Advertisement
ކ. މާލެ
|
6 މެއި 2017 | ހޮނިހިރު 00:23
ފުލުހުން އޮޕަރޭޝަން ބްރިފީންގައި
ފުލުހުން އޮޕަރޭޝަން ބްރިފީންގައި
ޓްވިޓަރ
ލޯކަލް ކައުންސިލް އިންތިހާބު
އިންތިހާބުގައި ސަލާމަތީކަންކަން ފުލުހުން ރަށްރަށަށް ފުރައިފި
ލޯކަލް ކައުންސިލް އިންތިހާބާއި ގުޅޭ ޚާއްސަ އޮޕަރޭޝަން ކުރިއަށްގެންދަނީ "ދިހި"ގެ ނަމުގައި
ރާއްޖޭގެ އާއްމު ހާލަތު އަދި ރަގަޅު

ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަންގައި ހަރަކާތްތެރިވާ ކޮމާންޑަރުންނާއި މި އޮޕަރޭޝަން ކޮމާންޑަރ، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ބައްދަލުކުރައްވައިފިއެވެ.

 މި ބައްދަލުވުމުގައި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ އެކި ޑިޕާޓްމަންޓްގެ ވެރިންނާއި އޮޕަރޭޝަން "ދިހި" ގައި ކޮމާންޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ ސީނިއަރ އޮފިސަރުން ބައިވެރިވެލެއްވިއެވެ.

އޮޕަރޭޝަން ދިހިގެ ނަމުގައި ފުލުހުން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަންގައި އަތޮޅުތަކުގެ ރައްތަކަށް ފޮނުވާ ހުރިހާ ފުލުހުން ފޮނުވާ ނިމިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން އިންތިހާބުގެ ސަލާމަތީކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުންނަށް ބްރިފީންތައް މިއަދު ވަނީ ކުރިއަށްގެންގޮސްފަ އެވެ.

އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އަތޮޅުތެރޭގައި ހަރަކާތްތެރިވާ ފުލުހުން މިހާރުވަނީ ވޯޓު ފޮށި ބަހައްޓާ ރަށްރަށަށް ފޮނުވިފައިވާ އިރު ރަށްރަށް ގެންދަންޖެހޭ ވޯޓު ކަރުދާހާއި ވޯޓުފޮށިތައް އެރަށްރަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އަދި  ރާއްޖޭގެ ހުރިހާ ހިސާބެއްގެ އާއްމު ހާލަތު ރަނގަޅު ކަމަށް ފުލުހުން ބުނެ އެވެ.

އިންތިޚާބާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ފަށާފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 06:00 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް