Advertisement
ކ. މާލެ
|
7 މެއި 2017 | އާދީއްތަ 11:49
ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހް ކެމްޕެއިންގައި.
ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހް ކެމްޕެއިންގައި.
ރާއްޖެ އެމްވީ
ލޯކަލް ކައުންސިލް 2017
އަހަރުތަކަކަށް ފަހު ހިންނަވަރުގައި އެމްޑީޕީގެ މައްޗަށް ޕީޕީއެމް ކުރި ހޯދައިފި
ފާއިތުވި ދެ ދައުރުގައި ވެސް ކާމިޔާބު ހޯދާފައި ވަނީ އެމްޑީޕީން
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި އިބޫ ހުންނަވާތާ މިއީ ހަ ވަނަ ދައުރު
ވޯޓާ ދިމާކޮށް ބީއެމްއެލް އިން ހުޅުވި ސެލްފް ސާވިސް ބޭންކިން ނިޒާމް އިފްތިތާހްކޮށްދެއްވީ ހެލްތު މިނިސްޓަރު ނާޒިމް

ޅ. ހިންނަވަރުގައި އަހަރުތަކަކަށް ފަހު ފުރަތަމަ ފަހަރަށް އިންތިޚާބެއްގައި އެމްޑީޕީގެ މައްޗަށް ޕީޕީއެމުން ކުރި ހޯދައިފިއެވެ.

ހިންނަވަރު ފާހަގަކުރެވިފައި ވަނީ އެމްޑީޕީގެ ވަރުގަދަ މަރުކަޒެއްގެ ގޮތުގައެވެ. ނަމަވެސް  ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެކަން ވަނީ ބަދަލުވެގެން ގޮސްފައެވެ. ރަށު ކައުންސިލްގެ ފަސް ގޮނޑީގެ ތެރެއިން ހަތަރު ގޮނޑި ކާމިޔާބުކުރާނެ ކަމަށް ވަގުތީ ނަތީޖާތަކުން ދައްކަނީ ޕީޕީއެމްއެވެ.

މިހާތަނަށް ސާފުވި ވޯޓަށް ބަލާއިރު ހިންނަވަރުގެ އެމްޑީޕީ ކެނޑިޑޭޓް ގޮސްފައި ވަނީ ފަސް ވަނައަށެވެ.  ވަގުތީ ނަތީޖާ ދައްކާ ގޮތުން މިހާތަނަށް ސާފުވި ވޯޓުން ފިރާޒް އިސްމާއީލް އަށް ލިބިފައި ވަނީ 1254 ވޯޓެވެ. މި ދާއިރާ އިން އެންމެ ގިނަ ވޯޓު މިހާތަނަށް ލިބިފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ އިބްރާހީމަށެވެ. އޭނާ އަށް 1388 ވޯޓު ލިބުނު އިރު އެ ޕާޓީގެ ސޯލިހް އިބްރާހީމް އަށް 1376 ވޯޓު، ރިޝްވާން އާދަމް އަށް 1363 ވޯޓު އަދި އާދަމް އަނީސް އަށް 1361 ވޯޓު ލިބިފައިވާ ކަމަށް ވަގުތީ ނަތީޖާތަކުން ދައްކައެވެ.

ރަށު ކައުންސިލް ގެއްލުނު ނަމަވެސް އަތޮޅު ކައުންސިލްގެ ހިންނަވަރު ދާއިރާގައ، މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ކުރި ލިބިފައި ވަނީ އެމްޑީޕީ އަށެވެ. އެ ގޮތުން މާލެ އާއި ހިންނަވަރުގެ ފޮށިން އެމްޑީޕީގެ ކެންޑިޑޭޓް ޝިހާން ހަސަން އަށް 612 ވޯޓު ލިބިފައިވާ އިރު ޕީޕީއެމްގެ ކެންޑިޑޭޓް އިބްރާހީމް އާތިފް އަށް މި ދެ ފޮށިން ލިބިފައި ވަނީ 509 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިހާތަނަށް އިބޫ ވަނީ ހަ ފަހަރެއްގެ މަތިން ގޮނޑި ދިފާއުކުރައްވާފައެވެ. އަދި ކައުންސިލް އިންތިހާބުގައި ފާއިތުވި ދެ ދައުރު ވެސް ކުރި ހޯދާފައި ވަނީ އެމްޑީޕީންނެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލަކު އަދި މާލެ ފަދަ އާބާދީ ބޮޑު ސަރަހައްދުތަކުން އެމްޑީޕީން ކުރި ހޯދައި، ކުރިން ޕީޕީއެމްގެ ދާއިރާތައް ވެސް އެމްޑީޕީން ކާމިޔާބުކޮށްފައިވާ އިރު އަބަދު ވެސް އެމްޑީޕީގެ ވަރުގަދަ ދާއިރާއެއްގެ ގޮތުގައި އޮތް ހިންނަވަރު އެމްޑީޕީ ބަލިވުމުން ގިނަ ބަޔަކު ދަނީ އެކަމާ މެދު ސުވާލު އުފައްދައި ފާޑުކިޔަމުންނެވެ. އެގޮތުން ޕީޕީއެމަށް ތާއީދުކުރާ ފަރާތްތަކުން ބުނެފައި ވަނީ މިއީ އެންމެ ފަހުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިބޫއާ ވާދަކުރައްވައި ހަނި ގޮތަކަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އަދި މިހާރު ހެލްތު މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ނާޒިމް އިބްރާހީމްގެ ބުރަ މަސައްކަތުން ހޯއްދެވި ކާމިޔާބީއެއް ކަމަށެވެ. އެގޮތުން ނާޒިމް ގެންދަވަނީ ރަށުގެ ކުރިއެރުމަށް މަސައްކަތްތައް ކުރައްވަމުން ކަމަށާއި ހާއްސަކޮށް އިންތިޚާބު ކައިރިވެފައި ވަނިކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސެލްފް ސާވިސް ބޭންކިންގެ ނިޒާމެއް ހުޅުވިގެން ދިއުމަކީ ވެސް އެ ދާއިރާ ބަދަލުވުމަށް މެދުވެރިވި ސަބަބެއް ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ކޮންމެއަކަސް މި ނަތީޖާއަކީ ކުރިއަށް އޮތް އިންތިހާބުތަކުގައި އެމްޑީޕީން ވެސް އަދި ހަ ވަނަ ދައުރެއް ފުރުއްވަމުން ގެންދަވާ އިބޫ އަށް ވެސް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމެކެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
7 މެއި 2017 | އާދީއްތަ 11:55
އިޚްލާޞް
ޖަމީލް ގޮވާލި މަސީހް އިސްތިއުފާ ދިނުމަށް އިބޫ؟
7 މެއި 2017 | އާދީއްތަ 10:39
Hasan
E ee Thahuzeebu thanthaneh noon. E ee laadheenee fikuruge meehakah thabaavaa meehun gina thanthan. Efadha meehakah hurihaa meehun support eh nukuraane.
7 މެއި 2017 | އާދީއްތަ 08:15
mohommadhu
vazefaa ge biraa, beysfaruvaa nudhinumaa, risvathuge hadi huthuru amalah balaairu , MDP ah kurevifaivaa masahkaiy ragalhu thafaathu thi oiy gothun kuriah oiy inthikhaabu thakuga thi natheejaa badhalu vedhaane, In Sha Allah
7 މެއި 2017 | އާދީއްތަ 08:14
އަބްދު
ނާތީޖާތައް ދައްކާާ ގޮތުން ހުރިހާ ސިޓީތަކާއި ތަހުޒީބު ތަންތާގަ އެމް.ޑީ.ޕީ އޮތީ ކުރީގައެވެ. މިޔާ ހިލާފަށް ތަހުޒީބުކަން ކުޑަ ތަންތާގައި ޕީ.ޕީ.އެމް އުޅެނީ ކުރީގައެވެ. މިބުނި އެއްޗެއްގެ މާނަ ނަގާނެ ގޮތަކަށް ނެގުމަށް ކިޔުންތެރިޔާއަށް ދޫކޮށްލީއެވެ.
7 މެއި 2017 | އާދީއްތަ 07:58
Hinnavaree
V fake people, when there was an MDP gov Nazim family signed Mdp, Fulhumen ves mathee maqaamu thakugai, miadhu ppm sarukaaru. Miee meehuntha noonee Robotuntha