Advertisement
ކ. މާލެ
|
9 މެއި 2017 | އަންގާރަ 17:41
ލޯކަލް ކައުންސިލް އިންތިހާބުގައި މީހަކު ވޯޓުލަނީ
ލޯކަލް ކައުންސިލް އިންތިހާބުގައި މީހަކު ވޯޓުލަނީ
ރާއްޖެއެމްވީ
ލޯކަލް ކައުންސިލް އިންތިހާބު
ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރަން ފަށައިފި
އެންމެ ފުރަތަަމަ އިއުލާނު ކޮށްފައިވަނީ 3 ދައިރާގެ ވަގުތީ ނަތީޖާ
މިއަދުގެ އެކި ވަގުތުތަކުގައި އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކުރާނެ

ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރަން އިލެކްޝަންސް ކޮމިޝަނުން ފަށައިފި އެވެ.

 

އިންތިހާބީ މައި މަރުކަޒު ބާ ޖަމާލުއްދީންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އިލެކްޝަންސް ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލް އަހްމަދު އަލީ ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ގެނައުމަށް އެކޮމިޝަނުގެ މުއައްޒަފުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

 

އިލެކްޝަންސް ކޮމިޝަނުން ވަގުތީ ނަތީޖާ އިއުލާނުކޮށްފައިވާ އިރު، 11:00 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވަނީ ތިން ދައިރާއެއްގެ ނަތީޖާ އިއުލާނުކޮށްފަ އެވެ.

 

އެގޮތުން އިއުލާނުކޮށްފައިވަނީ. އދ.ފެންފުއްޓާއި އދ ކުނބުރުދޫގެ އިތުރުން ރ. ފައިނުގެ ލޯކަލް އިންތިހާބުގެ ނަތީޖާ އެވެ. މި ނަތީޖާތަކުން ދައްކާގޮތުން ރ ފައިނުގެ ކައުންސިލްގެ މެޖޯރިޓީ އަމިއްލަ މެންބަރުން ހޯދާފައިވާ އިރު ކުނބުރޫދޫ އާއި ފެންފުށީގެ ކައުންސިލް ކާމިޔާބު ކޮށްފައިވަނީ ޕީޕީއެމްއިން ނެވެ.

 

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބުގެ ވަގުތީ ނަތީޖާ، މިއަދުގެ އެކި ވަގުތުތަކުގައި އިއުލާނުކުރައްވާނެ ކަމަށެވެ.

 

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު ވަނީ އެރޭ 08:00 އަށް ދިގު ދެމިގެން ގޮސްފަ އެވެ. އިލެކްޝަންސް ކޮމިޝަނުން ހަވީރު 04:00 އަށް އިންތިހާބު ބަންދު ކުރުމަށް ކުރިން ކަނޑައެޅި ނަމަވެސް އިންތިހާބުގެ ވަގުތު އިތުރު ކުރީ ދިމާވި ބައެއް މައްސަލަތަކާއި ގުޅިގެން ބައެއް ފޮށިތައް ބަންދުކުރި ވަގުތު އިތުރު ކުރަންޖެހުމުގެ ސަބަބުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

 

އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ވަގުތީ ނަތީޖާ ތިން ދައިރާއަކުން އިއުލާނުކޮށްފައިވާ އިރު ރާއްޖެޓީވީ އިން މިހާތަނަށް އެއްކޮށްފައިވާ މައުލޫމާތުތަކަށް ބަލާ އިރު އިންތިހާބުގައި އެންމެ ގިނަ ވޯޓު ފޮށިތައް ކާމިޔާބުކޮށްފައިވަނީ، އެމްޑީޕީންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް
9 މެއި 2017 | އަންގާރަ 13:35
އަސޭލާ
ތިޔަ ފަޑިޔާރުން ދަދި އަވަހަށް ވަކި ކުރެވޭނެ.