޔާމީން

ރައީސް ޔާމީން: އާސަންދަ އާއި އެންސްޕާގެ ކޮރަޕްޝަން؛ އައްޑޫ ހޮސްޕިޓަލުންނާ އެންސްޕާ އާއި އާސަންދަ އަދި އައިޖީއެމްއެޗް އިން ޗެންނާއީ އަށް ގެންދިއަ ވަފްދުގެ ވާހަކަ. މީގަ ހީނާ ވަލީދު ވެސް އެބަ އުޅުއްވާ. ހީނާ ވަލީދަކީ ހަމައެކަނި އެންސްޕާގެ ސީއީއޯއެއް ނޫން. އެއީ ރައީސް މުއިއްޒުގެ ސްޕޯކްސްޕާސަން މައުތް. ޑރ ޖަމީލަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ މީ ރިޝްވަތުތޯއޭ.

23 ސެޕްޓެންބަރ 2024 | ހޯމަ 22:53
Writer Profile Picture
ނާޒުމީ ސައީދު
ރާއްޖޭއަށް ޓޫރިސްޓުން ގިނަވަނީ މިތާ ޓޫރިޒަމް މިނިސްޓަރާ އިނގިރޭސި ބަހުން ވާހަކަ ދައްކާލަން ބޭނުންވާތީ: ރައީސް ޔާމީން

ރައީސް ޔާމީން:އަޅުގަނޑުމެން ފަޚުރުވެރިވާ ކަންތައްތަކުގައި ޓޫރިސްޓުން ރާއްޖެއަށް އެބަ އިތުރުވޭ. މީދެން ސަމާސާއެއް އިނގޭތޯ. ފަރެންސޭސިވިލާތަށް ޕެރިސްއަށް ޓޫރިސްޓުން ދަނީ އެތަނުގެ އައިފްލް ޓަވަރ ބަލާލަން. ދިވެހި ރާއްޖޭއަށް ޓޫރިސްޓުން ގިނަވަނީ މިތާ ޓޫރިޒަމް މިނިސްޓަރާ ވާހަކަ ދައްކާލަން ބޭނުންވާތީ. އަދި އިނގިރޭސި ބަހުން ވާހަކަ ދައްކާލަން ބޭނުންވާތީ. އެހެންވީ ދިވެހިރާއްޖެ ބޭރުގައި ޕޯޓްރޭ ވެގެން މިދަނީކީ އެއް އަޅުގަނޑުމެން މި ބޭނުންވާ ގޮތަކަށް ނޫނޭ.  

23 ސެޕްޓެންބަރ 2024 | ހޯމަ 22:35
Writer Profile Picture
ނާޒުމީ ސައީދު
މުއިއްޒު ދޮގު ހައްދަވަނީ ރާއްޖޭގެ ރައްޔިތުން ކައިރީ އެކަންޏެއް ނޫން، ސިލޯނުގެ ރައީސް ކައިރީ އެ ވިދާޅުވަނީ ރައްޔިތުންނަށް ދޯކާ ދޭން ތިމަންނަ އިންތިޚާބުގެ ބޭނުމުގަ ޕްލެޖެއް ނުވަތަ ރައްޔިތުން ކައިރީ ބުނެލި ވާހަކަ އެކޭ: ރައީސް ޔާމީން

ރައީސް ޔާމީން: ސްރީލަންކާގެ ވަރަށް ވަރުގަދަ ޕޮލިޓީޝަނެއް ރަނިލް ވިކްރަމަ ސިންހަ. އޭނަ އަރިހު މުއިއްޒު ދެއްކެވި ވާހަކަ އެ ވިދާޅުވަނީ (ރައީސް ޔާމީން އެ އިޝާރާތް ކުރައްވަނީ ރަނިލް އާއެކު ގެނެސްދިން އިންޓަވިއުގައި ރަނިލް ދެއްކެވި ވާހަކަފުޅަށް). މިއީ މުޅި ދުނިޔެ އަށް ކެރީ ކުރާނެ އިންޓަރ ވިއުއް. މީގަ އެ ވިދާޅުވަނީ ރައްޔިތުންނަށް ދޯކާ ދޭން އެއީ ތިމަންނަ އިންތިޚާބުގެ ބޭނުމުގަ ޕްލެޖެއް ނުވަތަ ރައްޔިތުން ކައިރީ ބުނެލި ވާހަކަ އެކޭ. މީގަ ދެ ކަމެއް މިއޮތީ ދެއްތޯ. އެއްކަމަކީ ދިވެހި ރައްޔިތުންނަށް މި ވިއްކަނީ ތިމަންނައޭ މީގެ ޗެމްޕިއަނަކީ އިންޑިއާ އައުޓް އިނގޭތޯ. އެކަމަކު ވެރިކަމަށް އާދެވުނީމަ އިންޑިއާ ކައިރީ ދައްކަނީ މުޅިން އެހެން ވާހަކައެއް. ދެން މީނަގެ އައުވާނުން އަރުވައިގެން ތަންތަނުގަ މި ދައްކަނީ އެއީ ތިމަންނައެއް ނޫނޭ، ރައީސް ޔާމީން އެކަން ކުރީމަ ހިތާ ދެކޮޅަށް ވެސް ކުރީއޭ. އެކަމަކު މިހާރު ސިލޯނުގެ ރައީސް އެ ވިދާޅުވީ ތިމަންނަ ކައިރީ މުއިއްޒު ވިދާޅުވީ މިހެންނޭ. ބޭރުގެ މިފެންވަރުގެ މީހުން ކައިރީވެސް މިހިރީ އަގުވެއްޓޭނެ ވަރަކަށް އަގުވެއްޓިފަ. ދެން އިތުރަކަށް އަޅުގަނޑުމެން ދާކަށް ނުޖެހޭ ދައްކުވަނީ ކޮން ވާހަކަތަކެއްތޯ ބަލާކަށް. އަޅުގަނޑުމެން އެއްމެ އަވަށްޓެރި ގައުމެއްގެ ގޮތުގައި އެއްމެ ރަހުމަތްތެރި ގައުމެއްގެ ގޮތުގައި މި އޮންނަ ދެ ގައުމަކީ އިންޑިއާ އާއި ސިލޯނާ، އަދި ޚާއްސަކޮށް އިންޑިއާ އަޅުގަނޑުމެންނަށް ކިތައްމެހާ ވަރަކަށް ވެސް އެހީތެރެވެދޭ. އެހެންނަމަވެސް މި ބްރަދަރީ ގުޅުން ގާތްތިމާގެކަން ނުވަތަ އަޚުވަންތަކަމުގެ ގުޅުން އެންމެ ބޮޑީ ސިލޯނާ. ދިވެހިންނަށް އެންމެ ފަސޭހައީ ވެސް ގޮސް ސިލޯނުގަ އުޅެން. ސިލޯނުގެ ރައީސްގެ އަރިހުގަ ހޮވިފަ ހުންނެވި ރައީސް އެހެރީ ކަނޑައެޅިގެން  ދޮގު ހަދާފަ ދެއްތޯ. އެހެންވީމަ އިތުރަށް އެވާހަކަ ދައްކަން ޖެހޭތޯ. ރާއްޖޭގެ ރައްޔިތުން ކައިރީ އެކަންޏެއް ނޫނޭ ދޮގު ހައްދަވަނީކީ. އިތުރުފުޅު ހައްދަވަނީކީ. ނޫނީ ދޮގުފުޅު ހައްދަވަނީކީ. ބޭރުގަ ވެސް އެ ދޮގުހަދަނީ ދެއްތޯ. މިހާރު އެބުނީ ދެއްތޯ ވިސްނާލާފަ އެއިން ނުކުމެވޭނެ މަގެއް ހޯދުމަށްތަކައި ސިޔާސީ ގޮތުން ތިމަންނަ އެހެން ދެއްކެވި ވާހަކަ އެއް ނޫނޭ. ރައްޔިތުން ކައިރީ ވާހަކަތަކެއް ދައްކަން ޖެހޭ. މީނާގެ ބޮޑު ފޮތެއް ނެރުނު. އަލިފްލައިލާ ވާހަކައަށް ވުރެ ގިނަ ވާހަކަ ހުރި. ވައުދުތައް ފޮތެއް. މިޒަމާނުގެ ކުދިން ބުނާ ގޮތަށް ވޯޓުލާން ތިބި މީހުންގެ ބޮލަށް ތިމަންނަ ޖެހި ޗިޕެކޭ. އެހެންވީމަ ކިތާބުލް ބުހުތާން މީގަ މިހިރަ ވާހަކަތަކުގެ ތެރޭގައި ރައްޔިތުން ކޯއްޗެއްތޯ ގަބޫލު ކުރަންވީ.

23 ސެޕްޓެންބަރ 2024 | ހޯމަ 22:21
Writer Profile Picture
ނާޒުމީ ސައީދު
މުއިއްޒަކީ ދޮގުވެރިއެއް، މަކަރު ހަދާ މީހެއް، މިއަދު މީހަކު ހޯދަންވެއްޖިއްޔާ އިންޓަރޕޯލް ރެޑް ނޯޓިސް ތްރޫކޮށް ވެސް ހޯދަންވީ: ހުސެއިން ވަހީދު

ހުސެއިން ވަޙީދު: 50 މިލިއަން ޑޮލު ދިވެހި ރާއްޖެއަށް ނުދެއްކޭތީ އެއްކަލަ 50 މިލިއަން ޑޮލަރު ދައްކަން އިތުރު އަހަރެއް ދޭށޭ ކިޔާ އާދޭސް މިކުރީ. ކުރީމަ އެއަށް މި ރުހުން ދިނީ. މާނައަކީ ދިވެހި ދައުލަތުގައި މިވަގުތު ފެންވަރެއް ނޫނޭ 50 މިލިއަން ޑޮލަރު ސްޕެންޑް ކުރުމަކީ، ހޭދަކުރުމަކީ. މިއަދު އަޅުގަނޑުމެންގެ ދައުލަތުގެ ފެންވަރެއް ނޫނޭ. ޑރ މުއިއްޒަކީ ކޮން ބޭފުޅެއްކަން ޖައިޝަންކަރަށް ވެސް އިނގޭނެ. ޗައިނާގެ ފޮރިންގ ސެކްޓަރގައި އެތަން ތަނާ ހަވާލުވެ ތިއްބެވި ބޭބޭފުޅުންނަށް ވެސް އިނގޭނެ. ސްރީލަންކާއަށް ވެސް އިނގޭނެ. އަދި އަޅުގަނޑުމެން ހުރިހާ އެންމެންނަށް އިނގޭއިރު އެއީ ދޮގުވެރިއެއް ކަން މަކަރު ހަދާ މީހެއްކަން. ވެރިކަމަށް އެރީ ރައީސް ޔާމީން ދައްކައިގެން. ރައީސް ޔާމީން ބޮލަށް ފައިން އަރާފަ އެހެރީ. އަޅުގަނޑުމެން ރީތިކޮށް ބުނަންޏާ ދޯކާ ދީފަ ފިލައިގެން އުޅޭ މީހެއް. މިއަދު މީހަކު ހޯދަންވެއްޖިއްޔާ އިންޓަރޕޯލް ރެޑް ނޯޓިސް ތްރޫކޮށް ވެސް ހޯދަންވީ. އެއްކަލަ އިރު ވެރިކަމަށް ގެނައި މީހާތާ އަސްލު. އެކަމަކު އެމީހާ އަޅުގަނޑުމެންނަށް އަތު ނުވެގެންނޭ މިއުޅޭނީ.

 

23 ސެޕްޓެންބަރ 2024 | ހޯމަ 21:49
Writer Profile Picture
ނާޒުމީ ސައީދު
ވެރިކަމުގެ ހުވާ ނުކުރަނީސް މުއިއްޒު ދިމްޔާތު ޓީމުގެ މެމްބަރުން ކައިރީ ވިދާޅުވީ 10 އަހަރު ވެރިކަން ކުރަން ބޭނުމޭ: ހުސެއިން ވަހީދު

ހުސެއިން ވަޙީދު: ދެވަނަ ދައުރަކަށް ކުރިމަތިލާ ވާހަކަ އަކީ ވެރިކަމުގެ ހުވާ ނުކުރަނީސް ދިމްޔާތު ޓީމު ގެންގޮސްގެން އެންމެ ފުރަތަމަ ޑރ މުއިއްޒު އެތާގަ ތިބި ކްރައުޑަށް ދެއްކި ވާހަކަ. ތިމަންނަ ބޭނުމޭ ދެ ދައުރު އަދާކުރަން. 10 އަހަރު ވެރިކަން ކުރަން ބޭނުމޭ. ދެން އެހެންނަމަވެސް 10 އަހަރުގެ ތެރޭގައި ފުރަތަމަ ފަސްއަހަރު ވެރިކަން ކުރަން ވެގެން އަންނަން ދެއްކި ވާހަކަތައް އަޅުގަނޑުމެންނަށް އެބަ އިނގޭ. ރާއްޖޭގައި ބޭރުގެ އަސްކަރިއްޔާ ތިބި ވާހަކަ އާއި، ކަނޑުގެ ސަރަހައްދެއް ވިއްކާލި ވާހަކަ އާއި ނުވަތަ ގެއްލުވާލި ވާހަކަ އާއި ސިއްރު އެގްރީމެންޓްތަކުގެ ވާހަކަ އާއި ރައީސް ޔާމީނަށް ކެނޑިނޭޅި އަނިޔާވެރިވަމުންދާ ވާހަކަ އާއި މިވާހަކަތަކެއް. ދެން އަޅުގަނޑުމެން ހުރިހާ އެންމެންވެސް ގަބޫލު ކުރާ ހަގީގަތެއް އެބައޮތް. އެ ހަގީގަތަކީ ދިވެހި ރާއްޖޭގައި މިއުޅެނީ ސިޔާސީ މަގާމުތަކުގައި އުޅޭ ބަޔަކާ ދެން ހަމަ ސިވިލް ސާވިސްތަކުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކާ މި ދެ ގްރޫޕަށްވެސް ލިބެނީ އަސްލު ފިކްސްޑް އިންކަމެއް. ގިނަ މީހުންނަށް. މި ފިކްސްޑް އިންކަމް ލިބޭ މީހުންނަށް ވާ ގޮތަކީ އެމީހުންނަށް ލިބޭ މުސާރައިން މިސާލަކާށް ގޭގެ ކުލި ދައްކަންޏާ ކުލި ދައްކާ، ކަރަންޓް ބިލް، ފެން ބިލް، ކުދިންނަށް ބޭނުންވާ ޚަރަދުތަކާ މި ގޮތަށް ހުރިހާ ބިލްތަކަކަށް ދައްކާ ނިމޭއިރު ބާކީވާ 300 އެއްހާ ރުފިޔާ މި ފޮރުވަނީ އަހަރު ނިމެންވާއިރު ޗުއްޓީއަކަށް ގޮސްލަން ވެގެން. ގިނަ މީހުން. މިހާރު މުސާރަ ނަގާފަ ކުރަންޖެހޭ ޚަރަދު ކޮށްފަ ނެތޭ މީހުން ބުނަނީ.

23 ސެޕްޓެންބަރ 2024 | ހޯމަ 21:34
Writer Profile Picture
ނާޒުމީ ސައީދު
ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާ ފަށައިފި.

މި ޖަލްސާ އަކީ ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާއެއް. ޖަލްސާގައި ރައީސް ޔާމީންގެ އިތުރުން ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވާ

23 ސެޕްޓެންބަރ 2024 | ހޯމަ 21:18