ފްރޮންޓް އޮފީސް ޖަލްސާ

  • އަބްދުއްރަހީމް އިސްވެ ހުންނަވައިގެން ހުރީ މަޤާމްތައް ވިއްކާފަ. ޑެޕިއުޓީ މިނިސްޓަރު ވެއްޖެޔާ އޭނައަށް ދެނީ އައިފޯނަކާ މިތަށް ހާސް ރުފިޔާ. ޒަމީރުމެން ކަހަލަ މީހުންނަށް އެއް މިލިއަން ޑޮލަރު: ރައީސް ޔާމީން
  • އަބްދުއްރަހީމް ހަޤީޤަތުގައި ހުރީ ޕީޖީ ޝަމީމްއާ ޑީލް ހަދައިގެން ރައީސް ޔާމީނަށް އަނިޔާވެރިވާން: ވަކީލް އާސިފް
  • އެންޓިކޮރަޕްޝަން ކޮމިޝަންގެ ރިޕޯޓުގައި އެބައޮތް މުތުލަގަށް އަބްދުއްރަހީމަށް އެމްއެމްޕީއާރްސީ ފައިސާ ލިބުނު ކަމަށް: ވަކީލް އާސިފް
 
Writer Profile Picture
މަރިޔަމް އުހާމަތު
އަބްދުއްރަހީމް އިސްވެ ހުންނަވައިގެން ހުރީ މަޤާމްތައް ވިއްކާފަ. ޑެޕިއުޓީ މިނިސްޓަރު ވެއްޖެޔާ އޭނައަށް ދެނީ އައިފޯނަކާ މިތަށް ހާސް ރުފިޔާ. ޒަމީރުމެން ކަހަލަ މީހުންނަށް އެއް މިލިއަން ޑޮލަރު: ރައީސް ޔާމީން

ރައީސް ޔާމީން: މިއަދު ފައިސަލް މެން ހިތަށް އަރަން ވާނެ، ތިމަންނަގެ ބައްޕައަކީ ހާދަމޮޅު ސިޔާސީ މީހެކޭ. ފަލާހަށް ޤަބޫލުކުރެވޭ އޭނަ އުޅުނީ ގޭގޭގެ ވަޅު ދިޔަ ހިއްކައިގެން ލިބުނު އުޖޫރައަކުންނޭ. އަބްދުއްރަހީމް އިސްވެ ހުންނަވައިގެން ހުރީ މަޤާމްތައް ވިއްކާފަ. ޑެޕިއުޓީ މިނިސްޓަރު ވެއްޖެޔާ އޭނައަށް ދެނީ އައިފޯނަކާ މިތަށް ހާސް ރުފިޔާ. ސްޓޭޓް މިނިސްޓަރެއް ވެއްޖެޔާ މިވެނި ވަރެއް. ޒަމީރުމެން ކަހަލަ މީހުންނަށް އެއް މިލިއަން ޑޮލަރު. މިއީ ދިވެހި ރާއްޖޭގަ ކަންތައް ކޮށްފަ ހުރި ގޮތަކީ. މިހާރު މިހުރި ހޯމް މިނިސްޓަރަށް އަދި ފުލުހުންގެ މުވައްސަސާގެ އިސްކޮށް އެހުންނެވި ޝުޖާ، މި މީހުންނަށް ކެރޭނެ ތޯއޭ، މިވަރަށް މި މައްސަލަ ަހއްސާސް ވެގެން ދާއިރު، މިވަރަށް މި ވާހަކަ ދައްކާއިރު އަދީބު އަތުން ލާރި ނެގި މީހުންގެ ލިސްޓު، ސައްހަ ލިސްޓެއް އޮންނާނެ ފުލުހުންގެ އަތުގަ އެކަނި. ކީއްވެގެން ތޯއޭ ހާމަ ނުކުރާން އެއުޅެނީ. އެ ކޮން ސިއްރެއް އޭގައި ހިމެނޭތީ ތޯ އޭ، ޤައުމީ ސަލާމަތަށް ކޮން ނުރައްކަލެއް ތޯ އޭ އޮތީ. ގައުމީ ސަލާމަތަށް ނުރައްކަލަކަށް ވަނީ އޭގައި މިހާރު ރައީސްކަން ކުރައްވާ މުއިއްޒުގެ ނަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ނަން އޮވެދާނެތީ އެއީ ގައުމީ ސަލާމަތަށް ނުރައްކަލަށް ވީތޯ؟ ޤާނޫނު އަސާސީގެ ބާރުތައް ވަކި ކުރުމާ މިކަންކަމަކީ 'އަޓަރ ރަބިޝް'.

16 ސެޕްޓެންބަރ 2024 | ހޯމަ 22:35
Writer Profile Picture
މަރިޔަމް އުހާމަތު
އަބްދުއްރަހީމް ހަޤީޤަތުގައި ހުރީ ޕީޖީ ޝަމީމްއާ ޑީލް ހަދައިގެން ރައީސް ޔާމީނަށް އަނިޔާވެރިވާން: ވަކީލް އާސިފް

އާސިފް ވިދާޅުވީ ޕީޖީ ޝަމީމް މަޤާމުގަ ދަމަހައްޓާނެ ކަމުގެ ޔަޤީން ކަން ދީގެން ރައީސް ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ ކަމަށް. ނަމަވެސް ޝަމީމަށް ވެސް މި ދިނީ ލަގާއެއް ކަމަށާއި، ނަމަވެސް ޝަމީމް އުޅުއްވަނީ ރަސްމީ އިއްޒަތުގައި ރަސްމީ ކާރުކޮޅުގައި ކަމަށާއި، ސިއްރިއްޔާތުގައި އަބްދުއްރަހީމްގެ ލެވެލްގައި ކޮށްދެވެންހުރި ކަންކަން ކޮށްދޭ ކަމަށް. ނަމަވެސް، އަބްދުއްރަހީމް ޗައިނާ ދަތުރުފުޅެއްގަ ގަނޑުބަލައިގެން ކަނާތަށް ބަލާލާ، ވާތަށް ބަލާލާ، ގަނޑު ހިއްލާލާ، ބިސްމިކިޔާލާ، ސްޕީޗު ކިޔަން އިންދާ މަޖިލީހުގެ ނައިބު ރައީސް އައު ޕީޖީއެއް ނެގުމުގެ ކަންތައް މިހާ އަވަސް އަރުވާލައިގެން ގެންދިޔައީ ކަމަށް.

16 ސެޕްޓެންބަރ 2024 | ހޯމަ 21:58
Writer Profile Picture
މަރިޔަމް އުހާމަތު
އެންޓިކޮރަޕްޝަން ކޮމިޝަންގެ ރިޕޯޓުގައި އެބައޮތް މުތުލަގަށް އަބްދުއްރަހީމަށް އެމްއެމްޕީއާރްސީ ފައިސާ ލިބުނު ކަމަށް: ވަކީލް އާސިފް

ވަކީލް އާސިފް ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި ދައުވާ ކުރެވިގެން ދަނީ ރައީސް ޔާމީން ގެ މައްޗަށް އެކަށި ކަމަށާއި، ނަމަވެސް ލިސްޓު ތަކުގައި ބައިވަރު މީހުން ތިބި ކަމަށް. ހަމައެއާއެކު، މުޙައްމަދު ހުސައިންގެ ބަޔާނުގައި 8 ފަހަރެއްގެ މަތިން އަބްދުއްރަހީމަށް މި ފައިސާ ލިބުނު ކަމަށާއި، އެންޓިކޮރަޕްޝަން ކޮމިޝަންގެ ރިޕޯޓެއް ކަމަށް މީޑިއާގައި ދައުރުވަމުންދާ ރިޕޯޓުގައި މުތުލަގަށް އަބްދުއްރަހީމަށް އެމްއެމްޕީއާރްސީ ފައިސާ ލިބުނު ކަމަށް އެބައޮތް ކަމަށް އާސިފް ވިދާޅުވި. މީގެ އިރުތުން އަސީފް ވިދާޅުވީ، މިހާރު ރައީސް މުއިއްޒު އަރިހުގައި އެންމެ ވަރުގަދަކޮށް ތިބި މީހުންގެ ތެރެއިން 1 ޕަސެންޓް ފިޔަވައި ބާކީ ތިބި މީހުންނަކީ އެ ލިސްޓުގައި ތިބި މީހުންކަމަށް.

