Advertisement
ކ. މާލެ
|
5 މެއި 2017 | ހުކުރު 03:33
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރާއްޖެ އެމްވީ
ކައުންސިލް އިންތިޚާބު
ބާރުތައް އެއްކުރުމަށް ހުރަސްއަޅައި، ރައްޔިތުންނަށް ހައްޤު މިންވަރު ހޯދުމަށް ނިކުތުުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
ވައްކަމާއި ޚިޔާނަތް ހުއްޓުވުމަށްވެސް ކުރަން އޮތް އެންމެ މުހިންމުކަމަކީ ބާރުތައް އެއްކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުން
ތަނަވަސް ޤައުމުތައް ކުރިއަރައިގޮސްފައިވަނީ ވަކިގޮތަކަށް، ވަކި އިރެއްގައި ވަކި ހާއްސަ ކަންތައްތަކެއް ކުރެވުމުން
ރައީސް އަބްދުﷲ ޔާމީން ބޭނުންވަނީ ބާރުތައް އެއްކުރުމަށްކަމަށް

ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރައްވަނީ ބާރުތައް އެއްކުރުމަށް ކަމަށާއި، އެކަމަށް ހުރަސްއެޅައި، ރައްޔިތުންނަށް ހައްޤު މިންވަރު ހޯދުމަށް ނިކުތުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ނިންމަލުމުގެ ގޮތުން އެމްޑީޕީން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުޙައްމަދު ނަޝީދު ވަނީ ބާރުތައް އެއްކުރުމަށް، ހުރަސްއެޅުއްވުމަށް ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ، ވެރިކަން ޚުދުމުތާރުވެ، ތަޤައްޔަރު ވިޔަނުދިނުމަށާއި، އިންސާފު ހޯދުމަށް ތެދުވާންޖެހޭ ކަމަށެވެ. އަދި ވައްކަމާއި ޚިޔާނާތް ހުއްޓުވުމަށްވެސް ކުރަން އޮތް އެންމެ މުހިންމުކަމަކީ ބާރުތައް އެއްކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަމަށް އޮތް އެންމެ މުހިންމު ނިޒާމަކީ، ލާމަރުކަޒީ ނިޒާމް ކަމަށެވެ.

"ތާއަބަދުމެ ދިވެހީން މި ގޮވަނީ އެމީހންގެ އާންމު ހާލަތު ރަނގަޅުކުރުމަށް. އެދެނީ ގޯއްޗަކަށް، ގެޔަކަށް، ފްލެޓަކަށް. ދަރީންނަށް ކިޔަވައިދިނުމަށް. ބަލީވީމަ ދަރިންނަށް ބޭސްފަރުވާކުރެވޭނެގޮތަކަށް. ދަތުރު ފަތުރުގެ ނިޒަމަކުން ރާއްޖޭގެ ރަށްތައް ގުޅާލަދިނުމަށް. ވަޒީފާގެ ފުރުސަތުތައް އޮތުމަށް. ޖީބަށް ފައިސާކޮޅެއް ވަނުމަށް" ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ޤައުމުތަކުގެ ހަޔާތުގައި އުޖާލާ މަންޒަރުތަކެއް ފެނިފައިވާކަން ފާހަގަކޮށް ވާހަކަފުޅުދައްކަވަމުން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ތަނަވަސް ޤައުމުތައް ކުރިއަރައިގޮސްފައިވަނީ ވަކިގޮތަކަށް، ވަކި އިރެއްގައި ވަކި ހާއްސަ ކަންތައްތަކެއް ކުރެވުމުން ކަމަށެވެ. އަދި އެފަދަ އުސޫލުތަކުގެ ތެރެއިން އަރާހުރި ނިޒާމަކީ ލާމަރުކަޒީ ނިޒާމްކަމަށާއި، ތަރައްޤީ ވާސިލްކޮށްދެ ނިޒާމަކީ ލާމަރުކަޒީ ނިޒާމު ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ލާމަރުކަޒީ ނިޒާމް ނެތިކޮށްލާފައިވާ ކަމަށެވެ. އަދި ކަމައި ބެހޭ އާންމު ޤާނޫނުތަކަށް ރައީސް ޔާމީންގެ ސަރުކާރުން ނުބައްލަވާ ކަމަށާއި، ރައީސް އަބްދުﷲ ޔާމީން ބޭނުންވަނީ ބާރުތައް އެއްކުރުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެގޮތުން ރައީސް ޔާމީންގެ އަތުގައި ނޫންގޮތަކަށް ބާރުތައް އޮތުމަށް އެމަނިކުފާނު ބޭނުން ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބާރުތައް އެއްކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގެންދަނީ ހުރަސްއަޅަމުން ކަމަށެވެ. އަދި މިއަދު އެ ފުރުސަތު ލިބިފައިވަނީ އިއްޒަތްތެރި ދިވެހި ރައްޔިތުންނަށް ކަމަށާއި، ފުރުސަތުގެ ބޭނުން ހިފުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ.

"ނުކުންނަވާ، ލާމަރުކަޒީ ނިޒާމަށް ވޯޓެއްދެއްވާ، ތިލަފަތަށް ވޯޓެއް ދެއްވާ. ދިވެހިންގެ އުއްމީދުތައް ހަޤީޤަތަކަށް ހެދޭނެ. ދިވެހި ޖަޒީރާތައް ބައްލަވާ. މުސްހަނދިކަން ދެކިވަޑައިގަންނަވާ. މިއީ ދިވެހިންނަށް ހައްޤު މިންވަރެއް ނޫން" ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
5 މެއި 2017 | ހުކުރު 04:09
hadambe
RN ge vaahakafulhu ehuree hageegee magsadhu dhivehinnah saaf vaafadha furihama gothah bayaan koh dhevvaafa. Mi sarukaaru ekaherikoh minivan gaumeh ge gothugai mi gaumugai sarukaareh thamseel vaanjehey.