Advertisement
ކ. މާލެ
|
7 މެއި 2017 | އާދީއްތަ 16:17
ކުރީގެ ރައީސް މައުމޫނާއި ކުރީގެ ރައީސް ނަޝީދު: މިހާރު މަސައްކަތް ކުރައްވަމުންގެންދަވަނީ އެކުގައި
ކުރީގެ ރައީސް މައުމޫނާއި ކުރީގެ ރައީސް ނަޝީދު: މިހާރު މަސައްކަތް ކުރައްވަމުންގެންދަވަނީ އެކުގައި
ރާއްޖެ އެމްވީ
ރައީސް ނަޝީދު
ރައީސް ޔާމީންގެ ވެރިކަން ނިމުމުގެ ވަގުތު ދަނީ ކައިރިވަމުން: ރައީސް ނަޝީދު
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިދިކޮޅު ސިޔާސީ ޕާޓީތަކަށް ދަނީ ބޮޑު ކާމިޔާބީއެއް ލިބެމުން
ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިމި، އަލުން ރާއްޖޭގައި ޑިމޮކްރެސީ ގާއިމު ކުރެވުގެންދާނެ ކަމަށް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުމުގެ ވަގުތު ކައިރިވެއްޖެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެގޮތަށް ވިދާޅުވެފައި މިވަނީ މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކަށް ލިބެމުންދާ ކާމިޔާބު ފާހަގަ ކުރައްވާ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީއާއި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާއިން ރައީސް ޔާމީންގެ ވެރިކަން ނިމުމުގެ ވަގުތު ކައިރިވެއްޖެކަން ހާމަވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަންނިމި، ރައްޖޭގައި  އަލުން ޑޮމިކްރެސީ ގާއިމު ކުރެވިގެންދާނެ ކަމަށް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކަށް ހާއްސަކޮށް އިދިކޮޅު އެމްޑީޕީއަށް ދަނީ ބޮޑު ކާމިޔާބީއެއް ލިބެމުންނެވެ.

އެގޮތުން، ވަގުތީ ނަތީޖާ ދައްކާގޮތުން މާލެސީޓީގެ 13 ގޮނޑީގެ ތެރެއިން 12 ގޮނޑި އެމްޑީޕީން ކާމިޔާބު ކޮށްފައިވާއިރު، އައްޑޫ ސިޓީގެ ހަތް ގޮނޑި ވެސް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީއެވެ. ފުވައްމުލަކު ސިޓީގެ މެޖޯރިޓީ ވެސް އެމްޑީޕީން ކާމިޔާބު ކޮށްފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
7 މެއި 2017 | އާދީއްތަ 18:35
އަލަމާ
އަހަކަލޯ ތިޔާބުނީ ހަމަގައިމުވެސް މިފަހަރު ތެދެތް. 2018 ގާތް ވީވަރަކަށް ޔާމީނު ގެ ވެރިކަމުގެ މުއްދަތު ހަމަވުމާ ގާތްވީ. ކަލޯ އަންނި ތިވަރުގެ ތެދެއް އަދިނުބުނަމު ދޯ؟؟؟ 2018 ޔަގީން