Advertisement
ކ. މާލެ
|
9 މެއި 2017 | އަންގާރަ 18:01
އާސަންދަ ހިދުމަތް
އާސަންދަ ހިދުމަތް
އަޒުމޫން އަހުމަދު
އާސަންދަ ހިދުމަތް
އާސަންދަ ހިދުމަތުގެ ބޭރުގެ ސިއްހީ ފަރުވާ އަށް 89 މިލިއަން ރުފިޔާ
ސިއްހީ ހިދުމަތްދޭ އަމިއްލަ ތަންތަނުން އާސަންދަ ދޭން ސަރުކާރުން ވަނީ ފަށާފައި

މިއަހަރުގެ މިހާތަނަށް އާސަންދައިން ގައުމުން ބޭރުން ފަރުވާ ހޯދާ ފަރާތްކަމަށް 89 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އާސަންދަ ކުންފުނިން މިއަހަރުގެ މިހާތަނަށް 89 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި ސިއްހީ ހިދުމަތްދޭ އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ ބިލްތަކުގެ އަދަދު 2000 އަށް ވުރެ ގިނަ އެވެ. މި ބިލްތަކުގެ ތެރޭގައި ހަމަސް ދުވަސް ވެފައިވާ ބިލްތައް ހިމެނެ އެވެ.

 

އާސަންދަ ކުންފުނިން ކަނޑައަޅާފައިވާ އުސޫލުގައިވާގޮތުން، ސިއްހީ ހިދުމަތްދޭ ތަންތަނުން ހުށަހަޅާ ބިލްތަކަށް އެއް މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ހަލާސްކުރަން ޖެހެ އެވެ.

 

އާސަންއިން މިހާގިނަ އަދަދެއް ބޭރުގެ ހޮސްޕިޓަލުތަކަށް ހޭދަކޮށްފައިވާ އިރު، ބޭރު ހޮސްޕިޓަލުތަކާއި ކުރާ މިފަދަ މުއާމަލާތްތަކަކީ ޑޮލަރުން ކުރާ މުއާމަލާތްތަކެވެ. ޑޮލަރުން ބަލާނަމަ މިއީ ފަސް މިލިއަން ޑޮލަރެވެ. ރާއްޖެއިން ކޮންމެ އަހަރުވެސް އެތަށް މިލިއަނުން ޑޮލަރު ސިއްހީ ހިދުމަތައް ހޭދަކުރެ އެވެ.

 

އާސަންދައަށް ގައުމުން ބޭރުންނާއި ރާއްޖޭގެ ޕްރައިވެޓް ސިއްހީ ހިދުމަތްދޭ މަރުކަޒަށް އެތަށް ހަރަދެއް ކުރަމުންދާ އިރު މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި، ސިއްހީ ހިދުމަތްދޭ އަމިއްލަ ތަންތަނުން އާސަންދަ ހިދުމަތް މެދުކަނޑާލުމަށްފަހު، ހޯމަ ދުވަހު އަނެއްކާވެސް ކުރިން ކަނޑައަޅާފައިވާ އުސޫލަށް ވަނީ ބަދަލުކޮށްފަ އެވެ.

 

މިކަމާ ގުޅޭގޮތުން ހޯމަ ދުވަހު ހެނދުނު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އާސަންދައަކީ، ދިވެހިރާއްޖޭގެ ހުރިހައި ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު ފެންވަރުގެ އަސާސީ ޞިއްޙީ ޚިދްމަތް ލުއިފަސޭހަ ގޮތެއްގައި ލިއްބައިދިނުމުގެ ގޮތުން ޤައުމީ ފެންވަރުގައި ހިންގަމުންގެންދާ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ނިޒާމެއް ކަމަށެވެ. އަދި ނިޒާމު މިހާރު ބައްޓަންކުރެވި ހިނގަމުންދާ ގޮތަކީ، މިފަދަ ނިޒާމެއް ހިންގުމަށް އެންމެ ދެމެހެއްޓެނިވި ގޮތްކަމަށް ނުވާކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

 

ރައީސް އޮފީހުން ބުނީ، އާސަންދަ ކުންފުނިން ސިއްހީ ހިދުމަތްދޭ އަމިއްލަ ތަންތަނުން ނިންމި ނިންމުމަކީ އެއްގޮތަކަށްވެސް ސަރުކާރުގެ ހުށަހެޅުމެއްނޫން ކަމަށެވެ. އަދި އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމަށް މެދުވެރިވާ އަމިއްލަ ފަރާތްތައް އެކަހެރި ކުރުމަށް ސަރުކާރުން އެއްވެސް ލަފައެއް ދީފައެއްނުވާނެކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް
9 މެއި 2017 | އަންގާރަ 20:46
ޗިންދީ
!ތިފައިސާއިން ރާއްޖޭގައި ރަނގަޅު ސިއްޙީ ފަރުވާލިބޭނެ ނިޒާމެއް ގާއިމްކުރުން މާ ބުއްދިވެރި. މަ މިހެން ބުންޔަސް ކާކުދޯ އެކަން ކުރާނީ