ކ. މާލެ
|
6 މެއި 2017 | ހޮނިހިރު 05:20
މޯލްޑިވްސް ޕޮލިސް ސާވިސް
މޯލްޑިވްސް ޕޮލިސް ސާވިސް
ޓްވިޓަރ
ފުލުހުން
މުސާރަ ބޮޑުނުކޮށް، އިންތިޚާބާ ދިމާކޮށް ފުލުހުންނަށް ޚާއްސަ އިނާޔަތެއް!
ކޮންމެ ފުލުހަކަށް އިނާޔަތުގެ ގޮތުގައި 600 ރުފިޔާ
ޖެނުއަރީ މަހުން ފެށިގެން ފުލުހުންގެ މުސާރަ އޮތީ ބޮޑުކުރަން ނިންމާފައި
މުސާރަ ބޮޑުނުކުރާތީ ބައެއް ފުލުހުން ތިބީ ހިތްހަމަ ނުޖެހިފައި

މުސާރަ ބޮޑުނުކޮށް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ފުލުހުންނަށް ޚާއްސަ އިނާޔަތެއް ދޭން ނިންމައިފިއެވެ.

މިއަހަރުން ފެށިގެނ

 

ފުލުހުންގެ ވެބްސައިޓުގައި ބުނެފައި ވަނީ ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް ރަމަޟާން މަހުގެ މުނާސަބަތުގައި ހާއްސަ އިނާޔަތެއް ދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ނިންމަވާފައިވާކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ކުޑަތަންވެފައިވާ އިރު ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވަނީ މިދިޔަ އަހަރެކޭވެސް އެއްފަދައިން މިއަހަރު ރަމަޟާން މަހު ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ ހިއްސާވާ ކުންފުނިތަކުގެ ފައިދާއިން ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް 600 ރުފިޔާގެ ތަކެތި އިނާޔަތެއްގެ ގޮތުގައި ދިނުމަށްވަނީ ހަމަޖެހިފައިކަމަށެވެ.

ފުލުހުންގެ އެލަވަންސްތައް ބޮޑުކުރުމުން ފުލުހުންގެ ތެރޭގައި އޮފީސް މަސައްކަތްކުރާ ސީނިއާ އޮފިސަރެއްގެ އެލަވެންސަށްވުރެ ފީލްޑުގައި މަސައްކަތްކުރާ ޖޫނިއާ އޮފިސަރެއްގެ އެލަވެންސް ވަނީ ބޮޑުވެފަ އެވެ. އެގޮތުން އާދައިގެ މަގާމެއްގައި މަސައްކަތްކުރާ ފުލުހަކަށް ވެސް ގާތްގަނޑަކަށް 4000 އެއްހާ ރުފިޔާ ބޮޑުވެ އެވެ.

މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ވެސް ވަނީ ފުލުހުންނަށް ކަނޑައަޅާފައިޥާ ބަޖެޓް ބޮޑުކޮށްފަ އެވެ. އެގޮތުން 2016 ވަނަ އަހަރާ އަޅާބަލާއިރު ފުލުހުންގެ ބަޖެޓަށް ވަނީ 230 މިލިއަން ރުފިޔާ އިތުރު ކޮށްދީފަ އެވެ. 2016 ވަނަ އަހަރު ފުލުހުންނަށް 1.103 ބިލިއަން ރުފިޔާގެ ބަޖެޓެއް ދިން އިރު، 1.334 ބިލިއަން ރުފިޔާގެ ބަޖެޓެއް މިއަހަރަށް ވަނީ ދީފަ އެވެ.

- ކޮމެންޓް
6 މެއި 2017 | ހޮނިހިރު 07:54
ޭއަންނ
ބަލަ ކަލޭމެންނަކަށް ނޭނގޭތަ ލިޔެފަ އޮތް އެއްޗެއް. . އެއޮތީ ރަމަޞާން މަހުގެ އިނާޔަތުގެ ވާހަކަ. ެ. ޢެލަވަންސް ބޮޑުކުރި ވާހަކައެއް ނެތް. ދޭތެރެ ޖައްސަންވިޔަސް ބޮޑުވަރުތީ
6 މެއި 2017 | ހޮނިހިރު 02:10
ތެދުބަސް
ކޮންމެ ކަމެއް އެއްމެ ނުބައި ގޮތުގައި މާނަ ނަގައިގެން ދިވެހި ރައްޔިތުން މަގު ފުރައްދަން އުޅޭ ބައެއް ތި ރާއްޖެ އެއްވީ އާއި ރާއްޖެ ޓީވީގަ އުޅެނީ