Advertisement
ކ. މާލެ
|
9 މެއި 2017 | އަންގާރަ 16:13
ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަ ޔާމީން ރަޝީދު
ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަ ޔާމީން ރަޝީދު
ޓްވިޓަރ
ޔާމީން މަރާލުން
ޔާމީންގެ މަރާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި
ޔާމީންގެ މަރާ ގުޅިގެން މީގެ ދެ މީހަކު ކުރިން ހައްޔަރުކޮށްފައިވޭ
ފުލުހުންގެ ބަހެއް ނުލިބޭ
ޔާމީން މަރާލީ އިންޒާރުތައް ދިނުމަށް ފަހު

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަ ޔާމީން ރަޝީދު މަރާލި މައްސަލައިގައި އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

 

ފުލުހުންވެސް ވަނީ ޔާމިންގެ މަރުގެ މައްސަލައިގައި އިތުރު ހަތަރު މީހަކު ހައްޔަރުކުރިކަން ކަށަވަރުކޮށްދީފައެވެ.

 

 އޭޕްރީލް 22 ވަނަ ދުވަހުގެ ރޭ، ހަށިގަނޑުގެ އެތައް މިތަނަށް ވަޅި ހަރައި އުމުރު 29 އަހަރުގެ ޔާމީން މަރާލި މައްސަލައިގައި މީގެ ކުރިން ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެހެންވެ މިހާރު ހައްޔަރުކޮށްފައި ތިބި މީހުންގެ ޖުމްލަ އަކީ ހަ އެކެވެ.

 

ނޫސްވެރިޔާ އަހްމަދު ރިލްވާންގެ އެކުވެރިޔާ، ޔާމީން މަރާލާފައި ވަނީ އޭނާ ދަންވަރު އޮފީހުގައި އުޅުމަށް ފަހު، ހިނގާފައި ގެޔަށް ގޮސް ވަން ވަގުތު އެވެ. އޭގެ ހަށިގަނޑުގެ އެތައް މިތަނަށް ވަޅި ހަރައި މަރާލި ކަމަށް ތުހްމަތު ކުރެވޭ ދެ މީހުންގެ ފޮޓޯ ފުލުހުން އާންމުކޮށްފައިވާއިރު، އެއީ ކޮން ބައެއް ކަމެއް، އަދި ހައްޔަރު ކުރި މީހުންގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުން ހާމައެއް ނުކުރެ އެވެ.

 

 ޔާމީން މަރާލީ އޭނާ އަށް މަރުގެ އެތައް އިންޒާރެއް ދެމުން ދިއުމަށް ފަހު އެވެ. އިންޒާރު ދިން ބައެއް މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައިވާއިރު، އޭނާ އަށް ރައްކާތެރިކަން ދީފައެއް ނެތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
9 މެއި 2017 | އަންގާރަ 12:25
ސާދާސީދާ
މިއީ ލޯކަލް ކައުންސިލް އިންތިޚާބުން ބޮޑުތަނުން ބަލިވީމައި ވޯޓު އޮޅުވަން ދައްކާ ވާހަކަ
9 މެއި 2017 | އަންގާރަ 12:23
ކަނައްކަފޫޅު
ޔާމިންގެ ހަޤީޤީ ގާތިލުންނަކީ ކޮންބައެއްކަން ދިވެހި ރައްޔތުންގެ ގިނަބަޔަކަށް އޮޅިފައެއް ނެތް