Advertisement
ކ. މާލެ
|
3 މެއި 2017 | ބުދަ 19:37
ނޫސްވެރިންނަށް ރައްކާތެރިކަން ދީފި ނަމަ ދުނިޔެ ބަދަލު ކުރެވިދާނެ ކަމަށް ގުޓަރެސް ވިދާޅުވި
ނޫސްވެރިންނަށް ރައްކާތެރިކަން ދީފި ނަމަ ދުނިޔެ ބަދަލު ކުރެވިދާނެ ކަމަށް ގުޓަރެސް ވިދާޅުވި
ގޫގުލް
ނޫސްވެރިކަމުގެ މިނިވަންކަން
މީޑިއާގެ މިނިވަންކަން ރައްކާކޮށްދޭނެ ލީޑަރުން ބޭނުންވޭ: އދ ގެ ސެކްރެޓަރީ ޖެނެރަލް
މިދިޔަ އަހަރަކީ ފާއިތުވެދިޔަ 13 އަހަރުގެ ތެރޭގައި ނޫސްވެރިކަމުގެ ހާލަތު އެންމެ ދަށަށް ދިޔަ އަހަރު
އްޖެ ހިމެނުނީ ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ވަރަކަށް ނެތް ގައުމުތަކުގެ ލިސްޓުގަ

މީޑިއާގެ މިނިވަންކަން ރައްކާތެރިކޮށްދޭނެ ލީޑަރުން ބޭނުންވެފައިވާކަމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ގުޓަރެސް ދެއްވާފައިވާ ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައިވަނީ ނޫސްވެރިންނަކީ އަޑު ނޫފުލޭ ފަރާތްތަކުގެ އަޑު ގެނެސްދިނުމަށްޓަކައި ނުރައްކާތެރި ސަރަހައްދު ތަކަށް ދަތުރުކޮށް އެ ފަރާތްތަކުގެ އަޑު ގެނެސްދޭ ފަރާތްކަމަށެވެ.

"ނޫސްވެރިންނަށް ރައްކާތެރިކަން ދީފި ނަމަ އެމީހުންގެ ބަސްތަކާއި ގެނެސްދޭ މަންޒަރުތަކުން ދުނިޔެ ބަދަލު ކުރެވިދާނެ" ގުޓަރެސް ވިދާޅުވިއެވެ.

ގުޓަރެސް ވިދާޅުވީ މިނިވަން މީޑިއާއަކުން ސުލްހަވެރިކަން ކުރިއަރުވާ އެންމެނަށް އެންމެނަށް އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރާ ކަަމަށެވެ.

އެމެރިކާ ސަރުކާރުން ފަންޑުކޮށްގެން ހިންގާ ފްރީޑަމް ހައުސް އިން ނެރުނު "ފްރީޑަމް އޮފް ދަ ޕްރެސް 2017" ގައި ސިފަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރަކީ ފާއިތުވެދިޔަ 13 އަހަރުގެ ތެރޭގައި ނޫސްވެރިކަމުގެ ހާލަތު އެންމެ ދަށަށް ދިޔަ އަހަރެވެ.

ނޫސްވެރިންނަށް ދީފައިވާ މަރުގެ ހަމަލާތަކާއި މީޑިއާތައް ނައްތާލުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިން ހަމަލާތަކުގެ ސަބަބުން މިދިޔަ އަހަރު ފާހަގަވަނީ ނޫސްވެރިކަމުގައި ކަޅު އަހަރެއްގެ ގޮތުގައި ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

ޑިމޮކްރަސީ ހަރުދަނާ ކުރުމާއި، އިންސާނީ ހައްގުތައް ދިފާއުކުރުމުގެ އިތުރުން ސިޔާސީ މިނިވަން ކަމަށް މަސައްކަތް ކުރާ ފްރީޑަމް ހައުސް އިން މިދިޔަ އަހަރު ނެރުނު ލިސްޓުގައި ރާއްޖެ ހިމެނުނީ ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ވަރަކަށް ނެތް ގައުމުތަކުގެ ލިސްޓުގައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް