Advertisement
ކ. މާލެ
|
6 މެއި 2017 | ހޮނިހިރު 12:55
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނީ
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނީ
ރާއްޖެއެމްވީ
ލޯކަލް ކައުންސިލް
މުޅި ރާއްޖޭގައި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލާން ފަށައިފި
މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި 422 ވޯޓް ފޮށި ބަހައްޓާފައިވޭ
ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ 255،987 މީހުން އެބަތިބި
ގިނަ އަދަދެއްްގެ ބަޔަކު ކިޔޫގައި އެބަ ތިބި

ތިންވަނަ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން މުޅި ރާއްޖޭގައި ފަށައިފިއެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މިއަދުގެ އެއްވަގުތެއްގައި ވޯޓުލުން ފެށިއިރު، މައިގަނޑު ގޮތެއްގައި މިފަހަރުގެ އިންތިހާބުގައި ވާދަކޮށްފައިވަނީ ސަރުކާރު އިދިކޮޅު އެމްޑީޕީ އާއި ސަރުކާރު ހިންގާ ޕާޓީ ކަމަށްވާ ޕީޕީއެމްގެ ކެނޑިޑޭޓުންނެވެ. މީގެ އިތުރުންވެސް އަމިއްލަ ގޮތުންނާއި އަދި ބައެއް ޕާޓީތަކުން އެކި ފަރާތްތައް މި އިންތިހާބުގައި ވާދަކުރެއެވެ.

މިއަދުގެ އިންތިހާބުގައި ވޯޓުލުމަށް ބައެއް ސަރަހައްދުތަކުގައި ކިއު ހަދާފައިވާ އިރު، ގއ. ކޮލަމާފުށީ ވޯޓުލާ މަރުކަޒަށް ފުލުހުންގެ ބެލުމުގެ ދަށުން މިހާރު ވަނީ ވޯޓު ފޮށި ގެނެސްފައެވެ. މީގެ އިތުރުން އެރަށު ވޯޓުލާ މަރުކަޒު ކައިރިއަށް ހެނދުނު 6:15 އިން ފެށިގެން މީހުން ވަނީ ކިއުއަށް އަރަން ފަށާފައެވެ.

ބައެއް ރަށްރަށުގެ ވޯޓާސް ލިސްޓު އެ ރަށްރަށުގެ އޮބްޒާވަރުންނަށް ވޯޓާސް ލިސްޓް ލިބިފައިވާ ނުވާއިރު، އިލެކްޝަނުން އެފުރުސަތު ތަނަވަސްކޮށްދީފައި ނުވާކަން އެފަރާތްތަކުން ވަނީ ބުނެފައެވެ.

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި 422 ވޯޓް ފޮށި ބަހައްޓާފައިވާއިރު، ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ ޖުމުލަ މީހުންގެ އަދަދަކީ 255،987 އެވެ.

ތިން ވަނަ ލޯކަލް ކައުންސިލް އިންތިހާބު މި ބާއްވަނީ، ތިން ވަނަ ފަހަރަށް ފަސްކުރުމަށް ފަހު އެވެ. ފުރަތަމަ މި އިންތިހާބު ބާއްވަން ތާވަލްކުރީ ޖެނުއަރީ، 14، 2016 ވަނަ ދުވަހު އެވެ.

ނަމަވެސް ޕީޕީއެމުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އިންތިހާބު ދެ މަސް ދުވަހަށް ފަސްކުރި އެވެ. އެއަށް ފަހު ދެން އިންތިހާބު ބާއްވަން އުޅުނީ އޭޕްރީލް 8 ގަ އެވެ. އޭގެ ފަހުން ސްކޫލްތައް ނުލިބޭ ކަމަށް ބުނެ އިންތިހާބު އޭޕްރީލް 15 އަށް ފާސްކުރި އެވެ.

އަދި މެއި 6 އަށް އިންތިހާބު ފަސްކުރީ އެޗްވަންއެންވަން ރޯގާ އާ ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
6 މެއި 2017 | ހޮނިހިރު 11:07
2016
2017