Advertisement
ކ. މާލެ
|
4 މެއި 2017 | ބުރާސްފަތި 18:37
ރާއްޖެޓީވީގެ އޮފީސް ހިންގާ އިމާރާތް
ރާއްޖެޓީވީގެ އޮފީސް ހިންގާ އިމާރާތް
ރާއްޖެއެމްވީ
ކައުންސިލް އިންތިޚާބު
އިންތިހާބު ކަވަރުކުރަން ރާއްޖެ ޓީވީއަށް ފުރުސަތެއް ނުދިން!
ރާއްޖެޓީވީގެ 32 މުވައްޒަފުންގެ ނަން ހުށަހެޅި
ރިޖެކްޓް ކުރި ފޯމްތައް ވެސް އޮންލައިންކޮށް ހުށަހެޅި
އިލެކްޝަނުން ބުނީ ފޯމް ހުށަހަޅާފައި ނެތް ކަމަށް

ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ކަވަރުކުރަން ރާއްޖެޓީވީގެ ނޫސްވެރިންނަށް ފުރުސަތު ނުދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ރާއްޖެޓީވީގެ ޗީފް އެގްޒެކްޓިވް އޮފިސަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވީ އިންތިހާބު ކަވަރުކުރުމަށް ރާއްޖެޓީވީގެ 32 މުވައްޒަފެއްގެ ނަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމަށާއި އެ ކޮމިޝަނުން އެކި ބަހަނާތައް ދައްކައި، ރިޖެކްޓްކުރި ފޯމްތައް ވެސް އޮންލައިންކޮށް ހުށަހެޅި ކަމަށެވެ.

އޮންލައިންކޮށް ހުށަހެޅި ބައެއް ފޯމްތައް ކޮމިޝަނުން ބަލައިގަތީ، ކޮމިޝަނަށް ހާޒިރުވެ، ރާއްޖެޓީވީގެ ސްޓޭމްޕް ޖެހުމުން ކަމަށް ވެސް ފިޔާޒު ވިދާޅުވި އެވެ.

ނަމަވެސް މީޑިއާތަކަށް ފާސްތައް ދޫކުރިއިރު، ރާއްޖެ ޓީވީގެ އެއްވެސް ނޫސްވެރިއެއްގެ ފާސް ނެތިގެން ސުވާލުކުރުމުން، ރާއްޖެ ޓީވީގެ އެއްވެސް ނޫސްވެރިއެއްގެ ފޯމެއް ހުށަހަޅާފައި ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

"މިހާތަނަށް ވެސް މަސައްކަތް މިކުރީ މިކަން ސުލުހަވެރިކަމާއެކު ގެންދިއުމަށް. ނަމަވެސް މިއަދު މެންދުރު އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަޅުގަނޑުމެންނަށް އެންގެވި ފާސް ދޫކުރެވެން ނެތް ކަމަށް،" ފިޔާޒު ވިދާޅުވި އެވެ.

ފިޔާޒު ވިދާޅުވީ ފޯމް ހުށަހަޅާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާއިރު، ފޯމްތައް ރިޖެކްޓްކުރީ ކޮން ލިޔުންތަކެއް ލިިބިގެން ކަމެއް ކޮމިޝަނަށް ބުނެ ނުދެވޭ ކަމަށެވެ.

"ރާއްޖެ ޓީވީ އަށް އިންތިހާބު ކަވަރުކުރަން ފުރުސަތު މި ނުދިނުމުން ވަރަށް ބޮޑަށް ހައިރާން ވެއްޖެ. އަދި އިލެކްޝަންސް ކޮމިޝަންގެ ސިސްޓަމަށް އިތުބާރެއް ނެތް. އަދި މުޅި އިލެކްޝަންސްގެ ޕްރޮސެސް ފުރިހަމައަށް ގެންދެވޭނެތޯ ސުވާލު އުފެދޭ،" ފިޔާޒު ވިދާޅުވި އެވެ.

އިންތިހާބު ކަވަރުކުރަން ރާއްޖެ ޓީވީ އަށް ފުރުސަތު ނުދިނުމަކީ، ފިޔާޒު ވިދާޅުވި ގޮތުގައި މިނިވަން އިންތިހާބަކަށް އެޅިގެންދާނެ ހުރަހެއް ކަމަށާއި، އިންތިހާބާމެދު ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
5 މެއި 2017 | ހުކުރު 11:43
އޭސީސީ
ހަދާމަކަރު ބަޔަކައް އެގިދާނެތީ ކުރައްވަމުން ގެންދަވާ ކަންތައް ތަކެއް. މިގޮތައް އަމަލު ކުރައްވަމުން ގެންދަވާ ބޭފުޅުންނާއިގެން ކޮންމެވެސް ދުވަހަކު ދައުވާ ކުރެވޭނެ ކަމައް ހީކުރަން.
5 މެއި 2017 | ހުކުރު 01:32
Engey myheh
Pisspisspiss mee roa buhuthaanu dhogu! Kanda elhigen mikahala dhogu habaru fathuran nuvaane!
4 މެއި 2017 | ބުރާސްފަތި 15:33
ޞޞ
ތިޢީ މިނިސްޓަރު އަޒްލީން ބުނި މިނިވަންކަން
4 މެއި 2017 | ބުރާސްފަތި 14:12
ރީތި.މޫސަ
ދީފިއްޔާ ޚަބަރުފޮނުވާނީ ހިތުހުރިގޮތަކަށް