16 ސެޕްޓެންބަރ 2024 | ހޯމަ 21:45
Writer Profile Picture
މަރިޔަމް އުހާމަތު
ރައީސް މުއިއްޒު ކުރިން ވިދާޅުވަމުން އައީ އަޅުގަނޑަށް ކުރީ ހަރާމް ހުކުމެކޭ. މިހާރު ރައީސް މުއިއްޒު އަތް މަތީގަ ނޫންތޯ އޮތީ ޙަރާމް ހުކުމް ކުރި މީހުންނަށް ފިޔަވަޅު އެޅުން: ރައީސް ޔާމީން

ރައީސް ޔާމީން: އިދިކޮޅުގައި އޮތް އިރު ޑރ މުއިއްޒު ވިދާޅުވަމުން އައީ ރައީސް ޔާމީނަށް ހުރީ ހައްޤު ނޫން ހުކުމެއް ކޮށްފައޭ، ނުހައްޤު ހުކުމެކޭ ޙަރާމް ހުކުމެކޭ. އަޅުގަނޑު ދެން ޖެހިލުމެއް ނުވޭ. އެންމެ މަތީ ކޯޓު ސްޕްރީމް ކޯޓު ފަމޑިޔާރަކަށް ހުރީ އަލީ ރަޝީދު. އަލީ ރަޝީދު ފަނޑިޔާރަކަށް ހުރެގެން ފުރަތަމަ ހުކުމް އަޅުގަނޑަށް ޖެހީ. އޭނަ މައްސަލަ ސާފު ކުރާކަށެއް ކުރި އެއްވެސް މަސައްކަތެއް ނެތް. ވަކި ހިސާބަކުން ހައިލަމް އަށް މަސްއޫލިއްޔަތުން އެއްކޮބާ ކޮށްފަ ނޫނިއްޔާ ދުރަށް ދިޔުމަށްފަހު މީނަ ކުރި މަސައްކަތަކުން. މިވަރު ވެގެން ދިޔަ އިރު ޖޭއެސްސީ، ރައްޔިތުންގެ މަޖިލިސް، ވެރިކަން ހުރިހާ ކަމެއް މިއޮތީ އަޅުގަނޑުމެންގެ އަތް މަތީގަ. ކީއްވެގެންތޯ މުއިއްޒަށް އަލީ ރަޝީދު އެކުރީ ކަނޑައެޅިގެން ކުރީގަ ބުނަމުން މިއަންނަނީ ހަރާމް ހުކުމެކޭ. ދެން މިހާރު ޝަކީލް ދެން ކުރި ހުކުމްތައް އާރަށުގެ ހުކުމާ ކަންކަމުގަ. ޝަކީލް މިހާރު އެހުރީ ހުކުމް ޖަހާފަ މެލޭޝިއާ އަށް ގޮސް. އަޅުގަނޑަށް އެނގިފަ އޮތް ގޮތުން އެޕާޓްމަންޓެއް ގަނެގެން އުޅެނީ. ކުއްޔަށް ހިފައިގެންނެއް ވެސް ނޫން އުޅެނީ. ކީއްވެގެންތޯ މިކަހަލަ ގޯސް ހަދާ މީހުންނާ ދޭތެރޭގަ ފިޔަވަޅެއް ނޭޅެނީ؟

16 ސެޕްޓެންބަރ 2024 | ހޯމަ 21:36
Writer Profile Picture
މަރިޔަމް އުހާމަތު
އަޅުގަނޑުގެ މައްސަލައިގަ ގޯސް ހެދި އެއް ފަނޑިޔާރު އުޅެނީ މެލޭޝިއާގަ ވަރަށް ފެންވަރު ރަނގަޅު ގެއެއް ގަނެގެން. އަޅުގަނޑަށް އޭނަ ކުރީ މަނީ ލޯންޑަރިންގެ ހުކުމް. އޭނަ އެކުރަނީ ކީއްތޯ؟

ގަސްތުގަ މީހުންނާ ދޭތެރޭގައި ނުހައްޤުން މައްސަލަތައް ނިންމީމަބ ފަނޑިޔާރުންނާ ދޭތެރޭގަ އެޅޭނެ ފިޔަވަޅަކީ ކޮބައިތޯ އާއި، އަނިޔާލިބޭ މީހާގެ ހައްޤަކީ ކިބައިތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފަ. އަދި މައްސަލައިގަ ގޯސް ހެދި އެއް ފަނޑިޔާރު (ޝަކީލް) އުޅުއްވަނީ މެލޭޝިއާގައި އެޕާޓްމަންޓެއް ގަނެގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި.

16 ސެޕްޓެންބަރ 2024 | ހޯމަ 21:24
Writer Profile Picture
މަރިޔަމް އުހާމަތު
ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާ ފަށައިފި.

ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާ ފަށައިފި.

16 ސެޕްޓެންބަރ 2024 | ހޯމަ 21:07