ކ. މާލެ
|
26 މާރޗް 2021 | ހުކުރު 17:13
ސުއެޒް ކެނަލްގައި 'އެވަރ ގިވެން' ކާގޯ ބޯޓު ހުރަސްވެފައިވަނިކޮށް
ސުއެޒް ކެނަލްގައި 'އެވަރ ގިވެން' ކާގޯ ބޯޓު ހުރަސްވެފައިވަނިކޮށް
ރޮއިޓަރސް
ސުއެޒް ކެނަލް ހުއްޓުމަަކަށް އައުން
ސުއެޒް ކެނަލް ހުއްޓުމަކަށް އައިސް ދުވާލަކު 9.6 ބިލިއަން ޑޮލަރުގެ ގެއްލުން!
ސުއެޒް ކެނަލަކީ ދުނިޔޭގެ ހުޅަނގު ބިތާއި އިރުމަޔީ ބިތް ގުޅުވައިދޭ މައި މަގު
މި ކެނަލުން ގަޑިއިރެއްގެ ތެރޭ 400 މިލިއަން ޑޮލަރުގެ ކާގޯ ދަތުރު ކުރޭ

މަޝްހޫރު ސުއެޒް ކެނަލް ހުއްޓުމަކަށް އައުމާއި ގުޅިގެން ދުވާލަކު 9.6 ބިލިއަން ޑޮލަރުގެ މުދާ ތާށިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސުއެޒް ކެނަލް ހުއްޓުމަކަށް އައިސްފައިވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންޓެއިނަރ އުފުލާ ބޯޓު 'އެވަރ ގިވެން' ކޮންޓްރޯލުންނެއްޓި އެ ކެނަލް ހުރަސްވުމާއި ގުޅިގެންނެވެ.

ސުއެޒް ކެނަލަކީ ދުނިޔޭގެ ހުޅަނގު ބިތާއި އިރުމަތީ ބިތް ގުޅުވައިދޭ މައި މަގެވެ. މި ކެނަލުން ގަޑިއިރެއްގެ ތެރޭ 400 މިލިއަން ޑޮލަރުގެ ކާގޯ ދަތުރުކޮށް ހަދައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެވަރ ގިވެން ބޯޓު ފުންކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު އެ މަސައްކަތް ނިންމާލުމަށް އަދިވެސް އެތައް ދުވަހެއް ހޭދަވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ސުއެޒް ކެނަލަކީ ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު ކެނަލް ކަމަށްވާއިރު، ދުނިޔޭގެ 12 އިންސައްތަ ވިޔަފާރި މުދާ އެ ކަނެލްއިން ދަތުރުކުރެއެވެ. އަދި މިވަގުތުވެސް ކެނަލްގެ ދެ ފަޅީގައި 250 ބޯޓު ދަތުރު ނުކުރެވި ކިޔު ޖެހިފައި އޮތްއިރު އޭގެ ތެރޭގައި ތެޔޮ ބޯޓުތައް ވެސް ހިމެނެއެވެ،

ރިޕޯޓްތައް ބުނާ ގޮތުން ސުއެޒް ކެނަލް ހުއްޓުމަކަށް އައުމާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތަކެތި އަގު އުފުލުން އެކަށީގެންވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް
27 މާރޗް 2021 | ހޮނިހިރު 17:15
އައްސާން
އަސާސީ ޖަޅޮސް..... އެވަރ ގްރީން އޭ އެބޯޓަށް ކިޔަނީ