Advertisement
ކ. މާލެ
|
4 މެއި 2017 | ބުރާސްފަތި 20:32
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމް މުހުސިން ހުށަހަޅައިދެނީ
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމް މުހުސިން ހުށަހަޅައިދެނީ
ރާއްޖެ އެމްވީ
މުހުސިނަށް އިންޒާރުދިނުން
މުހުސިންއަށް ޙަމަލާއެއް ދޭން އުޅޭ މައްސަލަ ފުލުހުންނަށާއި އެޗްއާރުސީއެމްއަށް!
މައުލޫމާތު ހިއްސާކުރީ އިތުބާރުހުރި މަސްދަރަކުން
މައްސަލަ ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅާފައި
މީގެކުރިންވެސް ތަފާތު އިންޒާރުތައްވަނީ ދީފައި

ރާއްޖޭޓީވީގެ އެސިސްޓެންޓް އެޑިޓަރު އަހުމަދު މުހުސިނަށް ބަޔަކު ހަމަލާއެއްދޭން ރާވާކަމުގެ މައުލޫމާތު ލިބުމުން އެކަން މޯލްޑިވްސް ޕޮލިސް ސާވިސް އަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްއަށް ހުށަހަޅައިފިއެވެ.

 

ހޯމަ ދުވަހު ރާއްޖޭޓީވީގެ ފަރާތުން އެ ދެމުއައްސަސާއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ރާއްޖެޓީވީގެ ނޫސްވެރިޔާ އަދި އެސިސްޓަންޓް އެޑިޓަރު އަހުމަދު މުހުސިނަށް ހަމަލާއެއް ދިނުމަށް ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު އިތުބާރުހުރި ދެ ފަރާތަކުން ހިއްސާކޮށްފައިވާ ކަމަށެވެ.

 

އެގޮތުން "ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ފައިސާ ދީގެން ހަމަލާދޭން އުޅެކަމުގެ މައުލޫމާތު އިތުބާރު ހިފޭ ދެ ފަރާތަކުން ރާއްޖެ ޓީވީއަށް ވަނީ ހިއްސާކޮށްފައި" ކަމަށް ސިޓީގައި ބުނެފައި ވެއެވެ.

 

"މުހުސިނަށް ޙަމަލާ ދިނުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބުމަކީ އެ ސްޓޭޝަނުން ނުހަނު ކަންބޮޑުވާ މައްސަލައަކަށް ވާތީ މުހުސިންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަ ޅައިދިނުމަށް އެދޭ" ކަމަށް ސިޓީގައި ބުނެފައި ވެއެވެ.  

 

މުހުސިންއަށް ހަމަލާއެއް ދޭން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ރާއްޖެޓީވީގެ ފަރާތުން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާއިރު މީގެ ކުރިންވެސް ވަނީ ރާއްޖެޓީވީއަށާއި ރާއްޖެޓީވީގައި މަސައްކަތްކުރާ ނޫސްވެރިންނަށް އިންޒާރުތައް ލިބިފައެވެ.

 

މީގެ ކުރިން ވެސް މި ސްޓޭޝަނަށް ލިބިފައިވާ މިފަދަ އިންޒާރުތަކާއެކު ރާއްޖެޓިވީގެ ސީނިއާ ނޫސްވެރިޔަކަށް މަރުގެ ހަމަލާއެއް ދީފައި ވެއެވެ. މި ސްޓޭޝަން އަންދައި އަޅިއަށް ހަދާލާފައިވެ އެވެ.

 

މީގެ އިތުރުން ނޫސްވެރިޔާ އަޒްމޫން އަހުމަދާއި ބަޔަކު މަގުމަތިން ދިމާކޮށް މަރުގެ "ދުއްވާލާނެ" ކަމުގެ އިންޒާރު ދީފައިވާއިރު، އެސިސްޓެންޓް އެޑިޓަރު އަހުމަދު ފައިރޫޒްއަށް ބަޔަކު ފޯނުން ގުޅާ އެއް ގަޑިއިރުގެ ތެރޭގައި ހުރިތަނަކުން ހޯދާ މަރާލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅައިގެން ބަލާފައި ވެއެވެ.

 

ރާއްޖޭޓީވީ އަށާއި އެތައް ނޫސްވެރިންނަކަށް މަރުގެ އިންޒާރު ދީފައިވާއިރު މުހްސިނަށް މިފަހަރު ދިން އިންޒާރު ވެސް ރާއްޖޭޓީވީން ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކޭ ކަމަށް ބުނެފައި ވެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
4 މެއި 2017 | ބުރާސްފަތި 19:21
ޑަންހިލް މޭން
ދެރަ ގޮތެއް ﷲ މިންވަރު ނުކުރައްވާށި . އާމީން. ނަސްރު ދެއްވާނެ. . މަސައްކަތާގެން ކުރިއަށް ވަޑައިގަންނަވާ މުހުސިން. . އަހަރުމެންނަށް އެނގޭ ފާރަލާ މީހުންނަށް ފާރަލާނެގޮތްވެސް.. ކައުންޓަރ ސަވައިލަންސް ދޯ ކިޔަނީ ހެހެ.