Advertisement
ކ. މާލެ
|
6 މެއި 2017 | ހޮނިހިރު 13:15
ލޯކަލް ކައުންސިލް އިންތިހާބުގައި ވ. ފުލިދޫގައި ވޯޓުލުން ކުރިއަށްދަނީ
ލޯކަލް ކައުންސިލް އިންތިހާބުގައި ވ. ފުލިދޫގައި ވޯޓުލުން ކުރިއަށްދަނީ
ރާއްޖެއެމްވީ
ލޯކަލް ކައުންސިލް
ވ. ތިނަދޫގައި ވޯޓުލުން ފެށޭނީ 9:30 ގައި
ތިނަދޫގައި ވޯޓުލުން ލަސްވެފައިވަނީ އެރަށަށް އޮފިޝަލުން އައިސްފައި ނުވުމުން
މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި 422 ވޯޓް ފޮށި ބަހައްޓާފައިވޭ
ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ 255،987 މީހުން އެބަތިބި

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މިއަދުގެ 8:00 ގައި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ފެށިއިރު، ވ. ތިނަދޫގައި ވޯޓުލުން ފެށޭނީ 9:30 ގައި ކަމަށް އެރަށުގެ އޮބްޒާވަރުން ބުނެފިއެވެ.

ރާއްޖޭގައި ވޯޓުލުން ފަށާފައިވާ އިރު، ތިނަދޫގައި ވޯޓުލުން ލަސްވެފައި ވަނީ އިލެކްޝަން ކޮމިޝަނުން ހަމަޖައްސާފައިވާ އޮފިޝަލުން އައިސްފައި ނުވުމުންނެވެ.

ތިނަދޫގައި ވޯޓު ފޮށި ބަލަހައްޓަން ހަމަޖައްސާފައިވަނީ ވ. ފެލިދޫ އޮފިޝަލުންނާއެވެ. އެހެން ކަމުން ތިނަދޫގައި ވޯޓު ލެވޭނީ އެފަރާތްތަކުން ފެލިދޫ ވޯޓު ފޮއްޓަށް ވޯޓުލާފައި ތިނަދުއަށް އައިސްގެން ކަމަށް ރާއްޖެއެމްވީ އަށް ވަނީ މައުލޫމާތު ލިބިފައެވެ.

މީގެ އިތުރުން ރާއްޖޭގެ ބައެއް ސަރަހއްދުތަކުގައި އަދިވެސް ވޯޓުލުން ނުފަށާ ކަމަށް ރާއްޖެއެމްވީ އަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިއަދުގެ އިންތިހާބުގައި ވޯޓުލުމަށް ބައެއް ސަރަހައްދުތަކުގައި ކިއު ހަދާފައިވާ އިރު، ގިނަ އަދަދެއްގެ ބަޔަކު ދަނީ ވޯޓުލުމަށް އެކި ސަރަހައްދުތަކަށް ޖަމާވަމުންނެވެ.

ބައެއް ރަށްރަށުގެ ވޯޓާސް ލިސްޓު އެ ރަށްރަށުގެ އޮބްޒާވަރުންނަށް ވޯޓާސް ލިސްޓް ލިބިފައިވާ ނުވާއިރު، އިލެކްޝަނުން އެފުރުސަތު ތަނަވަސްކޮށްދީފައި ނުވާކަން އެފަރާތްތަކުން ވަނީ ބުނެފައެވެ.

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި 422 ވޯޓް ފޮށި ބަހައްޓާފައިވާއިރު، ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ ޖުމުލަ މީހުންގެ އަދަދަކީ 255،987 އެވެ.

ތިން ވަނަ ލޯކަލް ކައުންސިލް އިންތިހާބު މި ބާއްވަނީ، ތިން ވަނަ ފަހަރަށް ފަސްކުރުމަށް ފަހު އެވެ. ފުރަތަމަ މި އިންތިހާބު ބާއްވަން ތާވަލްކުރީ ޖެނުއަރީ، 14، 2016 ވަނަ ދުވަހު އެވެ.

ނަމަވެސް ޕީޕީއެމުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އިންތިހާބު ދެ މަސް ދުވަހަށް ފަސްކުރި އެވެ. އެއަށް ފަހު ދެން އިންތިހާބު ބާއްވަން އުޅުނީ އޭޕްރީލް 8 ގަ އެވެ. އޭގެ ފަހުން ސްކޫލްތައް ނުލިބޭ ކަމަށް ބުނެ އިންތިހާބު އޭޕްރީލް 15 އަށް ފާސްކުރި އެވެ.

އަދި މެއި 6 އަށް އިންތިހާބު ފަސްކުރީ އެޗްވަންއެންވަން ރޯގާ އާ ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް