ދިވެހިރާއްޖެ އަށް ތަރައްގީ އަށް ތަރައްގީ އަންނަން ޖެހޭނީ ކޮރަޕްޝަނާ ނުލާ ކަމަށް ނައިބް ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ޔުނިވާސިޓީއާ އެންޓިކޮރަޕްޝަން ކޮމިޝަނާ ގުޅިގެން ކުރިއަށް ގެންދާ "އެންޓިކޮރަޕްޝަން ގައުމީ މަހާސީންތާ" ފެށުމުގެ ރަސްމީއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ޖިހާދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގެ ތަރައްގީ އަށްޓަކައި ވަަރށް ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދާ ކަމަށެވެ.
އެގޮތުން އެއިން އެއްވެސް މަޝްރޫޢުއެއް ކުރިއަށް ގެންދިއުމުގައި ކޮރަޕްޝަން އަށް މަގުފަހިވާ ގޮތަށް އެއްވެސް އަމަލެއް ހިންގުމަކީ ސަރުކާރުން ހިތްވަރުދޭ ކަމެއް ނޫން ކަމަށް ނައިބް ރައީސް ޖިހާދު ވިދާޅުވިއެވެ.
އެމަނިކުފާން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ކޮރަޕްޝަންގެ އަމަލުތައް ބެލުމުގައި އަދި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޚު އެޅުމުގައި އެއްވެސް ޖެހިލުމެއް ނެތި ހަމަހަމަކަމާ އިންސާފްވެރިކަމާއެކު ފިޔަވަޅު އަޅާނެ ސަރުކާރެއް ކަމަށެވެ.
ނައިބް ރައީސް ޖިހާދު ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމްގެ ތެރެއިން ކޮރޮޕްޝަންގެ މައްސަލަތަކަށް އަވަހަށް ހައްލެއް ހޯދާ ތަންފީޒީ އިދާރާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ ކޮރަޕްޝަންގެ މައްސަލަތައް އަވަހަށް ނިންމުމުގައި ޢިލްމީ އަދި ތަންފީޒީ ނަޒަރަކުން ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށެވެ.
މީގެއިތުރުން ނައިބް ރައީސް ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދެފުއްފެންނަ ގޮތަށް ހަމަހަމަކަމާއެކު ހިދުމަތް ދިނުމަށް ސަމާލުވާން ޖެހޭ ކަމަށެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަށް ހުރި ދަތިތަަށް މި މަހާސިންތާގެ ތެރެރެއިން ހޯދި ދައުލަތުގެ މުއައްސަސަސާތަކުގެ މެދުގައި މަޝްވަރާ ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޖިހާދު ވިދާޅުވިއެވެ.