Advertisement
ކ. މާލެ
|
8 މެއި 2017 | ހޯމަ 06:34
ޝަރީފްގެ ވޯޓު ހިމެނޭ އިލެކްޝަން ކޮމިޝަންގެ ނަތީޖާ ޝީޓް
ޝަރީފްގެ ވޯޓު ހިމެނޭ އިލެކްޝަން ކޮމިޝަންގެ ނަތީޖާ ޝީޓް
ރާއްޖެއެމްވީ
ލޯކަލް ކައުންސިލް
އަޅުގަނޑުގެ ވޯޓު އޮޅުވާލީ ވައްކަން ކުރުމަށް: ޝަރީފް
ވޯޓުލީ ކަމަށް ފެންނަން އޮތީ 7 ކެނޑިޑޭޓުންނަށް، އެކަމަކު ހޮވަން ޖެހެނީ ފަސް ކެނޑިޑޭޓުން
މިގޮތަށް އެހެން ފޮށި ތަކުގައި މައްސަލަ ހުރުމަކީ އެކަށީގެންވާ ކަމެއް
މިފަހަރުގެ އިންތިހާބުގައި ޖުމްލަ 422 ވޯޓު ފެށި ބަހައްޓާފައިވޭ

ގއ. ކޮލަމާފުއްޓަށް ވޯޓުލީ ގދ. ތިނަދޫ އިސްމާއިލް ޝަރީފްގެ ވޯޓު އޮޅުވާލާފައި ވަނީ ވައްކަން ކުރުމުގެ ނިޔަތުގައި ކަމަށް އޭނާ ބުނެފިއެވެ.

 

ތިންވަނަ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން މިދިޔަ ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ކުރިއަށްދިޔައިރު ބައެއް ސަރަހައްދުތަކުގައި ބެހެއްޓި ވޯޓު ފޮށިތަކުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ރައްޔިތުން އަންނަނީ ބުނަމުންނެވެ. އެގޮތުން ބައެއް މީހުން ވޯޓުލާން ދިޔައިރު އެމީހާގެ ނަން މަތީގައި އެހެން މީހަކު ވޯޓުލާފައި ހުރުމާއި އަދި އެމީހަކު ލީ ވޯޓުގައި ވޯޓުލާންޖެހޭ ކެނޑިޑޭޓުންގެ އިތުރަށް އެހެން ކެނޑިޑޭޓުންނަށް ވޯޓުލާފައިވާ ކަމުގެ ޝަކުވާތައް ވެސް ފެންމަތިވިއެވެ.


ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ތިނަދޫއަށް އުފަން އިސްމާއިލް ޝަރީފް ބުނީ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލީ އިރު އޭނާ ހުރީ ގއ. ކޮލަމާފުށީގައި ކަމަށާއި އަދި އެރަށުގައި ހުރި ވޯޓު ފޮއްޓަށް ތިނަދޫ ރައްޔިތަކަށް ވޯޓުލާފައި ވާނީ އޭނާ އެކަނި ކަމަށެވެ.

 

ޝަރީފް ބުނީ ވޯޓުލާ ނިމުމަށްފަހު ވޯޓު ގުނާ ވޯޓިން ލިސްޓް ބެލިއިރު އޭގައި ޖުމްލަ ހަތް ކެނޑިޑޭޓަކަށް ވޯޓުލާފައިވާ ކަމަށް ފެންނަން އޮތް ކަމަށެވެ. އަދި އެއީ ސައްހަ ލިސްޓެއް ނޫންކަމަށް އަމިއްލައަށް ގަބޫލުކުރެވިގެން އެކަން ވޯޓުލާ މަރުކަޒުގައި ހުރި ވެރިޔާގެ ސަމާލު ކަމަށް ގެނައި ކަމަށެވެ.

 

ގދ. ތިނަދޫއަށް ފަސް ކެނޑިޑޭޓުން އައްޔަން ކުރުމަށް އޮންނަ އިރު ޝަރީފް ވޯޓު ދީފައި ވަނީ އެމްޑީޕީ ތަމްސީލްކުރާ ފަސް ކެނޑިޑޭޓަށެވެ. އެހެން ނަމަވެސް ޝަރީފް ރާއްޖެޓީވީއާ ހިއްސާކުރި އިލެކްޝަން ކޮމިޝަންގެ ނަތީޖާ ޝީޓުގެ ދެ ފޮޓޯގެ ތެރެއިން އެއް ފޮޓޯގައި އޭނާ ވޯޓު ދީފައިވަނީ 7 ކެނޑިޑޭޓުންނަށް ކަން ފެންނަން އޮތެވެ.

 

"އަޅުގަނޑު ވޯޓުލީ އެމްޑީޕީގެ ފަސް ކެނޑިޑޭޓަށް، އެހެން ނަމަވެސް މީގެ ތެރޭގައި ޕީޕީއެމްގެ ދެ ކެނޑިޑޭޓުންނަށް ވެސް ވޯޓުދިން ކަމަށް ފެންނަން އެބައޮތް، މިއީ ވެގެންވާނެ ކަމެއް ނޫން ދެއްތޯ، މިއީ ހަމަ ސީދާ ވައްކަން ކުރުން، އެނޫން އެހެން އެއްވެސް ކަމެއް ނޫން." ޝަރީފް ބުންޏެވެ.

 

ޝަރީފް ބުނީ އެ ލިސްޓުގައި ވޯޓު ލާފައި އޮތީ އޭނާ އެކަނިކަން ކަނޑައެޅިގެން އޮތްއިރު، އަދި އެރަށުގައި ހުރި ފޮއްޓަށް ތިނަދޫގެ އިތުރު ރައްޔިތަކު ވޯޓުލާފައި ނުވާއިރު، އެއީ ސައްހަ ނިންމުމެއް ނޫން ކަމަށް ބުނުމުން ވޯޓު ފޮށީގެ ވެރިޔާ އެކަމާ ދެކޮޅު ހެދި ކަމަށެވެ. އެހެން ނަމަވެސް ފަހުން އެކަން ގަބޫލުކޮށް ވޯޓު ފޮށި ގުނުމުގައި ހަރަކާތްތެރިވި އޮފިޝަލްގެ ކިބައިން އެކަން ސާފުކުރުމަށް މަސައްކަތްކޮށް އެއީ އޮފިޝަލްގެ އަތުން ހެދުނު ގޯހެއް ކަމަށް ބުނެފައިވާ ކަމަށެވެ.

 

ޝަރީފް ބުނީ އެކަން ހިނގިގޮތް ސާފުކުރުމަށް އެދުމުން އެގޮތަށް އެކަންވީ އޮފިޝަލް ނިދި އައިސްފައި ހުރުމުން ކަމަށް ބުނެފައިވާ ކަމަށެވެ. އޭނާ ބުނީ އެކަމާ ހިތްހަމަ ނުޖެހިގެން ވޯޓު ފޮށީގެ ވެރިޔާއަށް ކެނޑިނޭޅި ޝަކުވާ ކުރުމުން އެކަން އިސްލާހުކޮށްފައިވާ ކަމަށެވެ.

 

"އޮފިޝަލް ނިދި އައިސްގެން މިހެން ކަންކުރީ، އަޅުގަނޑުވެސް ގަބޫލުކުރަން މިކަން ކުރަނީ އިންސާނުންކަން، ދެން ކީއްވެތޯ ހަވީރު 4 ޖަހާއިރަށް ފޮށިތައް ބަންދުކުރަން އޮއްވާ ރޭގަނޑު 8 އަށް ބަދލުކުރީ، ހަމަ މިގޮތަށް މަކަރު ހަދަން ބޭނުންވަނީ، ނިދި އައިސްގެންވެސް މިވަރުގެ ކަމެއް އެންމެ މީހެއްގެ ވޯޓަކުންވެސް ކޮށްފަ އޮތުމަކީ ވައްކަން ކުރުން." ޝަރީފް ބުންޏެވެ.

 

ޝަރީފް ބުނީ މިކަމަކީ އޭނާގެ ދެލޮލަށް ފެނިގެން ހިނގާފައި އޮތް ކަމެއް ކަމަށާއި އަދި އެކަން ކުއްވެރިކުރާ ކަމަށެވެ. އަދި މިކަން މިހެން އޮތްއިރު ނޭނގި ނަމަވެސް ރާއްޖޭގެ އެތައް ފޮއްޓަކުން މިގޮތަށް ކަންތައްތައް ކޮށްފައިވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
8 މެއި 2017 | ހޯމަ 09:57
mohamed
insaanun viyyaa thihen vedhaane . konmes varakah emeehunahves ithubaarukuranvaane