ކ. މާލެ
|
12 މާރޗް 2021 | ހުކުރު 12:19
އައްޑޫ ކައުންސިލް އިދާރާ،
އައްޑޫ ކައުންސިލް އިދާރާ،
އައްޑޫ ސިޓީ ކައުންސިލް
ޓޫރިޒަމް ތަރައްގީކުރުން
އައްޑޫ ސިޓީގެ ޓޫރިޒަމް ޒޯންތަކުން ޓޫރިޒަމާ ގުޅުންހުރި ވިޔަފާރިތަކަށް ބިން ދޫކުރަނީ
ބިން ދޫކުރަނީ ހިތަދޫ ޓޫރިޒަމް ޒޯން، މަރަދޫ ޓޫރިޒަމް ޒޯން، ފޭދޫ ޓޫރިޒަމް ޒޯން، ހުޅުދޫ ޓޫރިޒަމް ޒޯން އަދި މީދޫ ޓޫރިޒަމް ޒޯނުން
މި ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަށް
ކަނޑައަޅާފައިވާ ގަޑިއަށް ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ އެދިފައި

އައްޑޫ ސިޓީގެ ޓޫރިޒަމް ޒޯންތަކުން ޓޫރިޒަމާ ގުޅުންހުރި ވިޔަފާރިތަކަށް ބިން ކުއްޔަށް ދޫކުރަން ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫގެ ހިތަދޫ، މަރަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫގެ ޓޫރިޒަމް ޒޯންތަކުގައި ޓޫރިޒަމާ ގުޅުންހުރި އެކިއެކި ވިޔަފާރިތައް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމުމާ ގުޅިގެން އެ ސަރަހައްދުން ކުއްޔަށް ބިން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޓޫރިޒަމާ ގުޅުންހުރި ވިޔަފާރިތައް ހިންގުމަށް ބިން ދޫކުރަނީ ހިތަދޫ ޓޫރިޒަމް ޒޯން، މަރަދޫ ޓޫރިޒަމް ޒޯން، ފެދޫ ޓޫރިޒަމް ޒޯން، ހުޅުދޫ ޓޫރިޒަމް ޒޯން އަދި މީދޫ ޓޫރިޒަމް ޒޯނުންނެވެ.

ކައުންސިލުން ބުނީ މި ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ.

ބިޑް ޑޮކިއުމަންޓް ވިއްކުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14ން 25ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން މެންދުރު 1:00 އާހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އިންނެވެ. ބިޑް ޑޮކިއުމަންޓް ވިއްކާ އަގަކީ 1000ރ (އެއްހާސް) ރުފިޔާއެވެ.  

މީގެ އިތުރުން ކައުންސިލުން ބުނީ ކަނޑައަޅާފައިވާ ގަޑިއަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެދޭ ކަމަށެވެ. ޕްރޮޕޯޒަލް ހުށަހެޅުން 11 އޭޕްރީލްވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00ގައި ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް