ކޮވިޑް-19: އެންމެ ފަހުގެ

19,945,795
  • 3700 މީހުން ތިބި ކްރޫސްލައިނަރ އަކުން ކޮރޯނާ ޖެހިފައިވާ މީހުން ފެނިއްޖެ
  • ވުހާން އިންޓަރނޭޝަނަލް ކޮންފަރެންސް ސެންޓަރުވެސް ކޮރޯނާއަށް ފަރުވާދޭ މަރުކަޒަކަށް ބަދަލު ކުރަނީ
  • ޗައިނާގައި ކޮރޯނާވައިރަސްގައި މަރުވި މީހުންގެ ޢަދަދު 490 އަށް އަރައިފި
 
Writer Profile Picture
ޒިހްނަތު ހަސަން
3700 މީހުން ތިބި ކްރޫސްލައިނަރ އަކުން ކޮރޯނާ ޖެހިފައިވާ މީހުން ފެނިއްޖެ

މި ކްރޫސްލައިނަރ އިން ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާ 10 މީހަކު ވަނީ ފެނިފައެވެ.

ސީއެންއެން އިން ރިޕޯޓުކުރާ ގޮތުގައި ޖަޕާނުގެ ޔޮކޮހަމާ ބޭގައި ބަނދަރުކޮށްފައި އޮތް "ޑައިމަންޑް ޕްރިންސަސް" ނަމަކަށް ކިޔާ މި ކްރޫޒް ޝިޕް އުން އެ ވައިރަސް އަށް ޕޮސިޓިވް މީހުން ތިބިކަން ކަށަވަރުކޮށްދީފައިވަނީ ޖަޕާނުގެ ހެލްތު މިނިސްޓްރީންނެވެ.

10 މީހަކު މި ކްރޫޒްޝިޕް އިން ފެނިފައިވާއިރު 31 މީހަކު އެ ވައިރަސް އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރެވިފައިވެއެވެ. އަދި އިތުރު 100 މީހުންގެ ޓެސްޓުތަކުގެ ނަތީޖާ ކުރިއަށް އޮތް ތަނުގައި ލިބޭނެ ކަމަށް ސީއެންއެންގައި ބުނެފައިވެއެވެ.

ފަސިންޖަރުންނާއި ފަޅުވެރިން ހިމެނޭ ގޮތަށް ބޯޓުގައި 3700 އެއްހާ މީހުން އެބަތިއްބެވެ.

ޖަޕާނުގެ ކްރޫޒް ލައިނަރ "ޑައިމަންޑް ޕްރިންސަސް"
5 ފެބްރުއަރީ 2020 | ބުދަ 07:50
Writer Profile Picture
ޒިހްނަތު ހަސަން
ވުހާން އިންޓަރނޭޝަނަލް ކޮންފަރެންސް ސެންޓަރުވެސް ކޮރޯނާއަށް ފަރުވާދޭ މަރުކަޒަކަށް ބަދަލު ކުރަނީ

ހަލުވުކަމާއެކު ނޮވެލް ކޮރޯނާވައިރަސް ފެތުރެމުންދާ ޗައިނާގެ ވުހާން ސިޓީގެ "އިންޓަރނޭޝަނަލް ކޮންފަރެންސް އެންޑް އެކްޒިބިޝަން ސެންޓަރ" ކޮރޯނާވައިރަސްއަށް ފަރުވާދޭ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ކަމާއި ބެހޭ ފަރާތްތަކުން ފަށައިފިއެވެ.

ޗައިނާގެ ސީސީޓީވީން ޚަބަރު ފަތުރާގޮތުގައި އެސެންޓަރުގެ އެއްވަނަ އަދި ދެވަނަ ފަންގިފިލާ ކޮރޯނާވައިރަސްއަށް ފަރުވާދޭ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ފަންނީ މާހިރުން މިހާރު ވަނީ ފަށާފައި. މި ސެންޓަރުގައި ޤާއިމުކުރާނީ 1،000 އެނދުކަމަށާއި، މިތަނުގައި ފަރުވާދޭނީ ކޮރޯނާވައިރަސް ޖެހޭ މީހުންގެ ތެރެއިން އޭގެ އަސަރު ކުޑަކޮށް ހުންނަ މީހުންނަށް ކަމަށް ސީސީޓީވީންގެ ރިޕޯޓުތައް ބުނެއެވެ.

ވުހާން އިންޓަރނޭޝަނަލް ކޮންފަރެންސް އެންޑް އެކްޒިބިޝަން ސެންޓަރ ކޮރޯނާވައިރަސްއަށް ފަރުވާދޭ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަނީ
5 ފެބްރުއަރީ 2020 | ބުދަ 07:42
Writer Profile Picture
ޒިހްނަތު ހަސަން
ޗައިނާގައި ކޮރޯނާވައިރަސްގައި މަރުވި މީހުންގެ ޢަދަދު 490 އަށް އަރައިފި

ޗައިނާގެ ނެޝަނަލް ހެލްތުން ކޮރޯނާ ވައިރަސްގެ ތަފާސް ހިސާބުތައް ޢާންމުކޮށް ރޭ ޢާންމު ކުރި ބަޔާނުގައި ވަނީ ރޭ އިރުއޮއްސުމާއި ހަމަޔަށް އެޤައުމުގައި މަރުވި މީހުންގެ ނިޞްބަތަކީ ޖުމުލަ 490 ކަމަށެވެ. އަދި ކޮރޯނާ ވައިރަސްއަށް މިހާރު ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމުލަ ޢަދަދަކީ 24،324 ކަމަށްވެސް އެކޮމިޝަނުގެ ބަޔާނުގައި ވެއެވެ. ޗައިނާގެ އިތުރުން ދެން މިބަލިމަޑުކަމުގައި މީހަކު މަރުވެފައިވަނީ ފިލިޕީންސްއިންނެވެ. އެއީ އެންމެ މީހެކެވެ.

5 ފެބްރުއަރީ 2020 | ބުދަ 07:26
Writer Profile Picture
ޒިހްނަތު ހަސަން
އިންޑިއާގެ ކެެރެލާއަށް ދަތުރު ނުކުރަން ސަރުކާރުން އިލްތިމާސްކޮށްފި
5 ފެބްރުއަރީ 2020 | ބުދަ 07:19
Writer Profile Picture
އުމްނާ އިސްމާއިލް
ރާއްޖޭގެ ހަދިޔާ ޗައިނާއަށް: އެއް މިލިއަން މަސްދަޅު

ޗައިނާގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސްއާ ގުޅިގެން އެގައުމަށް އެހީތެރިވުމުގެ ގޮތުން ރާއްޖެއިން ޗައިނާއަށް 1 މިލިއަން މަސްދަޅު ހަދިޔާކޮށްފިއެވެ.

މިގޮތަށް ނިންމަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ. މިކަމާއި ގުޅިގެން އަންގާރަ ދުވަހުގެ ރޭ ފޮރިން މިނިސްޓްރީގައި ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ނޮވެލް ކޮރޯނާވައިރަސް އިން އަރައިގަތުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތުގައި ދިވެހި ރާއްޖެ އޮތީ ޗައިނާ އާއި އެކުކަމަށެވެ. އަދި ޗައިނާގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސްގެ ބަލިމަޑުކަމުން އަރައިގަތުމަށާއި، އެބަލިން ރައްކާތެރިވުމަށް ޗައިނާއިން ހާމަކަން ބޮޑު ގޮތެއްގައި އަޅަމުންދާ ފިޔަވަޅުތަށް ފާހަގަކުރާ ކަމަށާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ ވެރިކަމުގެ ދަށުން މި ބަލިން އަވަސް މުއްދަތެއްގެ ތެރޭގައި އަރައިގަނެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

4 ފެބްރުއަރީ 2020 | އަންގާރަ 20:58
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮރޯނާވައިރަސްއާ ގުޅިގެން ރައީސްގެ ތައުޒިޔާގެ މެސެޖެއް ޗައިނާ ރައީސަށް ފޮނުއްވައިފި
4 ފެބްރުއަރީ 2020 | އަންގާރަ 18:10
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖެއަށް ކޮރޯނާވައިރަސް އައުމުގެ ފުރުޞަތު ކުޑަކުރުމަށް: ރައީސް ޞާލިޙު

މިދުވަސްވަރަކީ ވަރަށްގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ދުވަސްވަރެއް ކަމަށާއި, އެންމެ ޚާއްޞަ އިސްކަމެއް ދެއްވަނީ، ރާއްޖެއަށް ކޮރޯނާ ވައިރަސް އައުމުގެ ފުރުޞަތު ކުޑަކުރެއްވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ކޮރޯނާ ވައިރަސްއާ ގުޅޭގޮތުން ކަމާބެހޭ މިނިސްޓްރީތަކުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ކޮރޯނާ ވައިރަސްގެ ނުރައްކާތެރި ޚަބަރު ސަރުކާރަށް ލިބިވަޑައިގަތުމާ ގުޅިގެން، ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދެވި ކަމަށެވެ. އެކަމުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ ވަޒީރުންނާއި، އެ ވުޒާރާތަކުގެ ވެރިންނާއި މުވައްޒަފުންނާއި، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުންގެ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރަށް ލިބެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

4 ފެބްރުއަރީ 2020 | އަންގާރަ 17:28
Writer Profile Picture
ޒިހްނަތު ހަސަން
ކޮރޯނާވައިރަސް އަށް އަފްޣާނިސްތާން ފުރިހަމަޔަށް ތައްޔާރުވެއްޖެ
އަފްޣާނިސްތާނުގެ ހާމިދު ކަރްޒާއީ އިންޓަނޭޝަނަލް އެއަރޕޯޓުގައި ފަސިންޖަރަކު ސްކްރީން ކުރަނީ

ޗައިނާއާއި ދުނިޔޭގެ އެހެން 27 ޤައުމެއްގައި ނޮވެލް ކޮރޯނާވައިރަސް ފެތުރެމުންދާތީ އަފްޣާނިސްތާނުންވެސް، ވައިރަސް އިން ރައްކާތެރިވުމުގެ މަސައްކަތް ފަށައިފިއެވެ. އެޤައުމުގެ ދައުލަތުގެ މީޑީއާއިން ރިޕޯޓުކުރާގޮތުގައި މިހާތަނަށް އައިއިރު އެޤައުމުން ކޮރޯނާވައިރަސް ފެނިިފައެއް ނުވެއެވެ. އެހެންނަމަވެސް ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރު އޮތުމާއެކު ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެންމެ ފުރަތަމަ ވެރިރަށް ކާބުލްގެ މައި ހޮސްޕިޓަލުގައި 100 އެދުގެ އައިސޮލޭޝަން ވޯރޑެއް ޤާއިމުކޮށްފައެވެ. އަދި ޤައުމުގެ އެކިކަންކޮޅުތަކުގައި އިތުރު އައިސޮލޭޝަން ވޯރޑް ޤާއިމުކޮށް، އެއަރޕޯޓުތަކާއި، އެއްގަމު ޞަރަޙައްދީން ޕޯސްޓުތަކުގައި ތާރމަލް ކެމެރާ ހަރުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް އަފްޣާނިސްތާނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

4 ފެބްރުއަރީ 2020 | އަންގާރަ 14:24
Writer Profile Picture
ޒިހްނަތު ހަސަން
ވޫހާން ސިޓީން ގެނައި ޕާކިސްތާން ކިޔަވާކުދިން ކޮރޯނާވައިރަސްއަށް ނެގެޓިވް

ސަޢުދީ ޢަރަބިއްޔާގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން މިއަދު ބުނެފައިވަނީ، ހަލުވިކަމާއެކު ނޮވެލް ކޮރޯނާވައިރަސް ފެތުރެމުންދާ ޗައިނާގެ ވުހާން ސިޓީގައި ތިބި ޕާކިސްތާނުގެ 10 ދަރިވަރުން އިއްޔެގެ ވަގުތެއްގައި ސައުދީ ޢަރަބިއްޔާއަށް ގެނެސް އެކުދިން ކޮރޯނާވައިރަސްއަށް ޓެސްޓްކުރި ކަމަށެވެ. އަދި މިއަދު ނަތީޖާ ލިބުނު އިރު ހުރިހައި ކުދިން ވައިރަސްއަށް ނެގެޓިވް ކަމަށް އެވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މި ކުދިން ވައިރަސް އަށް ނެގެޓިވްވި ނަމަވެސް ރިޔާދު ހޮސްޕިޓަލުގައި 14 ދުވަސްވަންދެން ކަރަންޓީންކުރާނެ ކަމަށާއި، އަދި ފަރުވާދެމުންދާއިރު ފަހުގެ މަރުޙަލާގައިވެސް ކޮރޯނާ ވައިރަސްއަށް އަލުން ޓެސްޓްކުރާނެކަމަށް ސަޢުދީ ޢަރަބިއްޔާގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން ބުނެއެވެ.

4 ފެބްރުއަރީ 2020 | އަންގާރަ 13:59
Writer Profile Picture
ޒިހްނަތު ހަސަން
ކޮރޯނާވައިރަސްއާއި ގުޅޭ މަޢުލާތެއް ހޯދަން ބޭނުންފުޅުވާނަމަ އެޗްޕީއޭއަށް ގުޅުއްވާ!

ނޮވެލް ކޮރޯނާވައިރަސްއާއި ގުޅުން ހުރި އެެއްވެސް މަޢުލޫމާތެއް ބޭނުންވާނަމަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ނަންބަރު 7377004 އަށް ގުޅަން އެއޭޖެންސީން އެދިފައެވެ. ވަކިން ޚާއްޞަކޮށް މި ދުވަސްވަރު ކޮރޯނާވައިރަސްއާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި އެކި ބާވަތުގެ މަޢުލޫމާތު ފަތުރަމުންދާއިރު، އަބަދުވެސް އޭގެ ޞައްޙަކަން ކަށަވަރުކޮށްފައި ނޫނީ އެއްވެސް ފިޔަވަޅެއް ނޭޅުމަށް ހެލްތު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. މިދަނޑިވަޅުގައި ޞައްޙަ މަޢުލޫމާތު ހޯދަން ބޭނުންވާނަމަ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ނުވަތަ އެޗްޕީއޭގެ މަސްދަރުތަކުގެ އެހީގައި ޞައްޙަ މަޢޫލޫމާތު ހޯދުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

4 ފެބްރުއަރީ 2020 | އަންގާރަ 13:40
Writer Profile Picture
ޒިހްނަތު ހަސަން
ކޮރޯނާވައިރަސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް ނުރަނގަޅު އާދަތައް ހުއްޓާލަން ޖެހޭ
ހޭލުންތެރިކުރަން ސޯޝަލް މީޑިއާގައި ބޭނުން ކުރާ ޕޯސްޓަރ އެއް

ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރ ޢަބްދުﷲ ނިޔާފު ވިދާޅުވީ، ކޮރޯނާވައިރަސް ފެތުރެމުންދާ މިދަނޑިވަޅުގައި އަމިއްލަ ރައްކާތެރިކަމާއި ސަލާމަތައް ޢާންމު ސާފުތާހިރުކަމުގެ މިންގަޑެއް ގެންގުޅުމަކީ އެންމެ އެދެވިގެންވާގޮތް ކަމަށެވެ. ވަކިން ޚާއްޞަކޮށް ކޮރޯނާވައިރަސްއާއި، ނޭވާލާނިޒާމަށް ޖެހޭ ބަލިތަކާއި، އަރިދަފުސް ފަދަ ރޯގާތައް ފެތުރެމުންދާއިރު، އަޅުގަނޑުމެންގެ މުޖުމަތަމަޢުން ފެންނަ މިކަމަށް މަގުފަހިވާ އާދަތައް ދޫކޮށްލަން ޖެހޭ ކަމަށެވެ. އަދި ފަރުދީ ޒިންމާއެއްކަމުގައި ދެކިގެން، މިފަދަ ކަންކަމަށް ސަމާލުވެ، އަމިއްލައަށް އިޞްލާޙުވުމުގެ އިތުރުން މިފަދަ އާދަތަކުން އެހެން ފަރުދުން ދުރުކުރުމަށް ނުވަތަ އިޞްލާޙު ކުރުމަށް ބާރުއެޅުމަށްވެސް ޑރ. ނިޔާފުވަނީ އިލްތިމާސްކޮށްފައެވެ. މުޖުތަމަޢުން ފެންނަ މިކަމާއި ގުޅުން ހުރި ނުރަގަނޅު އާދަތަކުގެ ގޮތުގައި ނިޔާފް ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެެރޭގައި، މަގުމައްޗަށް ކުޅުޖެހުމާއި، ރޯގާ ފޮޅުމަށްފަހު އަރިދަފުސް ތަންތަނުގައި އުނގުޅުން ފަދަ ކަންކަން ހިމެނެއެވެ. ޑރ ނިޔާފު ގެންދަވަނީ ޢާންމުން މިފަދަ ކަންކަމަށް އަހުލުވެރި ކުރުވުމުގެ ގޮތުން ސޯޝަލް މީޑިއާގެ އެކި ވަޞީލަތްތައް ބޭނުންކޮށްގެން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

4 ފެބްރުއަރީ 2020 | އަންގާރަ 12:51
Writer Profile Picture
ޒިހްނަތު ހަސަން
ކޮރޯނާވައިރަސްއާއި ބެހޭ ޞައްޙަނޫން މަޢުލޫމާތު ފެތުރުން ހުއްޓުވަން ގުޅިގެން މަސައްކަތް ކުރަންޖެހޭ: ޑަބްލިއުއެޗްއޯ

ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅޭ ގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެޑެނޯމް ގެބްރިޔޭސަސް ވިދާޅުވީ، ނޮވެލް ކޮރޯނާ ވައިރަސްއާއި ބޭހޭ ގޮތުން ޞައްޙަ ނޫން ނުވަތަ ދޮގު މަޢުލޫމާތު ފެތުރުމާއި ދެކޮޅަށް ޤައުމުތަކުން ތެދުވާންޖެހޭ ކަމަށެވެ. މި ދަނޑިވަޅުގައި އެފަދަ މަޢުލޫމާތުތައް ފަތުރަމުންދާނަމަ، އޭގެ ނޭދެވޭ އަސަރުކުރާނެކަމަށް ވިދާޅުވެ ގެބްރިޔޭސަސްވަނީ އެކަން ހުއްޓުވުމަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ، މި ވަގުތު އިސްކަންދޭންވީ ވައިރަސްއިން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށާއި، ބަލި ފެތުރުން ހުއްޓުވުމަށާއި، ބަލިޖެހިފައިވާ މީހުން އެކަހެރިކޮށްގެން ފަރުވާދިނުމަށް ކަމަށެވެ. އަދި މިބައްޔަށް ވެކްސިންއާއި ތެރަޕިއުޓިކް އަދި ޑައިގްނޯސްޓިކް ޚިދުމަތް އީޖާދުކޮށް ވުޖޫދުކުރުމަށް ކަމަށެވެ.

4 ފެބްރުއަރީ 2020 | އަންގާރަ 12:41
Writer Profile Picture
ޒިހްނަތު ހަސަން
ކޮރޯނާވައިރަސްއާއި ގުޅުން ހުރި ޑޭޓާއާއި މަޢުލޫމާތު ޑަބްލިއުއެޗްއޯއާއި ހިއްސާކުރަން ގޮވާލައިފި

ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅޭ ގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެޑެނޯމް ގެބްރިޔޭސަސް ވިދާޅުވީ، ކޮރޯނާވައިރަސް އާއި ގުޅުން ޑޭޓާތަކާއި، އަދި ޤައުމުތަކުގައި މިކަމާއި ގުޅިގެން ހިންގާ ކަންތައްތަކާއި، މަޢުލޫމާތާއި، ތަޖުރިބާ ޑަބްލިއުއެޗްއޯއާއި ހިއްސާކުރުމަށް ދުނިޔޭގެ ހުރިހައި ޤައުމުތަކަށް ގޮވާލާކަމަށެވެ. މިހާރު ކުރިމަތިވެފައިވާ ނުރައްކާތެރި ކޮރޯނާވައިރަސްގެ ބަލިމަޑުކަމުން އަރައިގަނެވޭނީ، މުޅި ބައިނަލްއަޤުވާމީ މުޖުތަމަޢު މިކަމުގައި އެކަތިގަނޑަކަށް ވެގެން އެއްރޫޙެއްގައި މަސައްކަތްކޮށްގެންކަމަށްވާއިރު، ހުރިހައި ޤައުމަކުން މިކަމުގައި ޑަބްލިއުއެޗްއޯ އެއްބާރުލުންދިނުމަށްވެސް ގެބްރިޔޭސަސްވަނީ ގޮވާލައްވާފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެޑެނޯމް ގެބްރިޔޭސަސް
4 ފެބްރުއަރީ 2020 | އަންގާރަ 12:30
Writer Profile Picture
ޒިހްނަތު ހަސަން
ޞައްޙަ ހެކިތަކެއްގެ މައްޗަށް ބިނާކޮށް ނޫނީ މިދަނޑިވަޅުގައި ގޮތެއް ނުނިންމުމަށް އިލްތިމާސް ކުރަން: ޑަބްލިއުއެޗްއޯ

ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅޭ ގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެޑެނޯމް ގެބްރިޔޭސަސް ވިދާޅުވީ ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ މިދަނޑިވަޅުގައި ދުނިޔޭގެ އެއްވެސް ޤައުމަކުން، މިކަމާއި ގުޅުން ހުރި ކަންކަމުގައި ގޮތް ނިންމާއިރު، ޚާއްޞަކޮށް ފިޔަވަޅު އަޅާއިރު، އެކަށީގެންވާ ހޯދުންތައް ނެތި، އަދި ހެއްކެއް ނެތި ކަންކަން ނުނިންމަން ގޮވާލާކަމަށެވެ. އަދި ކަންކަން ނިންމުމުގައި ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ދިނުމުގައި ޑަބްލިއުއެޗްއޯ އަބަދުވެސް ތައްޔާރަށް އޮތް ކަމަށް ގެބްރިޔޭސަސް ވިދާޅުވިއެވެ.

ޚާއްޞަކޮށް ކޮރޯނާވައިރަސްއާއި ގުޅިގެން މިދަނޑިވަޅުގައި ގޮތެއް ނިންމާނަމަ، ނުވަތަ އެއްވެސް ބާވަތެއްގެ ފިޔަވަޅެއް އަޅާނަމަ، އެކަމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމުގައި ދެމިހުންނަވާނެކަމުގެ ޔަޤީންކަން ގެބްރިޔޭސަސް ވަނީ ދެއްވާފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެޑެނޯމް ގެބްރިޔޭސަސް
4 ފެބްރުއަރީ 2020 | އަންގާރަ 12:22
Writer Profile Picture
ޒިހްނަތު ހަސަން
ކޮރޯނާވައިރަސްއާއި ބެހޭ މަޝްވަރާތައް ޑަބްލިއއެޗްއޯގެ ހެލްތު ސެކިއުރިޓީ ކައުންސިލުން ފަށައިފި

ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާ(ޑަބްލިއުއެޗްއޯ) ގެ ހެލްތު ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް ފަށައިގެން ކުރިޔަށް އެބަދެއެވެ. އެ ޖަމްޢިއްޔާގެ މައި މަރުކަޒުގައި މިހާރު ކުރިޔަށްދާ މިބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މިއަދު މަޝްވަރާ ކުރަމުންދަނީ ކޮރޯނާ ވައިރަސް ޑައިގްނޯޒް ކުރަން ބޭނުން ކުރާ ޓޫލްސް އާއި، ބަލިމަޑުކަމުން އަރައިގަތުމަށް ހަލުވި ފިޔަވަޅުތައް އެޅުމާއި ބެހޭ ގޮތުންނެވެ.

ހެލްތު ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމުގެ ތެރެއިން
4 ފެބްރުއަރީ 2020 | އަންގާރަ 12:07
Writer Profile Picture
ޒިހްނަތު ހަސަން
ދެކުނު ކޮރެއާ އަންހެނަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެއްޖެ

ދެކުނު ކޮރެއާގެ "ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން" އިން ބުނާ ގޮތުގައި މިފަހަރު ކޮރޯނާ ވައިރަސް ޖެހުނީ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ތައިލޭންޑަށް ގޮސް އެނބުރި އައި އުމުރުން 42 އަހަރުގެ ދެކުނު ކޮރެއާ އަންހެނަކަށް ކަމަށެވެ. ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އޭނާ ހުންއައިސްގެން ޑޮކްޓަރަށް ދެއްކި ހިސާބުން ފަރުވާ ކުރަން ފަށާފައިވާ ކަމަށާއި، ކޮރޯނާވައިރަސްގެ އަލާމާތްތައް ފެންނަން ހުރުމުން ލޭގެ ސާމްޕަލް ނަގައިގެން ޓެސްޓު ހެދީކަމަށެވެ. އިއްޔެ ނަތީޖާ ލިބުނު އިރު އޭނާ އެބައްޔަށް ޕޮޒިޓިވް ވެފައިވާކަށާއި، އެހެންކަމުން ކަރަންޓީންކޮށްގެން އޭނާއަށް ފަރުވާދެމުންދާކަމަށް އޮފިޝަލުން ބުނެއެވެ.

މިއާއެކު ދެކުނު ކޮރެއާގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 19 އަށް އަރާފައެވެ.

4 ފެބްރުއަރީ 2020 | އަންގާރަ 11:50
Writer Profile Picture
ޒިހްނަތު ހަސަން
އިންޑިއާގެ ކެރެލާ ސްޓޭޓުގައި 2،155 މީހުން ކަރަންޓީން ކޮށްފި

ކެރެލާ ސްޓޭޓުގެ ޑިސާސްޓަރ މެނޭޖްމެންޓް ސެންޓަރާއި ޙަވާލާދީ އިންޑިއާގެ ނިއުސް އޭޖެންސީތަކުން ރިޕޯޓުކުރާގޮތުގައި، ޗައިނާގެ އިތުރުން ކޮރޯނާވައިރަސް ފެތުރިފައިވާ ޤައުމުތަކަށް ފާއިތުވެދިޔަ ދުވަސްތަކުގައި ދަތުރު ކުރި އެސްޓޭޓްގެ މީހުން ހޯދުމަށް ސަރވައިލެންސް ޕްރޮގުރާމެއް މިހާރު ވަނީ ފަށާފައެވެ. މިހާތަނަށް އައިއިރު 2،239 މީހުން ހޯދާފައިވާއިރު، މީގެ ތެރެއިން 2،155 މީހުން ގޭގައި ކަރަންޓީންކޮށްގެން ބޭނުންވާ ޞިއްޙީ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ. ހަމަ އެއާއެކު، ބާކީ ތިބި 84 މީހުން ހޮސްޕިޓަލްތަކުގެ އައިސޮލޭޓް ވޯރޑްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަކަމަށް އެސެންޓަރުން ބުނެއެވެ. މީގެ ތެރެއިން 82 މީހުންނަނީ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި 3 މީހުންނާ އެކި ގޮތްގޮތުން ދިމާވެފައިވާ މީހުންކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

4 ފެބްރުއަރީ 2020 | އަންގާރަ 11:39
Writer Profile Picture
ޒިހްނަތު ހަސަން
ކެރެލާ ސްޓޭޓުގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ ޢާއިލާތަކަށް ކައުންސެލިންގ ދެނީ

އިންޑިއާގެ ކެރެލާ ސްޓޭޓުގައި ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން ކަރަންޓީން ކުރެވޭ މީހުންނަށާއި އެމީހުންގެ ޢާއިލާގެ މެންބަރުންނަށް ސައިކޯ ސޯޝަލް ޕްރޮގުރާމް ހިންގުމަށް ޞަރަޙައްދީ ސަރުކާރުން 178 ކައުންސިލަރުން ހަމަޖައްސާފައިވާކަމަށް ކެރެލާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ. މިހާތަނަށް އައިއިރު 371 މީހަކަށް ކައުންސެލިންގެ ދީފައިވާކަމަށް ވެސް އެމިނިސްޓްރީން ބުނެއެވެ.

4 ފެބްރުއަރީ 2020 | އަންގާރަ 11:34
Writer Profile Picture
ޒިހްނަތު ހަސަން
ކޮރޯނާވައިރަސްގެ ބަލިމަޑުކަމުގައި މަރުވި މީހުންގެ އަދަދު 427 އަށް އަރައިފި

ޗައިނާގެ ދައުލަތުގެ މީޑިއާއިން ޚަބަރުފަތުރާ ގޮތުގައި، ކޮރޯނާވައިރަސް ގައި ރެއާ ހަމަޔަށް ޗައިނާގައި މަރުވި މީހުންގެ އަދަދު ވަނީ 425 އަށް އަރާފައެވެ. މީގެ އިތުރުން ހޮންގްކޮންގާއި ފިލިޕީންސްއިން ވަނީ 2 މީހުން މަރުވެފައެވެ. މިއާއެކު މިބަލީގައި މުޅި ދުނިޔެއިން މަރުވި މީހުންގެ ޢަދަދު މިވަނީ 427 އަށް އަރާފައެވެ.

ކޮރޯނާ ވައިރަސް ފެތުރެމުންދާ ގޮތައް ބަލާއިރު، ޗައިނާގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 20,438 ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ދުނިޔޭގެ 27 ޤައުމަކުން 151 މީހުން މިހާރުވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ.

4 ފެބްރުއަރީ 2020 | އަންގާރަ 11:32
Writer Profile Picture
ޒިހްނަތު ހަސަން
ކޮރޯނާވައިރަސް ޖެހިގެން ހޮންގްކޮންގުން މީހަކު މަރުވެއްޖެ

މަރުވި މީހާއަކީ އަމިއްލަ ބޭނުމަކަށް ވޫހާން ސިޓީއަށް ދަތުކުރުމަށްފަހު ހޮންގްކޮންގަަށް އެބުރި އައި މީހެއްކަމަށް އޮފިޝަލުން ބުނެއެވެ.

4 ފެބްރުއަރީ 2020 | އަންގާރަ 10:00
Writer Profile Picture
ޒިހްނަތު ހަސަން
ކޮރޯނާވައިރަސްއަށް ޑައިގްނޯޒްކުރުމުގެ ޤާބިލުކަން އެބަހުރި: ޕާކިސްތާން

ޕާކިސްތާނުގެ ސްޕެޝަލް އެސިސްޓެންޓް ޓު ޕްރައިމް މިނިސްޓަރ އޮން ނެޝަނަލް ހެލްތު ރެގިއުލޭޝަންސް އެންޑް ކޯޑިނޭޝަން، ޑރ. ޒަފަރް މިރްޒާ ކޮރޯނާ ވައިރަސް ބަލި ދެނެގަނެ އެބަލި ޑައިގްނޯޒްކުރުމުގެ ޤާބިލުކަން އެޤައުމުގައި މިހާރު އެބަހުރި ކަމަށެވެ.

އަލްހަމްދުލިﷲ! މިއަދުން ފެށިގެން ޕާކިސްތާނުގައި ކޮރޯނާ ވައިރަސް އަށް ޓެސްޓު ކޮށް ޑައިގްނޯޒް ކުރެވޭނެ. މި އިންތިޒާމު މިވަނީ ހަމަޖެހިފައި. މިކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުނީ ނެޝަނަލް އިންސްޓިޓިއުޓްގެ ގެ މަސްއޫލުވެރިންނާއި ފަންނީ ޓީމުގެ މިންނެތް މަސައްކަތުން. މިދަނޑިވަޅުގައި އެޓީމަށް ސާބަސް ދީ ޝުކުރު ދަންނަވަން.
ޑރ. ޒަފަރް މިރްޒާ
ޑރ. ޒަފަރް މިރްޒާ
4 ފެބްރުއަރީ 2020 | އަންގާރަ 09:56
Writer Profile Picture
ޒިހްނަތު ހަސަން
ޗައިނާގައި ތިބި ޕާކިސްތާނުގެ ކިޔަވާކުދިން އަނބުރާ ޤައުމަށް ގެންގޮސްފި

ޗައިނާގައި ތިބި ޕާކިސްތާނުގެ 97 މީހުން އަނބުރާ ޤައުމަށް ގެންގޮސްފިއެވެ. މީގެ ތެރޭގައި ވޫހާން ސިޓީގައި ކިޔަވަމުން ދިޔަ 40 ދަރިވަރުން ހިމެނެއެެވެ. މިމީހުން ގެނެސްފައިވަނީ ދެފްލައިޓެއްގައެވެ. އެއީ ޤަތަރު އެއަރލައިންގެ ފްލައިޓަކާއި، ޗައިނާ ސަދަން އެއަރލައިންގެ ފްލައިޓެއްގައެވެ. މި ދެފްލައިޓުގައި އައި މީހުންވެ ހެލްތު ސްކްރީނިންގ ހެދުމަށް ފަހު މިހާރު ޢާއިލާތަކާއި ޙަވާލުކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ.

ޗައިނާގައި ޕާކިސްތާނުގެ 30،000 މީހުން ދިރިއުޅެއެވެ. މީގެތެރޭގައި ވޫހާން ސިޓީގައި ދިރިއުޅޭ 500 ދަރިވަރުންވެސް ހިމެނެއެވެ. މީގެތެރެއިން 4 ދަރިވަރަކު ކޮރޯނާވައިރަސްއަށް ވަނީ ޕޮޒިޓިވް ވެފައެވެ. އެހެންނަމަވެސް ޕާކިސްތާނުން މިހާތަނަށް ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ފެނިފައެއް ނުވެއެވެ.

4 ފެބްރުއަރީ 2020 | އަންގާރަ 02:55
Writer Profile Picture
ޒިހްނަތު ހަސަން
ޕާކިސްތާން-ޗައިނާ ފްލަައިޓް ދަތުރުތައް އަލުން ފަށައިފި
ޗައިނާގެ ޤައުމީ އެއަރލައިން

ޕާކިސްތާނުން ޗައިނާއަށް ދަތުރުކުރުން ހުއްޓާލީ ޖެނުއަރީ މަހުގެ 29 ވަނަދުވަހުއެވެ. އެއީ ޗައިނާގައި ނޮވެލް ކޮރޯނާވައިރަސްގެ ބަލިމަޑުކަން ފެތުރިފައިވާތީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން "ގްލޯބަލް ހެލްތު އެމަރޖެންސީ" އިޢުލާންކުރުމާއި ގުޅިގެންނެވެ. އެހެންނަމަވެސް ހޯމަ ދުވަހު އަލުން ތާވަލު ފްލައިޓް ފެށީ ދެޤައުމުގެ ކަމާއިބެހޭ މަސްއޫލުވެރިންނާއެކު މަޝްވަރާކުރެއްވުމަށްފަހުގައެވެ.

4 ފެބްރުއަރީ 2020 | އަންގާރަ 02:45
Writer Profile Picture
ޒިހްނަތު ހަސަން
ކެރެލާ ސްޓޭޓުގައި 2000އަށް ވުރެ ގިނަ މީހުން ކަރަންޓީންކޮށްފި

ކެރެލާ ސްޓޭޓުގެ ޑިސާސްޓަރ މެނޭޖްމެންޓް ސެންޓަރާއި ޙަވާލާދީ އިންޑިއާގެ ނިއުސް އޭޖެންސީތަކުން ރިޕޯޓުކުރާގޮތުގައި، ޗައިނާއާއި ،ކޮރޯނާވައިރަސް ފެތުރިފައިވާ އެހެން ޤައުމުތަކަށް ފާއިތުވެދިޔަ ދުވަސްތަކުގައި ދަތުރު ކުރި އެސްޓޭޓްގެ މީހުން ހޯދުމަށް ސަރވައިލެންސް ޕްރޮގުރާމެއް ހިންގާ މިހާތަނަށް އައިއިރު 2،239 މީހުން ހޯދިފައިވެއެވެ. މީގެ ތެރެއިން 2،155 މީހުންގެ ގޭގައި ކަރަންޓީންކޮށްފައިވާއިރު، ދެންތިބި 84 މީހުން ހޮސްޕިޓަލްތަކުގެ އައިސޮލޭޓް ވޯރޑްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަކަމަށް އެސެންޓަރުން ބުނެއެވެ. މީގެ ތެރެއިން 82 މީހުންނަނީ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި 3 މީހުންނާއި އެކި ގޮތްގޮތުން ދިމާވެފައިވާ މީހުންކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކެެރަލާ ސްޓޭޓުން ކަރަންޓީންގ މުއްދަތުގެ ގޮތުގައި ހަމަޖައްސާފައިވަނީ 28 ދުވަހެވެ.

4 ފެބްރުއަރީ 2020 | އަންގާރަ 02:35
Writer Profile Picture
ޒިހްނަތު ހަސަން
ކޮރޯނާވައިރަސްއާއި ބެހޭ މަޢުލޫމާތު ޓީއެމްއޭގެ މުވައްޒަފުންނަށް ދީފި

ނޮވެލް ކޮރޯނާ ވައިރަސްއަށް ހޭލުންތެރި ކުރުވުމުގެ ގޮތުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) ކުރިޔަށްގެންދާ ޕްރޮގުރާމުގެ ތެރެއިން، ޓީއެމްއޭގެ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަން އެއް ހިންގައިފިއެވެ. އެޗްޕީއޭއިން މަޢުލޫމާތު ދިން ގޮތުގައި މި ސެޝަންގައި ކޮރޯނާވައިރަހާއި ގުޅޭ މަޢުލޫމާތާއި އެވައިރަސް ފެތުރޭ ގޮތާއި އޭގެއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ މަޢޫލޫމާތު ދިން ކަމަށެވެ.

4 ފެބްރުއަރީ 2020 | އަންގާރަ 00:54