ކ. މާލެ
|
9 މެއި 2017 | އަންގާރަ 23:39
އިސްލާމިކް ސްޓޭޓް އިން ބޭނުންކުރަމުންދާ ދިދަ ހިފައިގެން މީހަކު ހިނގަނީ
އިސްލާމިކް ސްޓޭޓް އިން ބޭނުންކުރަމުންދާ ދިދަ ހިފައިގެން މީހަކު ހިނގަނީ
ގޫގުލް
އައިއެސްގެ ދިދަ
އައިއެސް އިން ބޭނުންކުރާ ދިދަ މާލޭގައި ބެހެއްޓި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ދިދަ ބެހެއްޓީ އާދިއްތަ ދުވަހު އާޓިފިޝަލް ބީޗް ސަރަހައްދުގައި
ހައްޔަރުކުރި މީހާގެ ބަންދަށް ހަތް ދުވަސް
ފޭސްބުކް ޕޯސްޓެއްގައި ވަނީ އައިއެސްގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށް

ސީރިއާ އާއި އިރާގުގެ ބައެއް ސަރަހައްދުތަކުގައި، އަމިއްލަ ޚިލާފަތެއް ގާއިމްކޮށްގެން އުޅޭ އިސްލާމިކް ސްޓޭޓް(އައިއެސް) ނުވަތަ ދައުލަތުލް އިސްލާމިއްޔާ އިން ބޭނުންކުރާ ދިދަ މާލޭގައި ބެހެއްޓި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައިއެސް އިން ބޭނުންކުރާ ދިދަ މާލޭގައި ބަހައްޓާފައިވަނީ އާދިއްތަ ދުވަހު އެވެ. އެ ދިދަ ބަހައްޓާފައި ހުރީ އާޓިފިޝަލް ބީޗްގެ ސްކޭޓް ބޯޑް ކުރާ ސަރަހައްދުގަ އެވެ. 

 

 

އެ ސަރަހައްދުގައި ދިދަ ބަހައްޓާފައި ހުރި ފޮޓޯއެއް މީހަކު ވަނީ ފޭސްބުކް ގައި ޕޯސްޓް ކޮށްފަ އެވެ. މުހައްމަދު އާދަމް ކިޔާ މީހަކު ކުރި އެ ޕޯސްޓުގައި ބުނެފައިވަނީ "އިސްލާމިކް ސްޓޭޓްގެ ކަޅު ދިދަ، ކަލިމަތުލް ތައުހީދުގެ ބެނާ" ރާއްޖޭގެ ވެރިރަށް މާލޭގައި ބަހައްޓާފައިވާ ކަމަށެވެ. 

 

މީގެ އިތުރުން އެ ޕޯސްޓުގައި ބުނެފައިވަނީ "ރަސްމީކޮށް އައިއެސްގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާން ފަށާފައިވާ" ކަމަށާއި، އައިއެސްގެ ބާރު ރާއްޖެއަށް ފޯރާފާއިވާ ކަމަށެވެ.

 

އެ ދިދަ ބެހެއްޓި މައްސަލައާ ގުޅިގެން ހައްޔަރުކުރި ކާކު ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދިދަ ބެހެއްޓި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ.

 

އައިއެސް އިން ބޭނުން ކުރަމުންދާ ދިދަ ފަރުމާ ކޮށްފައިވަނީ ތައުހީދުގެ ދެކަލިމަ ލިޔެފަ އެވެ. ދިދައިގެ މެދުގައި ވަނީ އެކިއެކި ރަސްރަސްކަލުންނަށް ރަސޫލާ ފޮނުއްވި ސިޓީފުޅުތަކުގައި ޖެއްސެވި ސިއްކައިގެ ނަކަލެކެވެ. އެކިއެކި ފޮތްތަކުން ފެންނަ ގޮތުގައި މި ދިދަ ފުރަތަމަ ބޭނުން ކޮށްފައިވަނީ އައްބާސީ ޚިލާފަތުގެ ދުވަސްވަރު އެވެ.

 

ސީރިއާ އާއި އިރާގުގައި އައިއެސް އިން ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ދިވެހިން ވަނި ރާއްޖެ ދޫކޮށް ގޮސްފަ އެވެ. އެ ހަނގުރާމައިގައި ގާތްގަނޑަކަށް 200 އެއްހާ ދިވެހިން ބައިވެރިވެފައިވާ ކަމަށް ބޭރުގެ ނޫސްތަކާއި ތަހުގީގީ އިދާރާތަކުން ބުނި ނަމަވެސް، ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އެ އަދަދު ދޮގުކުރެ އެވެ. ކައުންޓަރ ޓެރަރިޒަމް ސެންޓަރުންނާއި ހޯމް މިނިސްޓްރީއިން ބުނާ ގޮތުގައި ހަނގުރާމައަށް ދިޔައީ ގާތްގަނޑަކަށް 30 އެއްހާ ދިވެހިންނެވެ. 

 

ހަނގުރާމައަށް ދިޔަ މައްސަލައިގައި މިހާރު ވެސް ކްރިމިނަލް ކޯޓުގައި ފަސް މީހެއްގެ މައްޗަށް ދައުވާކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ.

- ކޮމެންޓް
10 މެއި 2017 | ބުދަ 00:08
އަބޫތުރާބް
ޚަލީފާއަކަށް ވާނީ ދުނިޔޭގެ ސުޕަރ ޕަވަރ ކަމަށް ބުނާ އެމެރިކާއާއި އެ ކާފަރުނގެ ގޮވުންތަކަށް ޢަމަލާއި ބަހުން އިޖާބަދޭ އެންމެން އެކަމަށް އޯކޭ ދިނީމަތަ؟ އިސްލާމީ ދައިުލާގެ ލީޑަރަކަށް ހުރި ޢަބޫބަކުރު ބްޢްދާދީގެ ދީނީފެންވަރު އެނގިލައްވާތޯ؟ ޒަމާމާނީ ، މިއަދު މިދެކޭ ދުނުޔޭގެ ވެރިންގެ ފެންވަރަށް ބެލިނަމަވެސް އޮބާމާއަށް ވުރެ މަތީ .އިލްމު ހޯދާފަހުރި ބޭކަެއް ބަޢްދާދީއަކީ.
9 މެއި 2017 | އަންގާރަ 23:39
ޢަބްދުﷲ
ސުބްޙާނަﷲ ، ﷲ ގެ ކަލިމަފުޅު އެކުލެވިގެންވާ ދިދަ އެއީ މި ބިންމަތީ ވިހުރެންވާ އެންމެމަތިވެރި ދިދަ ނޫންތަ؟ ތަޢުޙީދުގެ ކަލިމަ ރަމްޒު ކޮށްދޭ ލިއުމެއް ، އެއްޗެއް ފެނުމުން ، ނުވަތަ މީހަކު ބެހެއްޓުމުން އެ މީހަކު ގެންގޮސް ބަަންދު ކުރުމުން އަންގައިދެނީ ﷲ އާދިމާ އިދިކޮޅު ހެދުމުގަ އެ ފުލުހުން ނުވަތަ އެ ވެރިކަމުން ހައްދުފަހަނަ އަޅާފަވާކަން. އެ ދިދައަކީ އެއްވެސް ހާލެއްގަ ހައްދު ފަހަނަ އަޅާފަ ވާއެއްޗެއް ނޫން ، ބައެއް ބޮޑެތި ކާފަރު ޤަޢުމުތަކުގަ މިސާލަކަށް ސުވިޑްންފަދަ ޤައުމުގަ އެ ދިދަ ގެންގުޅުމާއި ވިހުރުުން ޤާނޫނީ ގޮތުން ހުއްދަ. އެހެންވީމަ %100 މުސްލިމް ނަން އޮންނަ މި ރާއްޖޭގަ މިފަދަ ދަށު ދަރަޖައިގެ ކަންތައް ވެރިކަމުގެ ފަރާތުން ކުރުމީ ޖޯކެއްނު؟ ވަލިއްޔުލް ޢަމްރު ގެ ބޭނުމެއްނެތެއްނު ، ﷲ ގެ ނަންފުޅުގެ ދިދަ އެއް ފެނުމުން މުޅި ޤައުމު އެލާރޓުވީމަ؟.
9 މެއި 2017 | އަންގާރަ 23:29
Abu hafs
Dhawlathul islam... baagiyaa!