Advertisement
ކ. މާލެ
|
9 މެއި 2017 | އަންގާރަ 00:37
ޔާމީން ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކޮލަންބޯ ހައިކޮމިޝަން ކުރިމަތީ ކުރި މުޒާހަރާ
ޔާމީން ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކޮލަންބޯ ހައިކޮމިޝަން ކުރިމަތީ ކުރި މުޒާހަރާ
ރާއްޖެއެމްވީ
ޔާމީން ރަޝީދު
ޔާމީން ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކޮލަންބޯ ހައިކޮމިޝަން ކުރިމަތީ މުޒާހަރާކޮށްފި
މީ ބައިނަލް އަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް މިކަން ގެނައުމަށްޓަކައި ފެށިފައިވާ މަސައްކަތުގެ ތެރެއިން ކުރެވިގެންދާ ކަމެެއް
މިކަން އެހާ ފަސޭހައިން ދޫ ނުކުރާނަން
އަންނަ ހުކުރުދުވަހު ލަންކާގައި ބޮޑެތި ހަރަކާތްތަކެއް ބޭއްވުމަށް މިދަނީ ރާވަމުން

އިހާނެތިގޮތަކަށް ގައިގެ އެތަންމިތަނަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ލިޔުންތެރިޔާ ޔާމީން ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ އާއިލާގެ ފަރާތުން ލަންކާގެ ކޮޅުބުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން ކުރިމަތީ އިހްތިޖާޖުކޮށްފިއެވެ.

މި އިހްތިޖާޖުގައި އިސްކޮށް ހުންނެވި ޔާމީންގެ އާއިލާގެ އަލީ ޖަވާދު އިބްރާހިމް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މީ ބައިނަލް އަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް މި މައްސަލަ ގެނައުމަށްޓަކައި ފެށިފައިވާ މަސައްކަތުގެ ތެރެއިން ކުރެވިގެންދާ ކަމެއްކަމަށެވެ.

ޖަވާދު ވިދާޅުވީ މި އިހްތިޖާޖުގައި ލަންކާގައި ތިބި ޔާމީންގެ އާއިލާގެ މެންބަރުންނާއި ބައެއް ދިވެހިން ބައިވެރިވެފައިވާއިރު، މި އިހްތިޖާޖު ކަވަރު ކުރުމުގައި ލަންކާގެ ނޫސްވެރިންވެސް ބައިވެރިވެފައިވެއެވެ.

ޖަވާދު ވިދާޅުވީ ހައިކޮމިޝަނުގެ ބޭފުޅުންނާއި ބައްދަލުކުރުމަށް މަސައްކަތްކުރި ނަމަވެސް އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވާކަމަށާއި، މި މައްސަލައިގައި، އެބޭފުޅުންނަށް ކޮށްދެވޭނެ ކަމެއް ނެތްކަމަށް ވިދާޅުވެފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، މިކަން އެހާ ފަސޭހައިން ދޫ ނުކުރާނެކަމަށާއި، ދިވެހި ފުލުހުންނާއި ކަމާގުޅޭ އެއްވެސް މުއައްސަސާއަކުން ޔާމީންގެ މައްސަލައިގައި، އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް އާއިލާއިން ގަބޫލް ނުކުރާކަމަށެވެ. އެހެންކަމުން މި މައްސަލައިގައި އެ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށްޓަކައި އަންނަ ހުކުރުދުވަހު ލަންކާގައި ބޮޑެތި ހަރަކާތްތަކެއް ބޭއްވުމަށް ރާވަމުންދާކަމަށެވެ. އެގޮތުން ލަންކާގައި ދިރިއުޅޭ ރައްޔިތުން ސޮއިކުރުމަށްޓަކައި ޕެޓިޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ފަށާނެކަމަށެވެ.

ޖަވާދު ވިދާޅުވީ ޔާމީނާއި ރިލުވާނަށް އިންސާފު ހޯދައި ދިނުމަށް އާއިލާގެ ފަރާތުން ކުރެވެން ހުރި ހުރިހާކަމެއް ކުރާނެކަމަށެވެ.

ބްލޮގަރ ޔާމީން ރަޝީދު އަނިޔާވެރިގޮތަކަށް މަރާލަފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ މއ.ސްޕެޓިއުލާގޭގެ ސިޑިކައިރީގައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް