Advertisement
ކ. މާލެ
|
7 މެއި 2017 | އާދީއްތަ 03:12
ފައިލް ފޮޓޯ: މާފުށީ ޖަލު
ފައިލް ފޮޓޯ: މާފުށީ ޖަލު
ރާއްޖެއެމްވީ
ކައުންސިލް އިންތިޚާބު
ޖަލުގައި ވޯޓުލުން އަދިވެސް ކުރިއަށް!
ޖަލުގައި ވޯޓުލުމަށް 196 ދާއިރާއަކުން 1136 މީހުން ރަޖިސްޓްރީކޮށްފައިވޭ
ހޮނިހިރު ދުވަހުގެރޭ 9:00 ހާއިރަށް ވޯޓް ލާފައިވަނީ 434 މީހުން
ކެނޑިޑޭޓުން ވަނީ މާފުށީގައި ބަހައްޓާފައިވާ އެހެން ފޮށިތައް ގުނުން ހުއްޓުވާފަ

00:05 މާފުށި ޖަލުގައި ވޯޓްލުން ނުނިމޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި

 

10:00 ލޯކަލް ކައުންސިލް އިންތިޚާބް 2017 ގައި ވޯޓުލުމަށް ކ. މާފުށީ ޖަލުގައި ބަހައްޓާފައި ހުރި ވޯޓުފޮށި ހޮނިހިރު ދުވަހުގެރޭ 10 ޖެހިއިރުވެސް ބަންދު ނުކުރާ ކަމަށާ، އެ ފޮއްޓަށް ވޯޓުލުން ކުރިއަށްދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިހެން ބުނެފައިވާއިރު، މާލޭގައި ހުރި ބައެއް ފޮށިތައް ފިޔަވައި، އެހެން ހުރިހާ ފޮއްޓެއް ބަންދުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ކުރިން ވަނީ ބުނެފައެވެ.

ރާއްޖެއެމްވީ އާއި ވާހަކަ ދައްކަވަމުން، އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަޙުމަދު އަކްރަމް ވިދާޅުވީ، މާފުށީ ވޯޓް ފޮއްޓަކީ އެންމެ ގިނަ ދާއިރާއެއްގެ މީހުން އެއް ފޮއްޓަކަށް ވޯޓުލާ ފޮށި ކަމަށެވެ. އެގޮތުން، މާފުށި ޖަލުގައި ހުރި ފޮއްޓަށް ވޯޓުލުމަށް 187 ދާއިރާއަކުން 1136 މީހުން ރަޖިސްޓްރީކޮށްފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ.  އަދި އޭގެ ތެރެއިން ހޮނިހިރު ދުވަހުގެރޭ 9:00 ހާއިރަށް ވޯޓް ލާފައިވަނީ 434 މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ޖަލުގައި ވޯޓުލުން ލަސްވަމުންދަނީ، ޖަލުގައި އުސޫލުތައް އޮންނަ ގޮތުން، ޖަލުގައި ހުރި ފޮއްޓަށް ވޯޓުލުމަށް ފަހަރަކު ދެމީހުން ވޯޓު ފޮށި ކައިރިއަށް ގެންދާތީ ކަމަށެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ޖަލުގައި ހުރި ވޯޓް ފޮށި ބަންދުކުރަން ހަމަޖެހިފައިވަނީ މިރޭ ދަންވަރު 12:00 ގައެވެ.

މާފުށީ ޖަލުގެ ވޯޓް ފޮށި ބަންދުނުކޮށް ކުރިއަށް ގެންދާތީ، ކެނޑިޑޭޓުން ވަނީ މާފުށީގައި ބަހައްޓާފައިވާ އެހެން ފޮށިތައް ގުނުން ހުއްޓުވައި، މި މައްސަލަ އިލެކްޝަންސް ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅާފައެވެ. ނަމަވެސް އެ ޝަކުވާ އާއި މެދު އަދި ގޮތެއް ނުނިންމާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ ވޯޓުލުން ފަށައިގެން، ވޯޓު ފޮށިތައް ބަންދުކުރުމަށް ހަމަޖެހިފައިވާ ވަގުތު ހަމަވަނިކޮށް، އިލެކްޝަން ކޮމިޝަނުން ވަނީ ޤައުމީ ލަފާދޭ ކޮމިޓީގެ ބަހަކާއި ނުލައި، އިންތިޚާބުގެ ވަގުތު އިތުރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް