Advertisement
ކ. މާލެ
|
5 މެއި 2017 | ހުކުރު 04:38
އާ ސަރަހަރާ - އަނެއްކާވެސް އާ ސަހަރާގައި މީހުން ވަޅުލުމަށް ވަނީ ނިންމާފަ
އާ ސަރަހަރާ - އަނެއްކާވެސް އާ ސަހަރާގައި މީހުން ވަޅުލުމަށް ވަނީ ނިންމާފަ
ރާއްޖެ އެމްވީ
މީހުން ވަޅުލުން
މާލޭގައި އަލުން މީހުން ވަޅުލާން ފަށަނީ
މިއީ ރޯދަ މަހާ ގުޅިގެން ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއް ހަމަޖައްސައި ދިނުމުގެ ގޮތުން ނިންމި ނިންމުމެއް
ރޯދަމަސް ނިމުމުންވެސް މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ވަޅުލާނީ މާލޭ އާސަހަރާގަ

މާލޭގައި އަލުން މައްޔިތުން ވަޅުލަން ފަށާގޮތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ބުރާސްފަތި ދުވަހު ނިންމައިފި އެވެ.

 

ރާއްޖޭގެ ހަބަރު ފަތުރާ ބައެށް މީޑިއާތަކުން ބުނެފައިވާ ގޮތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ބުނެފައިވަނީ، މެއި 5 ވާ ބުދަ ދުވަހުން ފެށިގެން، މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން އަލުން މާލޭ އާސަހަރާގައި ވަޅުލާން ނިންމާފައި ވާކަމަށާއި، މިއީ ރޯދަ މަހާ ގުޅިގެން ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއް ހަމަޖައްސައި ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ. އަދި ރޯދަމަސް ނިމުމުންވެސް މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ވަޅުލާނީ މާލޭ އާސަހަރާގައެވެ.

 

މިދިޔަ މަހުގެ އެކަކުން ފެށިގެން ހުޅުމާލޭގައި މައްޔިތުން ވަޅުލާން ފެއްޓުމުން، އާންމުންގެ ޝަކުވާތަށް އިންތިހާއަށް ބޮޑުވިނަމަވެސް ސަރުކާރުން ވަނީ މިހާތަނަށް ހުޅުމާލޭގައި މައްޔިތުން ވަޅުލާން ނިންމި ނިންމުން ދިފާޢު ކޮއްފައެވެ.

 

މައްޔިތުން ވަޅުލުން، ހުޅުމާލޭގައި ވަޅުލުމަށް ރައީސް އަބްދުﷲ ޔާމީން ސަރުކާރުން އަމިއްލައަށް ނިންމުމަށްފަހު، އެ ނިންމުން ބަދަލުކޮށްފައިމިވަނީ ކައުންސިލް އިންތިހާބުގެ ވޯޓު ބޯމަތިވެފައިވަނިކޮށެވެ. އަދި ސަރުކާރަށް ނިސްބަތްވާ ބޭފުޅުންވެސް ސިފަކުރައްވާގޮތުގައި އެއީ ރައީސް އަބްދުﷲ ޔާމީންގެ ހެޔޮފުޅުކަމުން ނިންމެވި ނިންމެވުމެކެވެ. އެ މޭރުމުން ރައީސް ޔާމީންވެސް ވަނީ ވާހަކަދައްކަވާފަ އެވެ.

 

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ނިންމުމަށް ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުން ހުޅުމާލޭގައި މީހުން ވަޅުލުމަށް ނިންމުމުން ރައްޔިތުން ތަކުލީފުތަކެއް އުފުލާކަމެއްކަން ރައީސް އަށް އިހުސާސުކުރެވިއްޖެ ކަމަށެވެ. އެހެންވެ އެ ނިންމުން ބަދަލުކުރީ ކަމަށެވެ.

 

އާ ސަހަރާގައި މީހުން ވަޅުލާނެ ޖާގަ ވަނިކޮށް، ހުޅުމާލޭގައި މީހުން ވަޅުލުމަށް ސަރުކާރުން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ސަރުކާރަށް ގޮވާލި އެވެ. ނަމަވެސް އެއިން އެއްވެސް ނިންމުމަކަށް ސަރުކާރުން އިޖާބަދީފައެއް ނުވެއެވެ.

 

މާލޭގެ ހުރިހާ ސަހަރާތަކެށް މުޅިންހެން މިހާރު ފުރިފައި ވާއިރު، މިހާރު މީހުން ވަޅުލާ އާސަހަރާގައިވެސް ވަނީ އެތައްފަހަރެއްގެ މަތިން މަތިމައްޗަށް ފަސް އަޅައި މައްޔިތުން ވަޅުލާފައެވެ. މީގެ އަހަރެއްހާ ދުވަސް ކުރިންވެސް ސަރުކާރުން ވަނީ އާސަހަރާގައި މައްޔިތުން ވަޅުލުން ހުއްޓާލަން ނިންމާފައެވެ. ނަމަވެސް ސަރުކާރިން އެ ނިންމުން މަޑު ޖައްސާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް