Advertisement
ކ. މާލެ
|
10 މެއި 2017 | ބުދަ 15:24
ފަސް ރުފިޔާގެ އާ ނޫޓުގެ ޕޮޓޯއެއް
ފަސް ރުފިޔާގެ އާ ނޫޓުގެ ޕޮޓޯއެއް
ޓްވިޓަރ
ރަސް ދިހަ ފަހެއް
ފަސް ރުފިޔާގެ އާ ނޫޓުގައި ޢަލީ އަޝްފާގް ދަގަނޑޭ
މި ނޫޓް ފަރުމާކޮށްފައިވަނީ މުއާސަލާތު ކުރުމާއި އިޖުތިމާއީ ގުޅުން ދައްކުވައިދޭ ކޮންސްޕްޓަކަށް
މި ނޫޓް ސާރކިއުލޭޝަނަށް ނެރުމަށް ނިންމާފައިވަނީ އަންނަ ޖުލައި މަހުގެ ކުރީކޮޅުގައި

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާ ޢަލީ އަޝްފާގް (ދަގަނޑޭ) ގެ ޕޮޓޯ އާއި އެކު ފަސް ރުފިޔާގެ އާ ނޫޓު ތައާރަފް ކޮށްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން، ފަސް ރުފިޔާގެ ޕޮލިމާ ނޫޓު ތައާރަފް ކޮށްފައިވަނީ ބުދަ ދުވަހު ހެނދުނު އިސްކަނދަރު ސްކޫލުގައި އޮތް އެސެމްބްލީގައި އެވެ.  މި އެސެމްބްލީގައި އެމްއެމް އޭގެ ގަވަރުނަރު  ޑރ.އަޒީމާ އާދަމް  އަދި އެޑިއުކޭޝަން  މިނިސްޓަރ  ޑރ.އައިޝަތް ޝިހާމް  ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ބުދަ ދުވަހު ހެނދުނު އިސްކަންދަރު ސްކޫލްގައި ބޭއްވި އެސެމްބްލީގެ ތެރެއިން

މުއާސަލާތު ކުރުމާއި އިޖުތިމާއީ ގުޅުން ދައްކުވައިދޭ ކޮންސްޕްޓަކަށް ފަރުމާކޮށްފައިވާ މި ނޫޓުގެ މޫނުމަތީގައި ބޭނުންކޮށްފައިވަނީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާ އަދި ކުރީގެ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑެ)ގެ  މަޝްހުޜު ފޮޓޯއެކެވެ. ފޮޓޯގައި ދަގަނޑޭގެ މޫނު ނުފެނުނު ނަމަވެސް މި ފޮޓޯއިން ފެނިގެންދަނީ ގައުމީ ޖާޒީގައި ދަގަނޑެ ފުޓުބޯޅަ ކުޅެ މަންޒަރެވެ.

މި ނޫޓުގެ މޫނުމަތިން ފުޓުބޯޅަ އާއި، ސަގާފީ އެކިއެކި ކުޅިވަރުތަކުގެ ސަބަބުން އިޖުތިމާއީ ގުޅުން ވަރުގަދަ ކޮށްދޭކަން އަނގުވައިދޭ ކުރެހުމެށް ފެނިގެންދާއިރު، ނޫޓުގެ ފަހަތުގައި ކުރަހާފައިވަނީ، މުއާސަލާތު ކުރުމަށް ކުރިން ބޭނުންކޮށްފައިވާ ވަސީލަތެއް ކަމަށްވާ  ސަންގެކެވެ.

އަންނަ ޖުލައި މަހުގެ ކުރީކޮޅުގައި ސާރކިއުލޭޝަނަށް ނެރުމަށް ނިންމާފައިވާ މި ނޫޓަކީ، މިހާރު ބޭނުންކުރަމުންދާ ޕޮލިމާ ނޫޓުތަކާ އެއްވަރުގެ އަދި އެ ނޫޓުތަކުގައި ހިމެނޭ ހުރިހާ ސަލާމަތީ ސިފަތައްވެސް ހިމަނައިގެން ފަރުމާކޮށްފައިވާ ނޫޓެކެވެ

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ އަހަރު "ރަން ދިހަ ފަހެއް" ގެ އާ ނޫޓް ސީރީސްތަށް ނެރުނު، އެމްއެމްއޭއިން ކުރިން ނިންމާފައި އޮތީ ފަސް ރުފިޔާގެ  ފައިސާ ފޮއްޗެއް ނެރުމަށެވެ. ނަމަވެސް ފަހުން އެމްއެމްއޭއިން ނިންމާފައިވަނީ މިހާރު ބޭނުން ކުރަމުން ގެންދާ ޕޮލިމާގައި ފަސްރުފިޔާގެ ނޫޓެށް ނެރުމަށާއި މިއަހަރުގެ ތެރޭގައި މިހާރު ބޭނުން ކުރަމުން އަންނަ 2 ރުފިޔާގެ ބަދަލުގައި އެއަށްވުރެ ލުއި ފައިސާ ފޮއްޗެއް ނެރުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް