Advertisement
ކ. މާލެ
|
8 މެއި 2017 | ހޯމަ 04:22
ފައްޔާޒް ކުނޫޒް ޖަލްސާގައި ވާހަކަދައްކަަވަނީ
ފައްޔާޒް ކުނޫޒް ޖަލްސާގައި ވާހަކަދައްކަަވަނީ
ރާއްޖެއެމްވީ
ކުނޫޒް ޖަލްސާ
ކައުންސިލް އިންތިޚާބުން އިސްލާހަށް ކުރާ މަސައްކަތް ރައްޔިތުން ބަލައިގަތްކަން ޔަގީންވެއްޖެ: ފައްޔާޒު
ފައްޔާޒު ވަނީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވެފަ
އިދިކޮޅު ފަރާތްތަކަށް މިއަދު ލިބިފައިވަނީ 42 މެންބަރުންނެއް ނޫން، 52 މެންބަރުން
އާސަންދަ ޚިދުމަތް މެދުކަނޑާލާފައިވަނީ ދަރަންޏަށް ނުތަކައިގެން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން، ގުޅިގެން އިސްލާހަށް ފެށި މަސައްކަތް ރައްޔިތުން ބަލައިގެންފައިވާކަން ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއިން އެނގޭ ކަމަށް ގަމު ދައިރާގެ މެންބަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، މެންބަރު ފައްޔާޒް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގައި ފެނިގެންދިޔައީ ކޮރަޕްޝަނާއި އޮޅުވާލުންތަކައް ރައްޔިތުން ނޫނެކޭ ބުނި މަންޒަރުކަމަށެވެ.

ފައްޔާޒް ވިދާޅުވީ، ރައްޔިތުން މި ނިންމި ނިންމުމުން ދައްކުވާދެނީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގުޅިގެން މަސައްކަތް ކުރުމަށް ރައްޔިތުން ބަލައިގެންފައިވާ މިންވަރު ކަމަށާއި ކުރިއަށް އޮތް ތަނުގައި ކޯލިޝަނުން ކުރަމުންދާ މަސައްކަތް ބާރަށް ކުރިއަށްގެންދަންޖެހޭ ކަމަށެވެ.

މި ކޯލިޝަނުގައި އެކުގައި މަސައްކަތް ކުރާ މީހުންނަކީ ވިސްނުމާއި ފިކުރު ތަފާތުވި ކަމުގައިވީ ނަމަވެސް ހަމައާއި އިންސާފު ގެނައުމަށް މަސައްކަތް ކުރައްވާނެ ބައެއްކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒު ވިދަޅުވީ، މި ސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ބާރަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި މިކަމުގައި ސާބިތުކަމާ އެކު ތިބޭނެ ކަމަށެވެ.

ފައްޔާޒް ވަނީ ސިއްހީ ހިދުމަތްދޭ އަމިއްލަ ތަންތަނުން އާސަންދަ ހިދުމަތް މެދުކަނޑާލުމާއި ގުޅިގެން އެކަމަށް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ބައެއް ފަރާތްތަކުން ސަރުކާރުން އާސަންދަ ޚިދުމަތް މެދުކަނޑާލީ، ކައުންސިލް އިންތިހާބުގައި ލިބުނު ނަތީޖާއަށް ހިންހަމަނުޖެހުމުން ކަމަށް ބުނަމުންދާ ކަމަށެވެ. ނަމަވެސް އާސަންދަ ޚިދުމަތް މެދުކަނޑާލާފައިވަނީ އާސަންދަ ހިންގާ ކުންފުނި ކްލިނިކްތަކުގެ ކްރެޑިޓްގައި ހިންގަމުންދާތީ ދަރަންޏަށް ނުތަކައިގެން ކަމަށް ވިދާޅުވެ، ސަރުކާރުގެ ހުސްނުވާ އާސަންދައިގައި އިގްތިސާދީ އެއްވެސް ތަސައްވަރެއް ނެތްކަމަށް ފައްޔާޒް ވިދާޅުވިއެވެ.

" 2018 ގެ އިންތިހާބުގައި ބުއްފުޅިކޯލިޝަން އެއްކޮށް ގޮސް މި އިންތިހާބު ކާމިޔާބުކުރާނަން. އަދި އެޕަޓީއަކުން ބޭނުންވާފަދަ ނަތީޖާއެއް ނެރެވޭނެ ގޮތް ހަދައިދޭނަން" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް މިއަދު ލިބިފައިވަނީ 42 މެންބަރުން ނޫން ކަމަށާއި އެފަރާތްތަކަށް ލިބިފައިވަނީ 52 މެންބަރުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މަޖިލީހުގެ ތެރެއިން ކަންކަން އިސްލާހު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި ސަރުކާރުން ސިޔާސީ ޕާޓީތަކުގެ އިސްވެރިން ހިފާ ހައްޔަރު ކުރި ނަމަވެސް ހައްޔަރުކުރާ މީހަކަށް އިތުދު ދެ މީހުން ގުޅިފައިވާ ޕާޓީތަކަށް ހޯދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް