Advertisement
ކ. މާލެ
|
8 މެއި 2017 | ހޯމަ 00:50
އަބްދުﷲ ރިޔާޒް
އަބްދުﷲ ރިޔާޒް
ރާއްޖެ އެމްވީ
އަބްދުﷲ ރިޔާޒް
ރިޔާޒްގެ ޝަރީޢަތް ކެންސަލް ކުރީ ބަންދު ދުވަހަކަށް ވުމުން: ވަކީލުން
ރިޔާޒްގެ މައްޗަށް ދައުވާކުރާ މައްސަލާގައި ހެކިންގެ ހެކިބަސް ނަގާ ނިމިއްޖެ
ދެން ބާއްވާ ޝަރީޢަތެއްގައި ކުރިއަށް ދާނީ ދެ ފަރާތުން ހުށަހަޅާފައިވާ ކިތާބީ ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުން
ފުލުހުންގެ ފޮރިންސިކް ޓީމަށް ރިޔާޒްގެ ފޯން ހުޅުވޭ ގޮތެއް ނުވި

ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ދައުލަތުން އުފުލާފައި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ޝަރީޢަތް އާދީއްތަ ދުވަހު ކެންސަލް ކުރީ ބަންދު ދުވަހަކަށް ވާތީ ކަމަށް ކޯޓުން ބުނެފައިވާ ކަމަށް ރިޔާޒްގެ ވަކީލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ރިޔާޒްގެ ގާނޫނީ ވަކީލް ހިސާން ހުސެން ވިދާޅުވީ ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީޢަތެއް އާދީއްތަ ދުވަހު މެންދުފަހު 3:00 އަށް ތާވަލް ކުރި ކަމަށާއި ނަމަވެސް އެ ޝަރީޢަތް ކެންސަލް ކުރީ ކަމަށެވެ. އަދި މައްސަލައިގައި ދެން ޝަރީޢަތެއް ބާއްވާނެ ދުވަހެއް އަދި ކޯޓުން ބުނެފައި ނުވާ ކަމަށް ހިސާން ވިދާޅުވިއެވެ.

ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން ބުދަ ދުވަހު ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި ރިޔާޒުގެ ފޯނުގެ ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި ސްޓާފް ސާޖެންޓް އިސްމާއިލް ޝަރީފް ހެކި ބަސް ދެމުން ބުނީ ރިޔާޒުގެ ފޯނު ލޮކް ކޮށްފައި އޮތުމުން ރިޔާޒުގެ ފޯނުން އެއްވެސް ޑޭޓާއެއް ނެގިފައިނުވާ ކަމަށެވެ. އެ ފޯނުން ޑޭޓާ ނަގަން މަސައްކަތް ކުރީ ފުލުހުން ބޭނުންކުރާ ހާއްސަ ސޮފްޓްވެއާއެއް ބޭނުން ކޮށްގެން ކަމަށް އިސްމާއީލް ޝަރީފް ބުންޏެވެ.

އިސްމާއީލް ބުނީ އެ ސޮފްޓްވެއާގެ ސަބަބުން ފޯނުގައި ހުރި އެއްވެސް ޑޭޓާއަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. އޭނާ ބުނީ، ރިޔާޒުގެ ފޯނު ފޮރިންސިކް ޓީމަށް ލިބުނުއިރު ފޯނުއޮތީ ނިއްވާލާފައި ކަމަށާއި ނަމަވެސް ޕިން ޖަހައިގެން ހުޅުވަން ފޮރެންސިކް ޓީމުން މަސައްކަތް ނުކުރާ ކަމަށެވެ. އަދި ފިންގަޕްރިންޓް ބޭނުން ކޮށްގެން ވެސް ފޯން ހުޅުވަން މަސައްކަތް ކޮށްފައި ނުވާނެކަމަށް އިސްމާއީލް ޝަރީފް ބުންޏެވެ.

ޝަރީއަތް ހިނގަމުން ދަނިކޮށް ރިޔާޒް ވަނީ ފޯނުގެ ލޮކް ކޯޑް ފުލުހުންނަށް ދީފައެވެ. އެހެންވެ، އެ ފޯނު މިހާރު ހުޅުވުނުތޯ ދިފާއީ ވަކީލުން ސުވާލު ކުރުމުން ފަނޑިޔާރުން ވަނީ އެ ސުވާލު ނުކުރެވޭނެ ކަމަށް ވިދާޅުވެ، ސުވާލު ކުރުން ހުއްޓުވައިފައެވެ. ފަނޑިޔާރުން ވިދާޅުވީ އެއީ މައްސަލައާ ގުޅުން ނެތް ސުވާލެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް