ކ. މާލެ
|
10 މެއި 2017 | ބުދަ 16:51
އާޝިގީ 2 ގެ ޕޯސްޓަރެއް
އާޝިގީ 2 ގެ ޕޯސްޓަރެއް
ގޫގުލް
އާޝިގީ 3
ރަނގަޅު ސްކްރިޕްޓެއް ނެތި "އާޝިގީ3" ނެރެވޭކަށް ނެތް: މޯހިތު
އެހެން ނޫންނަމަ ބެލުންތެރިން އެ ފިލްމު ބަލައި ނުގެންފާނެކަމަށް ބުނި
އާޝީގީ ގެ ސީރީޒް އަކީ ބެލުންތެރިން ލޯބިވާ ފްރަންޗައިޒެއް

ރަނގަޅު ސްކްރިޕްޓެއް ނެތި "އާޝިގީ3" ނުނެރޭނެކަމަށާއި އެހެން ނޫންނަމަ ބެލުންތެރިން އެ ފިލްމު ބަލައި ނުގެންފާނެކަމަށް ޑައިރެކްޓަރ މޯހިތު ސޫރީ ބުނެފިއެވެ.

"އާޝިގީ2" ވެސް ޑައިރެކްޓުކުރި މޯހިތު ބުނީ އާޝީގީ ގެ ސީރީޒް އަކީ ބެލުންތެރިން ލޯބިވާ ފްރަންޗައިޒެއްކަމަށެވެ.

އެހެން ކަމުން ރަނގަޅު ސްކްރިޕްޓަކާއި ނުލާ "އާޝިގީ3" އުފައްދައިފިނަމަ އޭނާއަށް އޮތް ތާއިދާއި ލޯބި ގެއްލިގެން ހިނގައިދާނެކަމަށް މޯހިތު ބުންޏެވެ.

"އާޝިގީ" އަޅުވާފައިވަނީ 1990 ވަނަ އަހަރުގައެވެ. އަދި "އާޝިގީ2" ސިނަމާތަކަށް އައިސްފައިވަނީ 2013 ވަނަ އަހަރުގައެވެ. "އާޝިގީ2" ވަނީ ބޮކްސްއޮފީހުގައި ކާމިޔާބު ފިލްމެއްގެ މަގާމު ހޯދާފައެވެ. އެ ފިލްމުގައި އެކްޓް ކޮށްފައިވަނީ އަތިޔާ ރޯއި އާއި ޝްރައްދާ ކަޕޫރެވެ.  

"އާޝިގީ3" ވަނަ ފިލްމު ނެރޭނެކަމަށް މޯހިތު ބުނެފައވާއިރު އެ ފިލްމުގެ އެކްޓަރުން އަދި ނުނަގާ ކަމަށް މޯހިތު ބުނެއެވެ. ކުރން އެ ފިލްމުގައި އާލިއާ ބަޓްއާއި ސިދްހާތު މަލްހޯތުރާ ފެނިގެންދާނެކަމަށް އަޑުތައް ފެތުރުނު ނަމަވެސް އެކަން މޯހިތު ވަނީ ދޮގުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް