Advertisement
ކ. މާލެ
|
5 މެއި 2017 | ހުކުރު 20:59
ގާސިމް އިބްރާހީމް ފުލުހުންގެ ބެލުމުގެ ދަށުގައި
ގާސިމް އިބްރާހީމް ފުލުހުންގެ ބެލުމުގެ ދަށުގައި
ރާއްޖެއެމްވީ
ޖުމްހޫރީ ޕާޓީ
އިންތިހާބާ ދިމާކޮށް ގާސިމާއި ޕާޓީގެ އިސް ބޭފުޅުން ފުލުހަށް ހާޒިރުކުރާތީ ޖޭޕީން ކަންބޮޑުވުން ފާޅުކޮށްފި
މިދިއަ އޭޕްރީލް މަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ގާސިމް ހައްޔަރު ކޮށްފައިވޭ
މިހާރުވެސް ގާސިމް ހުންނެވީ ފުލުހުންގެ ބަންދުގައި ދޫނިދޫގައި
ގާސިމްގެ އިތުރުން ޖޭޕީގެ ޕާލަމެންޓް މެމްބަރުން ވަނީ ފުލުހަށް ހާޒިރުކޮށްފައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ މަސައްކަތްތަކަށް ދަތިވާ ގޮތަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، ނައިބު ލީޑަރު އަބްދުﷲ ރިޔާޒާއި ޕާޓީގެ އިސްބޭފުޅުން ތަފާތު ބަހަނާތަކުގައި، ސިޔާސީ ބޭނުމަކަށް، ފުލުހުންގެ އިދާރާއަށް ހާޒިރު ކުރާތީ ޖުމްހޫރީ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހުކުރު ދުވަހު ޖުމްހޫރީ ޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ނުހަނު ބުރަކޮށް، ތައްޔާރުވާން މަސައްކަތް ކުރަންޖެހިފައިވާ މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒުގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕްގެ މެންބަރުންނަށް، ތަފާތު ބަހަނާތަކުގައި ފުލުހުންގެ އިދާރާ އަށް ހާޒިރުކުރައްވަމުން ގެންދިއުމަކީ ޖުމްހޫރީ ޕާޓީން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރަމުންދާ މަސައްކަތްތަކަށާއި، ޕާޓީ ހިންގުމުގެ ގާނޫނީ ޒިންމާ އަދާކުރުމަށް އެޅިގެންދާ ހުރަހެއް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދަންޖެހެނީ ޕާޓީގެ ހިންގާ ގަވާއިދުގެ ދަށުން ޕާޓީގެ ލީޑަރގެ މަޝްވަރާ އާއި ލަފާގެމަތީން ކަމަށް ބަޔާންކޮށްފައިވާއިރު، އަދި ޕާޓީގެ އިދާރީ ހިންގުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންދަންޖެހެނީ ވެސް ޕާޓީގެ ލީޑަރުގެ ލަފަޔާއި އިރުޝާދުގެ ދަށުން ޕާޓީގެ އަމީން ޢާންމު ކަމަށްވެފައި، ޕާޓީގެ ލީޑަރ ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފައިވަނީ ހުކުމެއް ތަންފީޒުކުރުމަށް ކަމަށް ނުވުމާއި، އެ ހާލަތުގައި ޕާޓީގެ ފަރާތުން ކަންކަމުގައި ބައްދަލުކުރުމަށް ފުރުޞަތު ނުލިބުމަކީ އަދި ޕާޓީގެ އިސްބޭފުޅުންގެ ތެރެއިން ވަކިބަޔަކަށް ބައްދަލު ނުކުރެވޭނެ ކަމަށް ޕޮލިސް ކަސްޓޯޑިއަލް އިން ބުނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ޖުމްހޫރީ ޕާޓީގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، ސިޔާސީ ޕާޓީތައް ހިންގަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި، ގަވާއިދުގެ ދަށުން ކަމަށްވެފައި، ސިޔާސީ ޕާޓީތަކުގެ ކަންކަން ހިންގަމުންދާ ގޮތާއި، އެކަންކަން ބެލުމަށް ގާނޫނުން ކަނޑައަޅާފައިވާ ދަޢުލަތުގެ ވަކި މުއައްޝަސާއެއް ހަމަޖެހިފަ ހުރިއިރު އަދި ގަވާއިދުން ހުށަހަޅަންޖެހޭ އެންމެހާ ރިޕޯޓްތައް ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާއިރު، ކަމާގުޅޭ ދަޢުލަތުގެ އިދާރާއިން ކަންކަން ބެލުމުގެ ބަދަލުގައި، އެ ޕާޓީން ހިންގަމުންދާ ސިޔާސީ މަސައްކަތްތައް ހިންގަމުންދާގޮތާ ގުޅޭގޮތުން ޕާޓީގެ ވަކިވަކި މެންބަރުން ސިޔާސީ މަގުޞަދެއް ހާސިލް ކުރުމަށްޓަކައި، މައުލޫމާތެއް ސާފުކޮށްލުމަށް ކަމަށް ބުނެ، ފުލުހުންގެ އިދާރާއަށް ހާޒިރުކުރަމުންދާ ދިއުމާ މެދު ޖުމްހޫރީ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް