Advertisement
ކ. މާލެ
|
10 މެއި 2017 | ބުދަ 08:55
ލުސްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ )
ލުސްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ )
މުހައްމަދު ޝަރުހާން
ކުނޫޒް ޖަލްސާ
އިންތިހާބްގެ ނަތީޖާމެދު މަޖިލީހުގެ މެމްބަރުން ފުންކޮށް ވިސްނަން ޖެހޭ: ވައްޑޭ
އިންތިހާބްގެ ނަތީޖާ އަކީ ރައީސް ޔާމީންގެ ސަރުކާރަށް ދިވެހި ރައްޔިތުން ދިން މެސެޖެއް
ފުވައްމުލަކު ރައްޔިތުން ތިބީ މަސީހްގެ ފަހައްޕުޅުގައި ނޫންކަށް ހާމަވެއްޖެ
ރައްޔިތުންގެ އަދޭސްތަކަށް ސަރުކާރުން ބީރުކަންފަތެއް ދިނުމުގެ ނަތީޖާ ވޯޓުން އެވަނީ ދައްކާފަ

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބްގެ ނަތީޖާއާމެދު ރައީސް އަބްދުﷲ ޔާމީނަން ތާއިދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިސްނަވަން ޖެހޭ ކަމަށް ތުލުސްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ ) ވިދާޅުވެއްޖެއެވެ.

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުނޫޒްގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި  ޖަލްސާގައި ވާހަކަ ދައްވަމުން ވަހީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބްގެ ނަތީޖާ އަކީ ރައީސް ޔާމީންގެ ސަރުކާރަށް ދިވެހި ރައްޔިތުން ދިން މެސެޖެއް ކަމަށެވެ. ސަރުކާރަށް މެޖޯރިޓީ ނުލިބޭ ދާއިރާތައް ތަމްސީލް ކުރައްވާ ޕީޕީއެމްގެ މަޖިލީސް މެމްބަރުން މިއަދު މި ނަތީޖާމެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށް ވަހީދު ވިދާޅުވިއެވެ.

 

މިސާލު ޖައްސަވާ ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުން ތިބީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ ފަހަތްޕުޅުގައި ނޫންކަން މި އިންތިހާބުން ހާމަވާ ކަމަށެވެ. ފުވައްމުލަކު ދެމު ދާއިރާގެ ކައުންސިލްގެ ގޮނޑި ސަރުކާރަށް ކާމިޔާބްނުވުމުން،މަސީހް މަޖިލީހުގެ ގަވައިދާ ހިލާފަށް ގަދަބާރުން ކުރާ ކަންތައް ބަލައިނުގަންނަން ސާފުވާ ކަމަށް ވަހީދު ވިދާޅުވިއެވެ.

 

"މަޖިލީހުގެ ރައީސް އަޅުގަނޑުމެން އޭނަ ކަމުނުގޮސްގެން ، އެއްގޮތަކުންވެސް އޭނަ ކަމުނުގޮސްގެން، އޭނަ ބޭރުކުރަން މަސައްކަތް ކުރީމަ، ނަތީޖާއަކަށްވީ ދެން އައި އިންތިހާބްގައި އެދާއިރާގެ ރައްޔިތުން ވިދާޅުވީ ކީކޭތޯ ވޯޓުން، މަސީހް އެ ގަދަބާރުން ނީންނަވައްޗޭ ރައީސް ކަމުގައި، ތިމަންނަމެން މިދެނީ މެސެޖެކޭ، ދެން އަންނަ ދައުރެއްވެސް ބޭނުންވެއްޖިއްޔާ، ތިމަންނަމެންގެ މެސެޖް ގަބޫލްކުރައްވާށޭ" ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބެއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވައްޑޭ ވިދާޅުވިއެވެ.

 

ރައީސް ޔާމީންގެ ވެރިކަމުގައި ތަކެތީގެ އަގު އަތް ނުފޯރާ ހިސާބަށް ބޮޑުވުމުން ރައްޔިތުން ދިޔައީ ކަރަންޓާއި ކާޑުގެ އަގު ހެޔޮކޮށްދިނުމަށް ސަރުކާރުގެ އިސްވެރިންގެ ކިބައިން އާދޭސް ކުރަމުން ކަމަށް ވަހީދު ވިދާޅުވިއެވެ. އެހެންނަމަވެސް ރައްޔިތުންގެ އަދޭސްތަކަށް ބީރު ކަންފަތެއް ސަރުކާރުން ދިނުމުގެ ނަތިޖާއަކަށް ވެގެން ދިޔައީ އައްޑޫ ސިޓީ ކައުންސިލާއި ކުޅުދުއްފުށި ކައުންސިލް އަދި މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ސަރުކާރަށް ގެއްލިގެން ދިއުން ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.

 

" އައްޑޫ ސިޓީން އެދައްކައިދިނީ ހޯހޯއޭ، ދަޅަ ނުދައްކަވާށޭ، ތިމަންނަމެންނަކީ ލޯ ހުޅުވި ސިކުނޑިއާއި ބުއްދީގެ ބޭނުންކުރަން ދަންނަ، ތިމަންނަމެންގެ ކަންކަން ބައްޓަން ކުރަން ދަންނަ ބަޔަކޭ،ނުދޭނަމޭ ސަރުކާރަކަށް އެންމެ ގޮނޑިއެއްވެސް، ބައްލަވާލައްވާ ހެދި ގޮތް" ވަހީދު ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް