Advertisement
ކ. މާލެ
|
6 މެއި 2017 | ހޮނިހިރު 04:33
ފުލުހުންނާއި ސިފައިން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
ފުލުހުންނާއި ސިފައިން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ލޯކަލް ކައުންސިލް އިންތިހާބު
އިންތިހާބާ ދިމާކޮށް ސިފައިންނާއި ފުލުހުންގެ ހާއްސް ތަމްރީނެއް!
ފުލުހުންދަނީ އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން
މި އޮޕަރޭޝަންގެ ނަމަކީ ދިހި

އިންތިޚާބުގެ ސަލާމަތީ ކަންކަން ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިޔުމުގެ ގޮތުން ފުލުހުންނާއި ސިފައިން ގުޅިގެން ހާއްސަ އެކްސަސައިޒެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި އެކްސަސައިޒް ކުރިއަށް ގެންގޮސްފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ކަމަށެވެ.

ހުކުރު ދުވަހު ހަވީރު ފުލުހުންވެސް ވަނީ ވަކިން އޮޕަރޭޝަނެއް ހިންގައިފަ އެވެ. މި  އޮޕަރޭޝަންގައި ހަރަކާތްތެރިވާ ކޮމާންޑަރުންނާއި މި އޮޕަރޭޝަން ކޮމާންޑަރ، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ބައްދަލުކުރައްވާފަ އެވެ

މި ބައްދަލުވުމުގައި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ އެކި ޑިޕާޓްމަންޓްގެ ވެރިންނާއި އޮޕަރޭޝަން "ދިހި" ގައި ކޮމާންޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ ސީނިއަރ އޮފިސަރުން ބައިވެރިވެލެއްވިއެވެ.

އޮޕަރޭޝަން ދިހިގެ ނަމުގައި ފުލުހުން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަންގައި އަތޮޅުތަކުގެ ރައްތަކަށް ފޮނުވާ ހުރިހާ ފުލުހުން ފޮނުވާ ނިމިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން އިންތިހާބުގެ ސަލާމަތީކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުންނަށް ބްރިފީންތައް މިއަދު ވަނީ ކުރިއަށްގެންގޮސްފަ އެވެ.

އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އަތޮޅުތެރޭގައި ހަރަކާތްތެރިވާ ފުލުހުން މިހާރުވަނީ ވޯޓު ފޮށި ބަހައްޓާ ރަށްރަށަށް ފޮނުވިފައިވާ އިރު ރަށްރަށް ގެންދަންޖެހޭ ވޯޓު ކަރުދާހާއި ވޯޓުފޮށިތައް އެރަށްރަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އަދި

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް