Advertisement
ކ. މާލެ
|
8 މެއި 2017 | ހޯމަ 23:47
ޢާޅި ޙަޅީޑޫ
ޢާޅި ޙަޅީޑޫ
ސަން އޮންލައިން
ޢާޅި ޙަޅީޑޫ
ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ އަލީ ހާލިދު މަގާމުން ވަކިކޮށްފި
އަލީ ހާލިދު މަގާމުން ވަކިކުރު ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރޭ
އަލީ ހާލިދަކީ ވެމްކޯގެ ޗެއާމަންގެ މަގާމް ވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެއް

ރައީސް އޮފީހުގެ ޗީފް ކޮމިޔުނިކޭޝަން އޮފިސަރުގެ މަގާމުގައި ހުންނެވި އަލީ ހާލިދު އެ މަގާމުން ވަކިކޮށްފިއެވެ.

އަލީ ހާލިދު ރައީސް އޮފީހުގެ ޗީފް ކޮމިޔުނިކޭޝަން އޮފިސަރުގެ މަގާމުން ވަކިކުރި ނަމަވެސް އެކަމާގުޅޭ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ދީފައެއް ނުވެއެވެ.

މަގާމުން ވަކިކުރި ސަބަބު ސާފް ކުރުމަށް ރާއްޖެއެމްވީން އަލީ ހާލިދު އަށް ގުޅި ނަމަވެސް ފޯން ނިއްވާލާފައި އޮތުމުގެ ސަބަަބުން އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ރައީސް އޮފީހުގެ ޗީފް ކޮމިޔުނިކޭޝަން އޮފިސަރުގެ އިތުރުން އަލީ ހާލިދަކީ ކުނި ނައްތާލުމުގެ މަސައްކަތްކުރަން ސަރުކާރުން އުފައްދާފައިވާ ވެމްކޯގެ ޗެއާމަން ވެސް މެ އެވެ. އެކަމަކު އެ މަގާމުން އޭނާ ވަކިކުރިކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް މުވެއެވެ.

މިކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ އަށް ގުޅާލުމުން މެސެޖަކުން ދެއްވި ޖަވާބުގައި ވިދާޅުވީ މީޑިއާއި ހިއްސާކުރަން ޖެހޭ ނައުލޫމާތު ރައީސް އޮފީހުން އިސްވެ މީޑިއާތަކާ ހިއްސާކުރާނެ ކަމަށެވެ. އޭގެ އިތުރަށް އެއްވެސް ވާހަކައެއް މުއާޒް ވިދާޅެއްނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް