ކ. މާލެ
|
10 މެއި 2017 | ބުދަ 20:29
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ ހާމިދު
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ ހާމިދު
ޕީޕަލް މެގަޒިން
ހާމިދުގެ ޝަރީއަތް
ކުޑަކަމުދާތަކެތި ނުދިން ކަމަށް ބުނެ ހާމިދުގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތް ފަށަނީ
ފުރަތަމަ ދައުވާ ކުރީ 2012 ވަނަ އަހަރު
އަޑުއެހުންތައް ނިމިފައިވަނިކޮށް ދައުވާ އަނބުރާ ގެންދިޔަ
އަނެއްކާ ދައުވާކުރީ 2016، އޮކްޓޯބަރުގައި

އެމްޑީޕީގެ އިންޓަނޭޝަލް ސްޕޯކްސްޕާސަން ހާމިދު އަބްދުލްޣަފޫރުގެ މައްޗަށް އުފުލާފައިވާ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރުމުގެ ދައުވާ ޝަރީއަތް ބުރާސްފަތި ދުވަހު ފެށުމަށް ތާވަލުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ ހާމިދުގެ މައްޗަށް ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރު ކުރި ކަމުގެ ދައުވާ 2012 ވަނަ އަހަރު ވެސް އުފުލި އެވެ. ނަމަވެސް، މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނިކޮށް ޕްރޮސެކިއުޓާ ޖެނެރަލް ވަނީ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ. 

ނަމަވެސް ފަހުން އެ ދައުވާ އަނބުރާ ގެންގޮސް، ފަހުން އެ ދައުވާ ކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. މައްސަލައިގެ އަޑުއުމެއް އޮކްޓޯބަރު 16 ވަނަ ދުވަހަށް ތާވަލުވެސް ކުރި އެވެ. ނަމަވެސް، ހާމިދު ރާއްޖޭގައި ނޫޅުއްވާތީ ޗިޓް ހަވާލުނުކުރެވިގެން އަޑުއެހުން ކެންސަލް ކުރި އެވެ.

ހާމިދުގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ހޮނޑައިދޫއިން ހައްޔަރު ކުރުމުން ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކުރި ކަމަށް ބުނެ އެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް އަޑުއެހުން ތާވަލުކޮށްފައިވާއިރު، ހާމިދު މިހާރު އުޅުއްވަނީ ރާއްޖެއިން ބޭރުގަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި ކޮށްގެން އުޅޭ ދައުވާއަކީ އެއްވެސް އަސްލެއް ނެތް ދައުވާ އެކެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 123 ވަނަ މާއްދާގެ (ހ) ގައި ބުނަނީ މަސްތުވާއެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތު ކުރެވިގެން މީހެއްގެ ކުޑަކަމުދާ އެއްޗިހި ޓެސްޓްޓު ކުރުމަށްޓަކައި، ކުޑަކަމުދާ އެއްޗިހި ދިނުމަށް އެ ގާނޫނުގެ 161 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުލުހުންގެ އޮފިސަރަކު އެދުމުން، ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރާ މީހާ އެކުރަނީ ކުށެއްކަމަށެވެ.

އަދި އެމާއްދާގެ (ށ)ގައި ބުނަނީ އެފަދަ ކުށެއް ޝަރީއަތަށް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ އެއް އަހަރު ދުވަހަށް ޖަލަށް ލުންކަމަށެވެ.

- ކޮމެންޓް