ކ. މާލެ
|
10 މެއި 2017 | ބުދަ 20:06
ސްކޫލް ދަރިވަރުންތަކެއް
ސްކޫލް ދަރިވަރުންތަކެއް
މުހައްމަދު ޝަރުހާން
ރޯދަމަހު ސްކޫލް ގަޑި
ރޯދަ މަހު ސްކޫލްތައް ފަށާގަޑިއަކީ ހެނދުނު 08:40، ނިމޭނީ 15:00ގައި
އެއް ދަންފަޅިއަށް ކިޔަވައިދިނުން ހަތަރު ގަޑިއިރަށްވުރެ އިތުރު ނުވާގޮތަށް ހަމަޖެއްސުމަށް އެޑިއުކޭޝަނުން އަންގާފައިވޭ
ސަރުކާރު އޮފީސްތައް ހުޅުވާގަޑިއަކީ 10:00، ނިމޭގަޑިއަކީ 14:00 އަށް

ރޯދަމަހު ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ކިޔަވަން ފަށާގަޑިތަކާއި ނިމޭގަޑިތައް އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ ޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ސާރކިއުލާއެއްގައި ބުނެފައިވަނީ ސްކޫލްތަކުގެ ހެނދުނު ދަންފަޅި ފެށޭނީ، ހެނދުނު 08:40  އާއި 09:00 އާދެމެދުގެ ވަގުތެއްގައި ކަމަށެވެ. އަދި މެންދުރު ދަންފަޅީގެ ކިޔެވުން 11:00 އާއި 13:00 އާދެމެދުގެ ވަގުތެއްގައި ފެށުމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކިޔަވާދިނުމުގެ ވަގުތުތައް ހަމަޖައްސާނީ މެންދުރުފަހުގެ 15:00 ގެ ކުރިން ކިޔަވާދިނުން ނިންމާލެވޭ ގޮތަށް ކަމަށެވެ.

މީޣެއިތުރުން އެސާރކިއުލާގައި ވަނީ، ގްރޭޑް އެކަކުން ފެށިގެން ހަތަކަށް ކިޔަވައިދޭ ވަގުތުގެ ދިގުމިން ދެ ގަޑިއިރާއި 30 މިނެޓަށް ހަމަޖައްސާ، ގްރޭޑް އަށަކުން ފެށިގެން ގްރޭޑް 10 އަށް ކިޔަވައިދޭ ވަގުތުގެ ދިގުމިން ތިން ގަޑިއިރަށް ހަމަޖެއްސުމަށެވެ. އަދި ގްރޭޑް 11 އާއި ގްރޭޑް 12 އަށް ކިޔަވައިދޭ ވަގުތުގެ ދިގުމިން ހަތަރު ގަޑިއިރަށް ހަމަޖައްސަން ވެސް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުގައި ޖުމްލަ ހަތަރު ގަޑިއިރަށްވުރެ އިތުރު ނުވާގޮތަށް، ދަރިވަރުންގެ ޢުމުރަށްބަލައިގެން، މަތީގައި ބަޔާންކުރެވިފައިވާ އަދަދަށްވުރެ ކިޔަވައިދޭ ވަގުތު ސްކޫލަށް އިތުރު ކުރެވިދާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ރޯދަމަހު ސްކޫލްތައް ހުޅުވާ ގަޑިއަކީ 08:40 ކަމަށް ކަނޑައަޅާފައިވާއިރު، ސަރުކާރުން ނިންމާފައިވަނީ ރޯދަ މަހު ސަރުކާރުގެ ރަސްމީގަޑިއަކީ ހެނދުނު 10:00 އިން ފެށިގެން 14:00 އަށެވެ.

- ކޮމެންޓް