ނޮވެލް ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ދުނިޔޭގައި ހަލުއި ކަމާއެކު ދަނީ ފެތުރެމުންނެވެ. ހުސްވި އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅު ޗައިނާގެ ވޫހާން އިން ތައާރަފްވި މި ބަލި އެންމެ 3 މަހެއްހާ ދުވަހުގެ ތެރޭގައި މުޅި ދުނިޔެއަށް ފެތުރި މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ބަލި ވަނީ ޖެހިފައެވެ. މި ނުރައްކަލުން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތުގައި އަދިވެސް ކޮޅެއް، މެދެއް ފެންނާކަށް ނެތެވެ. މިހާރު އުފެދެނީ އެންމެ ސުވާލެކެވެ. މި ބައްޔަށް ވެކްސިންއެއް އުފެއްދޭނީ ކިހާ ދުވަހަކުން ބާވައޭ، އަދި އޭގެ އަގަކީ ކޮބައިބާވައޭ؟
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބާޒާރު ބްރާންޗް ފިޔަވައި އެހެން ހުރިހާ ބްރާންޗާއި ސަރވިސް ސެންޓަރުތައް މިމަހުގެ 6 ، 7 އަދި 9 ވަނަ ދުވަހު ހުޅުވާނެކަމަށް ބީއެމްއެލްއިން ބުނެފިއެވެ.
ބްރާންޗަށް ވަޑައިގެންނެވުމުގެ ބަދަލުގައި އިންޓަރނެޓް ބޭންކިންގ އަދި އޭޓީއެމް ބޭނުންކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 އިން ރައްކާތެރިވުމާ ބެހޭގޮތުން ތަމްރީން ޕްރޮގްރާމެއް މާފުށީ ޖަލުގައި ކުރިއަށް ގެންގޮސްފިއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން މާލެ ހިމެނޭ ސަރަހައްދުގައި ހިންގަން ފަށާފައިވާ ކާފިއުގެ ގަޑީގައި އާދިއްތަ ދުވަހު ބޭރަށް ނިކުމެ އުޅުނު އެކަކު ޖޫރިމަނާ ކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ޖެންޑަރ މިނިސްޓްރީން މިހާރުވެސް ފޯރުކޮށްދެމުން ގެންދާ އިޖިތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތައް މެދު ނުކެނޑި މިހާރުވެސް ފޯރުކޮށްދެމުން ގެންދާކަމަށް ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ. ކޮވިޑް-19 ގެ ޓާސްފޯހުން ކުރިޔަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ޗައިލްޑް ހެލްޕް ލައިން 1412 އާއި ސޯޝަލް ސަރވިސް އާއި ގުޅޭ އެހެނިހެން މަސައްކަތްތައް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ މަސައްކަތްތައް ކުރިޔަށްދާ ކަމަށެވެ. ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މަސައްކަތްތައްވެސް ކުރިޔަށްދާ ކަަމަށް މިނިސްޓަރ ވިދާޅުވި އެވެ. އާންމުކޮށް ކުރިޔަށްދާ ގޮތަށް ބަދަލެއް ނެތި ކުރިޔަށްދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ދުވަސްވީ މީހުންނަށް ޚާއްސަ ކްލިނިކެއް މިއަދު ހުޅުވާފައިވާކަމަށް މަބްރޫކް ވިދާޅުވެއްޖެ އެވެ. މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ އާންމު ބަލިތަކަށް މިކުލިނިކުން ފަރުވާދޭނެކަމަށެވެ. މިތަން ހުންނާނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ތިންވަނަ ފަންގިފިލާގައި ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ސްރީލަންކާގައި ކަރަންޓީނުކޮށްފައި އޮތް ޓީސީ ސްޕޯޓްސް ކްލަބު ރާއްޖެ ގެނެސްފި އެވެ.
ޓީސީ ޓީމު އާދީއްތަ ދުވަހުގެރޭ ރާއްޖެ ގެނައީ، ރާއްޖެ ނާދެވިފައި ތިބި ދިވެހިންން ގެނައުމަށް ގައުމީ އެއާލައިން މޯލްޑިވިއަންއިން ކުރި ހާއްސަ ދަތުރުގައެވެ.
ރާއްޖޭގައި މިހާރު 23 ފްލޫ ކުލިނިކެއް ހިންގަމުންދާކަމަށް މަބްރޫކް ވިދާޅުވި އެވެ. މިތަންތަނުން ޖުމްލަ 5959 މީހަކަށް ޚިދުމަތް ދީފައިވޭ. ފާއިތުވި 24 ގަޑިއިރު 142 މީހަކަށް ޚިދުމަތްދީފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ.
މިހާތަނަށް ޖޮބް ޕޯޓަލްގައި 723 މީހަކު ރަޖިސްޓްރީކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވެއްޖެ އެވެ. މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ މީގެތެރެއިން 58 މީހުންނަކީ އަމިއްލަ މަސައްކަތްކުރާ މީހުންކަމަށް މަބްރޫކް ވިދާޅުވި އެވެ. ވަޒީފާއިން ކަނޑާލާފައިވާ 185 މީހުނާއި މުސާރަކުޑަކޮށްފައިވާ 113 މީހުންނާއި ނޯޕޭއަށް ދިޔުމަށް އަންގާފައިވާ 245 ބައި ސެލަރީ އަށް މުސާރަ ކުޑަކޮށްފައިވާ 72 މީހުންނާއި ސަސްޕެންޑް 64 މީހުންނާއި ބޭސިކް ސެލަރީ އަށް މުސާރަކުޑަކޮށްފައިވާ 44 މީހުން ހިމެނޭކަމަށް މަބްރޫކް ވިދާޅުވި އެވެ.
މޮނިޓަރިންގެ ހާލަތުގައި އޮތް ރިހިވެލި އަދި ކޮންސްޓެންސް މޫފުށި މޮނިޓަރިންގެ ހާލަތުން ވަނީ ނަގާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި އެތަންތަނުން އައިސޮލޭޓް ކުރަންޖެހޭ މީހުން އައިސޮލޭޓް ކުރެވިފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ.
އައިސޮލޭޝަންގައި ތިބީ 12 މީހުން
ކަރަންޓީނުގައި ތިބީ 809 މީހުން
ކަރަންޓީނު ފެސިލިޓީތަކުން 73 މީހުން ވަނީ ދޫކޮށްލާފައި
މިއަދު 187 ސާމްޕަލެއް ނަގާފައިވޭ ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން
43 މީހެއްގެ ސާމްޕަލެއް މިހާރު ވެސް ނެގުމުގެ މަސައްކަތް ދަނީ ކުރަމުން
ގެވެށި އަނިޔާ އަދި ކުޑަކުދިންނަށް ކުރާ އަނިޔާގެ އެއްވެސް މައްސަލައެއް އޮތްނަމަ ރިޕޯޓްކުރުމަށް ޖެންޑަރ މިނިސްޓަރ އެދިވަޑައިގެންފި އެވެ. މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ އެފަދަ މައްސަލަތައް ހޮޓްލައިނަށް ހުށަހެޅުމަށް އެދިވަޑައިގަންނަވާކަމަށެވެ.
ދުނިޔޭގެ 110 ޤައުމަކުން/ ޓެރިޓަރީއަކުން މީހުން އެއް މިލިޔަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ދެލައްކަ ފަންސާސްހާހަށްވުރެ ގިނަ މީހުން މިހާރުވަނީ ރަނގަޅުކުރެވިފައެވެ.
ސައުދީއަރަބިއްޔާގެ ޞިއްޙަތާއި ބެހޭ ވުޒާރާއާއި ޙަވާލާދީ ޤަަލްފުގެ މީޑިއާތަކުން ޚަބަރުފަތުރާގޮތުގައި، މިއަދު އެކަނި އެޤައުމުން 206 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އަދި 5 މީހަކު ވަނީ ފަރުވާދެމުން ދަނިކޮށް ޞިއްޙީ ހާލު ދެރަވެ ދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ
ސިންގަޕޫރުގެ ޞިއްޙަތާއިބެހޭ ވުޒާރާއާއި ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، މިއަދު އެކަނި އެޤައުމުން 120 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ މުވައްޒަފުން ނޯޕޭ ލީވްއަށް ނުފޮނުވާނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.
މިއީ ޕްރިމިއާ ލީގުގެ ކްލަބަކުން އެ ކްލަބެއްގެ މުވައްޒަފުން ނޯޕޭއަށް ނުފޮނުވާނެ ކަމަށް ބުނި ފުރަތަމަ ފަހަރެވެ.
ކޮވިޑް-19 ގެ ރާއްޖޭގެ އެންމެ ފަހުގެ ޙާލަތު ބަޔާންކުރުމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ 09:00 ޖަހާއިރު ބާއްވާ ޕްރެސްގައި މިނިސްޓަރ އޮފް ޖެންޑަރ ފެމިލިީ އެންޑް ސޯޝަލް ސަރވިސް ބައިވެރިވަޑައިގަންނަވާނެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މީގެ އިތުރުން އެންއާރްސީގެ ސެކްރެޓަރީ ޖެނެރަލްވެސް ބައިވެރިވަޑައިގަންނަވާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހަށް ކުރިން ތާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅިގެން، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅޭ ޚާއްޞަ ބިލް ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.