Advertisement
ކ. މާލެ
|
5 މެއި 2017 | ހުކުރު 06:53
އައްޑޫ ސިޓީގައި ލޯކަލް ކައުންސިލް އިންތިހާބްގެ ކެމްޕޭން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން
އައްޑޫ ސިޓީގައި ލޯކަލް ކައުންސިލް އިންތިހާބްގެ ކެމްޕޭން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން
ރާއްޖެއެމްވީ
ލޯކަލް ކައުންސިލް އިންތިހާބް
އައްޑޫ ސިޓީ އެމްޑީޕީގެ ކެމްޕޭންގެ ހަރަކާތަށް ނިންމާލުމަށް ވެހިކަލް ބުރެއް ބާއްވަނީ
ވެހިކަލް ބުރު ފެށުމަށް ހަމަޖެހިފައި ވަނީ ހިތަދޫ އެމްޑީޕީ ހަރުގެ ކުރިމަތިން
ވެހިކަލް ބުރު ނިންމާލަން ހަމަޖެހިފައި ވަނީ ފޭދޫ ބަނދަރު ސަރަހައްދަށް
ވެހިކަލް ބުރުގައި ހުރިހާ ދާއިރާއަކުން ބައިވެރިވާނެ

އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ލޯކަލް ކައުންސިލް އިންތިހާބްގެ ކެމްޕޭން ހަރަކާތަށް ނިންމާލުމުގެ ގޮތުން ހާއްސަ ވެހިކަލް ބުރެއް ބޭއްވުމަށް އައްޑޫ ސިޓީ އެމްޑީޕީން ނިންމާފި އެވެ.

 

އައްޑޫ ސިޓީ ކައުންސިލްގެ ގޮނޑިތަކަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕޭން ހަރަކާތަށް ނިންމާލުމުގެ ގޮތުން ބާއްވާ ވެހިކަލް ބުރުގައި އެސީޓީގެ ހުރިހާ ދާއިރާއަކުން ބައިވެރިވާނެވެ. މި ވެހިކަލް ބުރު ފެށުމަށް ހަމަޖެހިފައި ވަނީ ހިތަދޫ އެމްޑީޕީ ހަރުގެ ކުރިމަތިންނެވެ.

 

ހިތަދޫ އެމްޑީޕީ ހަރުގެ ކުރިމަތިން ފަށާ މި ވެހިކަލް ބުރު ނިންމާލަން ހަމަޖެހިފައި ވަނީ ފޭދޫ ބަނދަރު ސަރަހައްދަށެވެ. މި ވެހިކަލް ބުރުގައި އެމްޑީޕީއަށް ތާއިދު ކުރާ ވީހާވެސް ގިނަ އާންމު ރައްޔިތުން ބައިވެރިވުމަށް އައްޑޫ ސިޓީ އެމްޑީން ވާނީ ގޮވާލާފައެވެ.

 

އައްޑޫ ސިޓީ ކައުންސިލަށް ޖުމްލަ 19 ކެނޑިޑޭޓުން ކުރިމަތިލާފައިވާއިރު، އިންތިހާބު ވަނީ 7 ކެނޑިޑޭޓުންނެވެ. އެމްޑީޕީ އަދި ޕީޕީއެމުން ކޮންމެ ޕާޓީއަކުން ހަތް ކެނޑިޑޭޓުން ވާދަ ކުރިއިރު އަމިއްލަ ގޮތުން ވަނީ ފަސް ކެނޑިޑޭޓުން ވާދަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް