ކ. މާލެ
|
4 މެއި 2017 | ބުރާސްފަތި 05:37
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު، އޭނާ ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑާށް ފާޑުވިދާޅުވެފަ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު، އޭނާ ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑާށް ފާޑުވިދާޅުވެފަ
މުހައްމަދު ޝަރުހާން
ކައުންސިލް އިންތިހާބު
އަނިޔާވެރިކަމަށް އެއްވެސް އިރެއްގައި ކުރިއެރުމެއް ނޯންނާނެ: ޝާހިދު
ރައީސް ޔާމީނަށް ގާނޫނު އަސާސީއަށް ރުޖޫއަވުމަށް ވަނީ ގޮވާލައްވާފަ
އިސްލާހީ މަސައްކަތްތަކުގައި ހުރިހާ ފަރާތްތަކުން ގުޅުމަށް އެދެން

އަނިޔާވެރިކަމަށް އެއްވެސް އިރެއްގައި ކުރިއެރުމެއް ނޯންނާނެ ކަމަށާއި ވަގުތު ލަސްވުމުގެ ކުރިން ހުރިހާ ފަރާތްތަކުން ގުޅިފައިވާ ޕާޓީގެ ލަޝްކަރާ ގުޅިވަޑާއިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

 

ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ހެންވޭރު އުތުރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ޝާހިދު ވިދާޅުވީ، މިއަދު މިފެނިގެންދަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފަށާފައިވާ އިސްލާހީ މަސައްކަތްތުގެ ކާމިޔާބީތައް މުޅި ރާއްޖޭގައި އުތުރި އަރާ މަންޒަރު ކަމަށެވެ. ޝާހިދު ވަނީ ގައުމު އިސްލާހު ކުރުމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް ކެރިވަޑާއިގެން ނިކުތް ނިކުތުން ފާހަގަކުރައްވާފަ އެވެ.

 

ޝާހިދު ވަނީ ރާއްޖޭގައި ހަމަޖެހުމައި މަސްލަހަތު ގާއިމްވެފައިވާ މާހައުލެއް ގާއިމް ކުރުމަށް ރައްޔިތުން ދެކެމުން އާއި ހުވަފެން ހަގީގަތަކަށް ހެދުމުގެ މަސައްކަތް ހަތަރު ލީޑަރުން ގުޅިމުން ފެށިފައިވާކަމަށް ވިދާޅުވެފަ އެވެ. އަދި އެއްވެސް ފަރާތަކަށް ގާނޫނު އަސާސީ އާއި ގާނޫނީ އިމުން ބޭރުން މަސައްކަތް ނުކުރެވޭނެ ކަމަށާއި މިއީ 2008 ވަނަ އަހަރު އަމަލު ކުރަން ފެށުނު ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ވަރަށް ޚާއްސަ އިބާރާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

 

 

އޭގެ ކުރިން އަމަލު ކުރި ގާނޫނު އަސާސީތަކުގައި ވެރިކަން ކުރާ މީހާއަށް ގާނޫނު އަސާސީން ބޭރުން ފުރުސަތުތަކެއް ދީފައިވީ ނަމަވެސް މިއަދު އެކަން އޮތީ އެގޮތަށް ނޫން ކަމަށް ޝާހިދު ވިދާޅުވި އެވެ. އެގޮތުން ގާނޫނީ އިމުގެ ބޭރުން ހިތުހުރިހާ ގޮތަކަށް ކަންކަން ކުރުމުގެ ބާރެއް ރައީސަށް ހުންނަ ފަރާތައް މިއަދު ނެތް ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ހިތައް އެރީމާ ހިތަށް އެރިގޮތަކަށް ކަންކަން ކުރާތަން ބަލަން ރައްޔިތުން ނުތިބޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

 

"މިހާރު ވެރިކަން ކުރާ ހުދުމުހުތާރު ވެރިޔާ ރައީސް އަބްދުﷲ ޔާމީނަށް ދަންނަވަން އޮތީ، ދިނަސް ނުދިނަސް ކަޑާ ކަޑާ ބަންގަޅީސްގެ ޒަމާން ހިނގައްޖެ. މަނިކުފާނު އެބުރިވަޑައިގަންނަވާށޭ ގާނޫނީ އިމުގެތެރެއަށް. މަނިކުފާނު ރައްޔިތުންނާއި މެދު އަމަލު ކުރުމުގައި އެއީ ރައީސް ނަޝީދުވިޔަސް، ރައީސް މައުމޫން ކަމއުގައިވިޔަސް، ގާސިމް ކަމުގައިވީ ނަމަވެސް، ނުވަތަ ޝެއިހު އިމްރާނު ކަމުގައިވީ ނަމަވެސް ނުވަތަ އަޅުގަނޑުމެންގެ ތެރެއިން މަރާލެވިފައިވާ އެތަށް އެތަށް ޒުވާނުންނެއް ވިޔަސް އެމީހުންނާއި މެދު އަމަލު ކުރުމުގައި ނުވަތަ ބަސް ވިދާޅުވުމުގައި ގާނޫނު އަސާސީއާއި ގާނޫނީ އިމުގެ ތެރެއަށް އެބުރިވަޑާއިގަންނަވާށޭ." ޝާހިދު ވިދާޅުވި އެވެ.

 

ޝާހިދު ވިދާޅުވީ، މިހާރު ވެރިކަން ކުރާ ސަރުކާރުން ގާނޫނު އަސާސީއަށް ރުޖޫއަވަން ޖެހޭ ކަމަށާއި އެހެން ނޫނީ ވެރިކަން ކުރަނީ ހުދުމުހުތާރު ވެރިޔެކޭ ރައްޔިތުން ބުނާނެ ކަމަށެވެ. އަތޮޅުތަކުގެ ރައްޔިތުންނަށް ނިކަމެތިކަން ކުރިމަތިވެފައިވާ ކަމަށާއި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނަށް ފައިދާ ލިބެމުންދާ މަންޒަރު ނުފެންނަ ކަމަށް ޝާހިދު ވިދާޅުވި އެވެ.

- ކޮމެންޓް