Advertisement
ކ. މާލެ
|
10 މެއި 2017 | ބުދަ 18:54
ރައީސް މައުމޫންގެ ޕީޕީއެމް ފެކްޝަނުގެ އެސްޖީ އަލީމް
ރައީސް މައުމޫންގެ ޕީޕީއެމް ފެކްޝަނުގެ އެސްޖީ އަލީމް
ރާއްޖެ އެމްވީ
އަލީމް ފުލުހަށް
ފުލުހަށް ހާޒިރުވުމަށް އަލީމަށް އަންގައިފި
ބުރާސްފަތި ދުވަހުގެ ރޭ 8:30 އަށް
ޖީއައިޑީއިން ތަހުގީގުކުރާ މައްސަލައަކަށް
ކޮން މައްސަލައެއް ކަމެއް ނުބުނި

ރައީސް މައުމޫނު އަބްދުލް ގައްޔޫމް ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބުދުލް އަލީމަށް ފުލުހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ.

އަލީމަށް އަންގާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 8:30 އަށް ފުލުހަށް ހާޒިރުވުމަށެވެ. ހާޒިރުކުރާ ބޭނުމަކީ، ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކޮށް ބަޔާން ނެގުން ކަމަށް އަލީމަށް ފޮނުވި ޗިޓް ގައި ބުނެފައިވެ އެވެ.

އަލީމް ހާޒިރުކުރާ މައްސަލައަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓް(ޖީއައިޑީ) އިން ބަލަމުންދާ މައްސަލައެއް ކަމަށް ޗިޓްގައި ބުނެފައިވެ އެވެ.

ބުރާސްފަތި ދުވަހު އަލީމް ފުލުހަށް ހާޒިރުކުރުވާއިރު، މިދިޔަ މަހުގެ ތެރޭގައި ކޯޓް އަމުރެއްގެ ދަށުން އަލީމްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔަ އެވެ. އަދި އެތައް ފަހަރެއްގެ މަތިން އަލީމް ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފައިވެ އެވެ.

އަލީމް ހާޒިރުކުރުވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން އެއިރުވެސް ނުބުނެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން މައުލޫމާތު ހާމަކުރެވެން އޮތް މިންވަރަކުން މައުލޫމާތު ހާމަކުރަމުންދާ ކަމަށެވެ.

 އަލީމުގެ ފޯނު ހޯދުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރުގެ މައްސަލައިގެ ވޯޓް ނެގުމަށް ތައްޔާރުވަމުންދަނިކޮށް ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ހުށައަޅަމުންދާކަމުގެ މައުލޫމާތު ލިބިފައިވާތީ، ސިޔާސީ ފަރާތްތަކުން ރާއްޖޭގެ ރައްޔިތުންގެ މަޖިލިސްފަދަ މިނިވަން ބާރަކަށް ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތްތަކުގައި، އެފަރާތްތަކާއި ބައްދަލުކޮށް އެފަދަ ފަރާތްތަކަށް ފައިސާ ހަވާލުކުރަމުންދާކަމަށް ތުހުމަތު ކުރެވޭތީ، އަލީމުގެ ފޯނު ކޯލްތަކާއި މެސެޖްތަކުގެ ތަފްސީލުގެ އިތުރުން ފޯނާއި، ސިމްކާޑުތަކާއި، މެމޮރީކާޑާއި، އެއާގުޅޭ އިލެކްޓްރޯނިކް ސާމާނު، ހިފެހެއްޓުމަށް އަންގާ އަމުރުކުރާ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް